ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނައިބު ރައީސް ގުރައިދޫގައި ތިއްބަވާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާ ބައްދަލު ކުރައްވައިފި

ނައިބު ފައިޞަލް ނަސީމް، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވުން/ފޕތޯ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކ. ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އެމަނިކުފާނުގެ މި ޒިޔާރަތަކީ ޚާއްޞަ އެހީއަށް ބޭނުންވާ މަރުކަޒުގައި ތިބޭ މީހުންގެ ހާލު ބައްލަވައިލެއްވުމަށާއި، އެ މުއައްސަސާގެ އިސްވެރިން ކުރައްވަމުން އަންނަ މަސައްކަތްތައް ފާހަގަކޮށް ޝުކުރު އަދާކުރެއްވުމަށް ކުރެއްވި ޒިޔާރަތެކެވެ.

އެގޮތުން އެމަނިކުފާނު ވަނީ އެމަރުކަޒުގެ އިސްވެރިންނާ ބައްދަލުކުރައްވައި އެމަރުކަޒުގެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި އެބޭފުޅުން ކުރައްވަމުންގެންދަވާ ބުރަ މަސައްކަތް ޝުކުރުވެރިކަމާއެކު ފާހަގަކުރައްވައި ކުރިޔަށް އޮތްތަނުގައިވެސް ވީހާވެސް ރަނގަޅަށް މަސައްކަތްތައް ކުރިޔަށް ގެންގޮސްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ގުރައިދޫ ކައުުންސިލުންނާއިވެސް ބައްދަލުކުރައްވާފައި ވެއެވެ. އަދި އެ ރަށު ސިއްހީ މަރުކަޒަށްވެސް ވަނީ ވަޑައިގެންފައެވެ. މީގެ އިތުރުން ސިއްހީ މަރުކަޒު މިހާރަށް ވުރެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރާއި އެކު މަޝްވަރާ ކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: