ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ތިބީ ޖޯށުހުރި އިހުލާސްތެރި އިންޑިއާގެ މަސައްކަތްތެރިންތަކެއް: އިންޑިއާގެ މަންދޫބު

މިނިސްޓަރު ރިޖިޖޫ އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު މުނޫ މަހާވަރު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން ދެ ގައުމުގެ ދެމެދު އޮތް ގުޅުން އާލާކޮށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އިންޑިއާއިން ރައީސް ޑރ މުހައްމަދު މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވި ހާއްސަ މަންދޫބު އާތް ސައިންސަސް މިނިސްޓަރު ކިރަން ރިޖިޖޫ ތައުރީފުކުރައްވައިފިއެވެ.

ރާއްޖޭގައި މަސައްކަތްކުރަމުންދާ އިންޑިއާގެ ރައްޔިތުންނާއިއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމަކަށްފަހު، އޭނާވަނީ އެ މީހުންނަކީ ޖޯށުން ފުރިގެންވާ މަސައްކަތްތަކަށް އިހުލާސްތެރި ބައެއްކަމަށް ވިދާޅުވެފައެވެ. އަދި އޭނާވަނީ އެ މީހުން ދިވެހިރާއްޖެއާއި އިންޑިއާ ދެމެދުގެ ގުޅުން އާލާކޮށް ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ސޯޝަލްމީޑިއާމެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އޭނާވަނީ ދިވެހިރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުން ދެ ގައުމުގެ ދެމެދު ކުރެވެމުންދާ މަސައްކަތްތައް ބަލަހައްޓައި ދެެމެހެއްޓުމުގައި ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާފައެވެ. އަދި އެ ގައުމުގެ ސަރުކާރުން ރާއްޖޭގައި ތިބި މީހުންގެ ސިއްހަތާއި ސަލާމަތް ކަށަވަރުކުމުގައި ދެމިތިބޭނެކަމަށްވެސް ބުނެފައިވެއެވެ.

ބައްދަލުވުމުގެ ތެރެއިން ރިޖިޖޫވަނީ އިންޑިއާގެ ރައްޔިތުން ދިވެހިރާއްޖޭގެ އެކި ދާއިރާތަކުގައި އެކި ހައިސިއްޔަތުތަކުން ކުރަމުންދާ މަސައްކަތްތަކަށްވެސް ތައުރީފުކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުންވެސް ދެ ގައުމުގެ ގުޅުން ވަރުގަދަވެގެންދާކަމަށް ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށްފަހު، ރިޖިޖޫވަނީ އެމަނިކުފާނާއި ބައްދަލުކުރައްވައި، ދެ ގައުމުގެ ގުޅުމުގެ ތެރެއިން ކުރެވެމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ރައްޔިތުންގެ ދެމެދުގެ ގުޅުންތައްވެސް ވަރުގަދަކުރުމަށް މަސައްކަތްކުރުމަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
7%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 13%ބޮޑު ޖޯކެއް 13%ހައިރާންވެއްޖެ 7%ވަރަށް ދެރަ 60%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: