ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

11 ފަރާތަކުން ޤާނޫނީ ވަކީލުކަމުގެ ހުވާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

11 ފަރާތަކުން ޤާނޫނީ ވަކީލުކަމުގެ ހުވައިކޮށް، ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ ހުއްދަ ހޯދައިފިއެވެ.

ޤާނޫނީ ފަންނަށް ވަނުމަށް ބޭނުންވާ ފަރާތްތަކަށް ބޭއްވުނު މި ބާ އެޑްމިޝަން ރަސްމިއްޔާތުގައި އަލަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ލިބޭ ފަރާތްތަކަށް ހުވައިލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ސަލީމްއެވެ. އަދި އެ ފަރާތްތަކުގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ރައީސް އަލްއުސްތާޛު އިސްމާޢީލް ވިޝާމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްމާޢީލް ވިޝާމް ވިދާޅުވީ ޤާނޫނީ ފަންނުގެ ޤާނޫނަށް އަމަލުކުރަން ފެށުމާއެކު ޤާނޫނީ ވަކީލުންގެ މަސައްކަތާ ގުޅޭ އެންމެހައި ކަންކަން ރެގިއުލޭޓު ކުރުމަށްޓަކައި އަލަށް ޤާނޫނީ ފަންނަށް ނިކުންނަ ފަރާތްތަކުގެ ފެންވަރު މަތިކުރާނެ ކަމަށެވެ. އަދި ޤާނޫނީ ފަންނާ ގުޅޭ ފަރާތްތަކަކީ ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ހުރި ފަރާތްތަކެއްކަން ކަށަވަރުކުރުމުގެ ގޮތުން 2019 ވަނަ އަހަރުން ފެށިގެން ބާ ކައުންސިލުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށްވެސް ވިދާޅުވިއެވެ.

ވަކިން ހާއްސަކޮށް ޤާނޫނީ ފަންނުން ތައާރަފުކޮށްފައިވާ ހާއްސަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބާ އިމްތިހާނާއި ލައިސަންސިންގ ތަމްރީނު އޭގެ އެންމެ ފުރިހަމަގޮތުގައި އެކުލަވައި ލުމަށާއި، މި ފަންނަށް ވަނުމަށް އެދޭ ފަރާތްތަކަށް އެންމެ ފަހި ފުރުސަތުތައް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން އިސްމާޢީލް ވިޝާމް ފާހަގަކުރެއްވިއެވެ.

2024 ވަނަ އަހަރުން ފެށިގެން، ލައިސަންސިންގ ތަމްރީނު ފުރިހަމަ ކުރާނޭ ތަފާތު ރޫޓްތަކެއް ތައާރަފް ކުރެވިގެންދާނެކަން ވެސް ފާހަގަކުރެއްވިއެވެ. މިއީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގެ ބާ ކައުންސިލުން އިންތިޒާމުކުރި 4 ވަނަ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމުގެ ރަސްމިއްޔާތެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 20%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: