ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދީނާއި ހިލާފް ފޮތްތަކެއް ސްކޫލް ތަކުގައި އެބަހުރި ބޭނުން ނުކުރުމަށް އިލްތިމާސް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭހެ ސުކޫލް ތަކުގައި ދީނާއި ހިލާފް ފޮތްތަކެއް އެބަހުރި ކަމަށާއި، އެފަދަ ފޮތްތައް ބޭނުން ނުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސް ކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސްކޫލުތަުގެ ލައިބްރެރީ ތަކުގައި ބޭނުން ކުރާ ފޮތްތަކާއި، އެހެނިހެން ވަސީލަތްތަކުގެ ތެރޭގައި އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާއި، ފުށު އަރާފަދަ ބައެއް ތަކެތި ހުރިކަން ފާހަގަކުރެވިފައި ކަމަށެވެ.

އެހެންކަމުން ސުކޫލުތަކުގެ ލައިބްރެރީ ތަކުގައި މިހާރު ބޭނުން ކުރުމަށް އަންނަ ފޮތް އަދި އެހެނިހެން ވަސީލަތްތައް އިސްލާމް ދީނާއި ދިވެހިންގެ ސަގާފަތާއި، އާދަކާދަތަކާއި، ފުށު ނާރާތަކެތިންކަން ކަށަވަރު ކުރަން ޖެހޭ ކަމަށް މިނިސްޓރީގެ ބަޔާނުގައި ވަނީ  ބުނެފައެވެ.

މި ގޮތުން މިފަދަ ފޮތްތައްހުރުމުން ބެލެނެވެރިންވެސް މި ކަމަށް ސަމާލުކަން ދޭން ޖެހޭ ކަމަށާއި، އަދި އެފަދަ ފޮތެއް ނުވަތަ އެއްވެސް އެއްޗެއް ހުރިނަމަ ދިވެހި ސަގާފަތާއި އާދަކާދައަށް ފުށު އަރާތީ ބެލެނެވެރިންވެސް މިނިސްޓްރީ އަށް އެންގުމަށެވެ.

އެފަދަ ފޮތްތައް ނުވަތަ އެފަދަ އެއްވެސް އެއްޗެއް ހުރިނަމަ މިނިސްޓްރީއާއި ގުޅިގެން ނައްތާލުމުގެ އިންތިޒާމު ވެސް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިފަދަ ބަޔާނެއް ނެރެފައިވާއިރު، ކުރީ ސަރުކާރުގައި ސުކޫލުތަކުގައި ތިއްބަވާ ބިދޭސީ ޓީޗަރުން ދީނަށް ފުރައްސާރަކުރި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެގޮތުން ދީނާ ގުޅުންހުރި ފިލާވަޅު ތަކެއް ނަނގާފައިވާ މައްސަލައެއްވެސް ފެންމަތިވެގެން އެ މައްސަލަވެސް މިނިސްޓްރީން ބަލާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: