ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެހެންދި ސުކޫލުގައި ބެހެއްޓި “ޖިންސީ ބޯޑަށް” އެ ސުކޫލުން މާފަށް އެދިފި

ރެހެންދި ސުކޫލު: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރެހެންދި ސުކޫލުގެ ސޭލްސް އިވެންޓެއްގެ ތެރޭގައި ކުޑަކުދިންނާއި ނުގުޅޭ، ބޯޑެއބެހެއްޓި މައްސަލަ ހޫނުވެ އެ ސުކޫލުގެ ފަރާތުން މާފަށް އެދި ބަޔާނެއް ނެރިފިއެވެ.

ކުޑަކުދިންނާއި ނުގުޅޭ މެނޫއެއް ބެހެއްޓިފައިވުމުގެ މައްސަލައިގައި ރެހެންދި ސުކޫލުން ނެރިފައިވާ ބަޔާނުގައި ވާގޮތުން، އެ ސުކޫލުގެ “ރެހެންދި ސޭލް” އިވެންޓުގައި ބެހެއްޓިފައިހުރި، މެނޫއަކީ، މެނޭޖުމަންޓަށް ނޭންގި ބަހައްޓާފައިވާ އެއްޗެއް ކަމަށެވެ.

ދިވެހިރާއްޖޭގެ އިޖްތިމާއީ މިންގަނޑުތަކާއި، ހިލާފުވާފަދަ ނަންތަކެއް ޝާއިއުކޮށްފައިވާ މި މޮކްޓެއިލް މެނުއާއިމެދު ރެހެނދި ސުކޫލުން ބުނެފައިވާ ގޮތުން އެ މެނޫގައި ހުރި އިބާރާތްތަކަކީ، ސުކޫލެއްގައި ބެހެއްޓުމަށް އެންމެ ރަނގަޅުގޮތަކަށް ފަރުމާކޮށްފައިވާ ބޯޑެއް ނޫންކަމަށް ދެކޭ ކަމަށެވެ. އަދި އެކަން ކުރުމުގައި ޝާމިލުވި ފަރާތްތަކުން، ކޮށްފައިވަނީ ވިސްނުންތެރިކަމެއް ނެތިކަމަށް މައުލޫމާތު ލިބިފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

ރެހެންދި ސުކޫލުގެ ސޭލްސް އިވެންޓުގައި ބެހެއްޓިފައި ހުރި، އިސްތިހާރު ބޯޑުގެ މައްސަލައިގައި އެ ސުކޫލުން ނެރިފައިވާ ބަޔާނުގައި މިހާރު އެކަން ހުއްޓުވާފައިވާކަންވެސް ފާހަގަކޮށްފައިވެއެވެ. އެގޮތުން އެކަން އިންތިޒާމު ކުރި ޕީޓީއޭއިން ވަނީ އެ އަމަލު ހިންގި ފަރާތްތަކަށް އެކަން ނުކުރެވޭނެކަމަށް އަންގައި ބޯޑުވެސް ނަގާލާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ.

މީގެ އިތުރުން ރެހެންދި ސުކޫލުގެ ބަޔާނުގައި ބުނެފައިވަނީ، އެ ބޯޑަކީ، އެ ސުކޫލުގެ އިނގުމުގެ މަތިން ބެހެއްޓިފައި ހުރި އެއްޗެއް ނޫންކަމަށެވެ. އަދި އެ އަމަލު ކުށްވެރި ކުރާކަމަށާއި، އެކަމަށް މާފަށް އެދޭކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: