ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސްޓެލްކޯއިން މަޝްރޫއެއް ހިންގަން ނިންމައިފި

ފޮޓޯ: ސްޓެލްކޯ އެކްސް އެކައުންޓު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރައްދުގެ ކަރަންޓުުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް “ސިކްސްތް ޕަވާ ޑިވެލޮޕްމަންޓް ޕްރޮޖެކްޓު” ގެ ނަމުގައި މަޝްރޫއުއެއް ހިންގަން ސްޓެލްކޯއިން ނިންމައިފިއެވެ.

މާލެއާއި ހުޅުމާލޭގައި ޕަވާ ޖެނެރޭޝަންގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ މަޝަރޫއު ކުރިއަށް ގެންދަވަން ނިންމެވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއެވެ.

ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި އެކަމާއި ގުޅިގެން ބުނެފައިވަނީ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 100 ދުވަސް ތެރޭގައި ފައްޓަވާނެ ކަމަށެވެ. ބައްދަލުވުމުގައި ފަހުމީ ވަނީ މުވައްޒަފުންގެ ދައުރު ފާހަގަކުރައްވާ ޝުކުރު އަދާކުރައްވާފައެވެ. އަދި ސްޓެލްކޯ ހިންގުމުގައި ޓެކްނިކަލް މުވައްޒަފުންގެ ލަފަޔާއި އިރުޝާދު އަބަދުވެސް ހޯއްދަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

މީގެއިތުރުން ސްޓެލްކޯއިން ހާމަކުރި ގޮތުގައި ހުސައިން ފަހުމީ ވަނީ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ގަޑިއިރެއް ނުވަނީސް ރައްޔިތުންނަށް ދިމާވެފައިވާ ތަކުލީފުތައް ލުއިކޮށްދެއްވުމަށްޓަކައި މުވައްޒަފުންނާއެކީ މަސައްކަތަށް ނުކުންނަވައިފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެސް ފަހުމީ މާވެޔޮ މިސްކިތް ހުންނަ ސަރަހައްދަށް ވަޑައިގެން އެތަނުގައިވާ އެ ކުންފުނީގެ ޓްރާނސްފޯމަރު އާއްމުނަށް އުދަނގުވާތީ ނެގުމަށް ނިންމިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: