ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްމަޓީގެ މައްސަލަ އިސްތިއުނާފްކޮށް ޕާސްޕޯޓު ހުއްޓުވުމަށް އަމުރެއްނެރުމަށް ދައުލަތުން އެދިއްޖެ

ސީލައިފް އެމްޑީ އަންމަޓީ: އޭނާގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލާފައި --
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާނާތުގެ ކުށުގެ 42 ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުން ފުރުން މަނާކޮށްފައިވާ އަޙްމަދު މޫސާ މުޙައްމަދުގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކޮށް ޕާސްޕޯޓް ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމުގެ ވަގުތީ އަމުރެއް ނެރެދެއްވުމަށް ދިވެހިރާއްޖޭގެ ހައި ކޯޓުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެދިއްޖެއެވެ.

ވ. ތިނަދޫ ރެޑްހައުސް އަޙްމަދު މޫސާ މުޙައްމަދު (އައްމަޓީ) މައްޗަށް ހިޔާނާތުގެ 42 ދައުވާއާއި ގުޅިގެން ކްރިމިނަލް ކޯޓުން އޭނާގެ ޝަރީއަތް ނިމެންދެން ޕާސްޕޯޓު ނުވަތަ ޓްރެވަލް ޑޮކިއުމަންޓް ހިފެހެއްޓުމަށް މޯލްޑިވްސް އިމިގްރޭޝަންގެ މައްޗަށް އަމުރު ކޮށްފައިވަނީ 16 ޖޫން 2021 ވަނަ ދުވަހުއެވެ.

ނަމަވެސް އެއަމުރު މުރާޖައާކުރުމަށް އެދި އަޙްމަދު މޫސާ މުޙައްމަދުގެ ފަރާތުން 29 ނޮވެންބަރު 2023 ގައި ވަނީ އެދިފައެވެ. އެހެންކަމުން އެއަމުރު މުރާޖައާކޮށް މިމަހުގެ 6 ވަނަ ދުވަހު ވަނީ ޕާސްޕޯޓު ދޫކުރުމަށް އަމުރެއް ނެރެފައެވެ.

މި މައްސަލައަކީ އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރި އިރު ހިނގާފައިވާ ހިޔާނާތުގެ މައްސަލައެކެވެ. އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަނުކޮށް މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތު އަހްމަދުގެ މައްޗަށް ކުރެވުނެވެ.

އެ ތުހުމަތުގައި އޭނާ ހޯދުމަށް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ. ލަންކާއިން އޭނާ ހައްޔަރުކޮށްގެން ގެނެސް ހިންގި ތަހުގީގު ނިންމައި ފުލުހުން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް މައްސަލަ ފޮނުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: