ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ އާ ޗެއަމަނަކަށް ކުރީގެ ޑީއެމްޑީ ލަތީފް!

ސްޓެލްކޯގެ ޗެއާމަން ކަމަށް އައްޔަން ކުރެއްވި ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ އާ ޗެއާމަނަކަށް އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ލަތީފު އައްޔަންކޮށްފިއެވެ.

ލަތީފު މި މަގާމަށް އައްޔަަން ކުރައްވާފައި ވަނީ ސްޓެލްކޯގެ ޗެއާމަންގެ މަގާމުގައި ހުންނެވި ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ ޑިސެމްބަރު ހަތަރު ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.

ލަތީފަކީ ސްޓެލްކޯގައި 34 އަހަރުވަންދެން ހިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުވެސް ފުރުއްވާފައެވެ.

މިދިޔަ ނޮވެމްބަރ މަހު 27 ވަނަ ދުވަހު ލަތީފް ވަނީ މަގާމުން ރިޓަޔާ ކުރައްވާފައެެެވެ. އޭނާ މަގާމުން ރިޓަޔާ ކުރެއްވީ 65 އަހަރު ފުރުމާއި ގުޅިގެންނެވެ. އެއިރު އޭނާ ހުންނެވީ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަގާމުގައެވެ.

މި ސަރުކާރުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ކަަމަށް އައްުޔަން ކުރައްވާފައި ވަނީއެ ކުންފުނީގައި 25 އަހަރު ހޭދަކުރައްވައި ބޮޑެތި ތަޖުރިބާތަކެއް ހޯއްދަވާފައިވާ ހުސައިން ފަހުމީއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: