ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާވެޔޮ މިސްކިތް ކައިރީ ހުރި ޓްރާންސްފޯމަރު ނެގޭނެކަމަށް ވިދާޅުވީ، އެކަން ކުރުމުގެ ގާބިލުކަން ހުރުމުން: ފަހުމީ

ސްޓެލްކޯ އެމްޑީ މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ ކުންފުނީގެ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގަތުން/ ފޮޓޯ: ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މާވެޔޮ މިސްކިތް ކައިރީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރު ނެގުމުގެ މަސައްކަތް މިއަހަރު ނިންމަވާނެ ކަމަށް ވިދާޅުވީ އެކަން ކުރެވޭނެ ކަމުގެ ގާބިލްކަން ހުރުމުން ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެން ފަހުމީ ވިދާޅުވިއެވެ.

މާވެޔޮ މިސްކިތް ކައިރީ މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ ޓްރާންސްފޯމަރު ހުންނަ ސަރަހައްދަށް ވަޑައިގެން ތަނުގެ ހާލަތު ހުސެއިން ފަހުމީ ވަނީ ބައްލަވާލައްވާފައެވެ. މަގާމާއި ރަސްމީކޮށް ހަވަލުވެވަޑައިގެންނެވި ތާ ގަޑިއިރެއްހާއިރުގެ ތެރޭގައި ފަހުމީ ވަނީ އެސަރަހައްދަށް ވަޑައިގެން ޓްރާންސްފޯމަރު ބަހައްޓާފައި ހުރި ސަރައްދަށް ވަޑައިގެންފައެވެ. އޭގެ ސަބަބުން އާންމުންނާއި އެ ސަރަހައްދުން ދުއްވާ އުޅަނދުތަކަށް ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވެއެވެ.

ޓްރާންސްފޯމަރުގެ ސަބަބުން ދިމާވާ ދަތިތަކަށް މައާފަށް އެދިވަޑައިގެން ފަހުމީ ވަނީ އެ ނެގުމުގެ މަސައްކަތް ފަށައި އަހަރު ނިމުމުގެ ކުރިން މުޅިތަން އެއްކޮށް ކްލިއާ ކުރެވޭނެކަމަށް ވިދާޅުވެފަ އެވެ. މި ޓްރާންސްފޯމަރު މާވެޔޮ މިސްކިތް ސަރަހައްދުގައި ބަހައްޓާފައި ހުންނަތާ ހަ އަހަރު ވަނީ ވެފަ އެވެ. މާލޭގެ ސަރަހައްދުގައި މިހާރު ބަހައްޓާފައި ހުރި ބައެއް ޓްރާންސްފޯމަރުތައް އަޕްގްރޭޑު ކުރުމަށް ސްޓެލްކޯއަށް ބޭނުންވާ ޖާގަ އިތުރުކޮށްދޭން މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފަ އެވެ.

ސަންގު ޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ފަހުމީ ވިދާޅުވީ މަސައްކަތުގެ މާހައުލާ އެކަމުގެ ހުރި ގޮންޖެހުންތަކާއި އަދި ދަތިތައްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާކަމަށެވެ. އަދި ޓްރާންސްފޯމަރު ނެގުމަށް މަގާމާއި ހަވާލުވެ ގަޑިއިރެއްހާއިރު އެސަރަހައްދަށް ވަޑައިގަތީވެސް އެ ސަބަބައްޓަކައި ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. ފަހުމީ ވިދާޅުވީ އެ ސަރަހައްދުގައި ޓްރާންސްފޯމަރު ހުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ދީމާވެފައިވާ އުނދަގޫ ރަނގަޅަށް ދެނެވަޑައިގަންނަވާ ކަމަށެވެ.

ފަހުމީ ވިދާޅުވީ ކުންފުންޔަށް ބިމެއް ލިބިފައިވާކަމަށާއި އެހެންކަމުން އެތަނުގައި ޓްރާންސްފޯމަރު ބެހެއްޓުމުގެ އެއްވެސް ބޭނުމެއްނެތް ކަމަށެވެ. މިވަގުތު އެ މަސައްކަތް ކުރިއަށް ގެންދިއުމަށްޓަކައި ޓްރާންސްފޯމަރު ބަހައްޓަން ޖެހޭ ހިސާބުގައި ދެ ޓްރާންސްފޯމަރެއް ބަހައްޓައި ކޭބަލް އެ ޓްރާންސްފޯމަރަށް ޖަހައި ދެން މާވެޔޮމިސްކިތް ކައިރީގައިވާ ޓްރާންސްފޯމަެު ނެގުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އެ ނުންގޮތަކަށް މަސައްކަތް ކުރައްވައިފިނަމަ މާލޭއިން ވަރަށް ގިނަ ވަގުތަށް ކަރަންޓު ކަނޑާލަން ޖެހޭނެ ކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި މިސައްކަތް ކުރުމުގައިވެސް ރައްޔިތުންނަށް ދަތި ނުވާގިތަކަށް ނުވަތަ ތަކުލީފެއްއުފުލަން ޖެހެވަޑައިނުގަންނަވާ ގޮތަކަށް އެކަން ކުރެވޭތޯ އަބަދުވެސް މަސައްކަތް ކުރައްވާ ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

މާލެ ސަރަހައްދުން ކަރަންޓު ކަނޑާލުމަށް ނޯޓިސް ދިނުމުން ވަރަށް ގިނަ ރައްޔިތުންނެއްގެ ޝަކުވާ އަންނަ ކަމަށާއި އަދި އެއީ ތރައްޔިތުންނަށް އުނދަގޫކުރުމުގެ ނިޔަތުގައި ކުރާ ކަމެއް ގޮތުގައި ބައެއް ފަރާތްތަކުން ފާހަގަކުރާ ކަމެއްކަމަށް ފަހުމީ ވިދާޅުވިއެވެ. އެހެން ނަމަވެސް އެގިތަށް ނޯޓިސް ދެނީ ގޭތަކުގައި ކްރިޓިކަލް ހާލަތްތަކުގައި ބަލި މީހުން އޮންނަވާތީ ކަމަށާއި އޮކްސިޖަންގެ އެހީގައިވެސް މީހުން ދިރިއުޅެމުން ދާތީ އެފަދަކަންކަމަށް ރައްކާތެރި ފިޔަވަޅު އެޅުމަށް ތައްޔާރު ވުމަށް ޖާގަ ދިނުމަށް ކަމަށް ފަހުމީ ވިދާޅުވިއެވެ. ފަހުމީ ވިދާޅުވީ ކަރަންޓު ކަނޑާލައިގެން ކުރެވޭ މަސައްކަތް ހުރި ނަމަވެސް ގިނަ މަސައްކަތް ކަރަންޓު ކަނޑާނުލާ ކޮށްފައިވާނެ ކަމަށެވެ.

މީގެއިތުރުން ފަހުމީ ވިދާޅުވީ ކަރަންޓު ކެނޑޭނެކަމުގެ ނޯޓިސް ކުރިން ދީފައި ވަނިކޮށް މަސައްކަތުގެ ތެރެއިން ކަރަންޓު ކެންޑިއްޖެނަމަ އެކަމަށް ކުރިން ވާނެ ޖެހޭ ތައްޔާރީވެސް ވުމަށް ވަގުތު ލިބިގެން ދާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: