ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުކުުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވަން ނިންމައިފި

ފޮޓޯ: ނިޝާން އަލީ/މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އެންމެ ޒަމާންވީ މުންނާރު ކަމުގައި ބެލެވޭ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ކުރަނީ ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނި ސްޓެލްކޯއިންނެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޙުސައިން ފަހުމީ މިއަދު “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ގައުމީ ތަރިކައަށާއި، ގައުމިއްޔަތަށް، ވަރަށް ލޯބިކުރައްވާ އަދި މިފަދަ އާސާރުތަށް ރައްކާތެރިކޮށް ބެލެހެއްޓުމަށް ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ބޭފުޅެއް ކަމަށެވެ.

އެގޮތުން ދިވެހި ބަހާއި ސަގާފަތާއި ތަރިކައާބެހޭ ވުޒާރާއާ ގުޅިގެން މި ފެށޭ ރަމަޟާން މަހުގެ ކުރިން ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވައި އެތަން ޒީނަތްތެރިކޮށް ނިންމުމަށް ސްޓެލްކޯއިން މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

ސްޓެލްކޯ އިން ފާއިތުވެދިޔަ އަހަރުތަކުގައި ވަނީ ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: