ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުނިޔޭގެ އެންމެ ބޮޑު ސެކްސް ޓެރިފިކިންގް މައްސަލައިގައި ބޮޑެތި ކުރިއެރުންތައް!

ބިލް ކްލިންޓަން އަދި ޖެފްރީ އެޕްސްޓީން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ފަޅާ އަރާފައިވާ އެންމެ ބޮޑު އެއް އިންސާނީ ވަގުފާރީގެ މައްސަލަކަމަށްވާ ޖެފްރީ އެޕްސްޓީން މައްސަލައިގައި އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި އިނގިރޭސިވިލާތުގެ ޕްރިންސް އެންޑްރޫ ހިމެނޭކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ކުޑަކުދިން ލައްވާ ޖިންސީ އަމަލުތައް ހިންގާ ދުނިޔޭގެ އެލީޓުންގެ ގުރޫޕަކާއި ގުޅުން ހުރި މައްސަލައެއްކަމަށްވާ ޖެފްރީ އެޕްސްޓީންގެ މައްސަލައިގައި ހައްޔަރުކުރެވިފައިވާ އޭނާގެ ލޯބިވެރިޔާ ގިލޭން މެކްސްވެލްގެ ޝަރީއަތާއި ގުޅުންހުރި ބައެއް ލިޔެކިއުންތައް ކޯޓަކުންވަނީ ފުރަތަމަ ފަހަރަ ހާމަކޮށްފައެވެ.

މީޑިއާތަކުން ބުނާގޮތުން މިހާރު ހާމަކޮށްފައިވާ ލިޔެކިއުންތަކުގައި ހައި ޕްރޮފައިލް މީހުންގެ ތެރޭގައި އެންމެ ފާހަގަކުރެވޭ ދެ ނަމަކީ ބިލް ކްލިންޓަން އަދި ޕްރިންސް އެންޑްރޫއެވެ. އެހެންނަމަވެސް އަދި ހާމަކޮށްފައިވާ ލިޔެކިއުންތަކުން މިހާރު މީޑިއާތަކުން ކުރަމުންދާ ތުހުމަތުތައް ނޫން އިތުރު މާ ބޮޑެތި ވާހަކަތަކެއް ފެންމަތިވެފައިނުވާކަމަށްވެސް ބުނެފައިވާއިރު، ޕްރިންސް އެންޑްރޫވަނީ އޭނާގެ މައްޗަށް ކުރެވެމުންދާ ތުހުމަތުތައް ދޮގުކޮށްފައެވެ.

އެޕްސްޓީންގެ އަމިއްލަ ރަށަށް ޒިޔާރަތްކުރި މީހުންގެ ތެރޭގައި މައިކަލް ޖެކްސަން އާއި ޖާދޫގަރު ޑޭވިޑް ކޮޕާފީލްޑުވެސް ހިމެނޭކަމަށް މީޑިއާތަކުން ފާހަގަކުރާއިރު މިހާތަނަށް އެ މީހުންނަށް ސީދާ ތުހުމަތެއް އަމާޒުވެފައިނުވާކަމަށް ބުނެފައިވެއެވެ.

ކްލިންޓަންގެ ނަން އެކި ފަހަރުގެ މަތިން ލިޔެކިއުންތަކުގައި ތަކުރާރުވެގެންދާއިރު، އޭނާވަނީ އެޕްސްޓީން އާއި ގާތް ގުޅުމެއް އޮތްކަން މީޑިއާތަކާއި މީގެކުރިން ހިއްސާކޮށްފައެވެ. އެހެންނަމަވެސް އެޕްސްޓީން ހިންގާފައިވާ ލާއިންސާނީ ޖަރީމާތަކާއި ގުޅުން ހުރި މައުލޫމާތެއް ނެތްކަމަށްވެސް ކްލިންޓަން ބުނެފަިވެއެވެ.

އެޕްސްޓީން އޭނާގެ މައްޗަށް ކުރެވުނު ކުޑަކުއްޖަކާއި އެކު ޖިންސީ މުއާމަލާތެއް ހިންގުމަށް ފައިސާ ދިނުން ފަދަ ބައެއް ތުހުމަތުތަކަށް 2009 ވަނަ އަހަރުގެ ތެރޭގައި އިއުތިރާފްވެފައިވާއިރު ޝަރީއަތުގެ މަރުހަލާ ދިގުދެމި 2019 ގައި ސެކްސް ޓްރެފިކިންގް މައްސަލައިގެ ޝަރީއަތް ކުރިއަށް ދަނިކޮށް އޭނާވަނީ އަމިއްލަ އަށް މަރުވެފައެވެ.

ގިލޭން މެކްސްވެލް ދީފައިވާ ބަޔާންތަކުން ކްލިންޓަން އެތައް ފަހަރެއްގެ މަތިން އެޕްސްޓީންގެ ޕްރައިވެޓު ޖެޓުގައި ދަތުރުކޮށްފައިވާކަން އެނގިގެންދާއިރު، ކިތައް ފަހަރުކަން ބުނެދޭން ނޭނގުނުކަމަށްވެސް މީޑިއާތަކުން ފާހަގަކުރެއެވެ. ކްލިންޓަންގެ ފަރާތުން މައުލޫމާތު ދީފައިވާގޮތުން އެޕްސްޓީންގެ ޖެޓުގައި ދަތުރުކޮށްފައިވަަނީ އިންސާނީ މަސައްކަތްތައް ކުރުމަށް އެފްރިކާ ފަދަ ގައުމުތަކަަަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: