ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް ފާޑުކީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ސަސްޕެންޑް ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިންޑިއާގެ ބޮޑު ވަޒީރު، ނަރެންދްރަ މޯދީއަށް ފާޑުކީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް ސަސްޕެންޑް ކޮށްފިއެވެ.

މިމައްސަލައިގައި މަގާމުން ސަސްޕެންޑް ކޮށްފައިވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ، މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާގެ އިތުރުން އަބްދުﷲ މަހްޒޫމް މާޖިދުއެވެ.

މި ބޭފުޅުން ސަސްޕެންޑް ކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ލަކްޝަދީޕަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމާ ގުޅޭ ވީޑިއޯ އާންމު ކުރެއްވުމުން އެބޭފުޅުން މޯދީ އަށާއި އިންޑިއާއަށް ކުޑައިމީސްކޮށް މީސް މީޑިއާގައި އިންޑިއާއާ ދެކޮޅު ތަފާތު ޝުއޫރުތައް ފާޅުކޮށްފައިވާތީއެވެ.

އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ވެސް ވަނީ ބޭފުޅުންނާ މެދުގައި ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ބޭރުގެ ގައުމުތަކުގެ ވެރިންނާއި މަތީ ފެންވަރުގެ ވެރިންނަށް ބަދު ބަސް ބުނެ، އިހްތިރާމް ކުޑަވާ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދެއްކި ކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަރުކާރުގެ ހިޔާލުތަކެއް ނޫން ކަމަށާއި އެއީ، އެ ހިޔާލު ފާޅުކުރި ބައެއްގެ އަމިއްލަ ހިޔާލު ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

“ސަރުކާރުން ގަބޫލު ކުރާ ގޮތުގައި ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުން ކުރަން ވާނީ ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ޒިންމާދާރު ކަމާއެކުގައި ނަފްރަތާއި، ނެގެޓިވިޓީ ނޯންނާނެ ހެން ރާއްޖެ އާއި ބައިނަލްއަގުވާމީ ގައުމުތަކުގެ މެދުގައި އޮންނަ ގާތް ގުޅުމަށް ހުރަސް ނޭޅޭ ފަދަ ގޮތަކަށް،” ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

“އިހްތިރާމް ކުޑަވާ ފަދަ ގޮތަކަށް އެ ވާހަކަތައް ދެއްކުމުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅަން ފަސް ނުޖެހޭނެ،”

މި ބޭފުޅުންގެ ފާޑުކިޔުންތަކާއި ގުޅިގެން އިންޑިއާގެ މީޑިއާތަކާއި ސޯޝަލް މީޑިއާގެ އެކްޓިވިސްޓުން ވަނީ ރައްދުދީ، ބަހުގެ ހަމަލާތަކެއް ވެސް ބަދަލުކޮށްފައެވެ. އަދި އިންޑިއާގެ މީޑިއާތަކުން ގޮވާލާފައި ވަނީ އެމައްސަލައިގައި ސަރުކާރުން މާފަށް އެދި، އެބޭފުޅުން ވަކި ކުރަން ޖެހޭ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: