ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފި

ފޮޓޯ: ނިޝާން އަލީ | މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދޮންއަދަރާދަ ހިނގުން ހުޅުވުމުގެ މަސައްކަތް ސްޓެލްކޯއިން ފަށައިފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެެއެވެ.

ސްޓެލްކޯއިން ނޫސްވެރިންނާއި ބައްދަލުކުރައްވާ ސްޓެލްކޯގެ ބައު އިންޖީނުގެއާއި އަދި ސްޓެލްކޯގެ މަސައްކަތް ކުރިއަށްދާ ގޮތްތަކާއި އަދި ކަރަންޓު ރައްޔިތުންނަށް ފޯރު ކޮށްދިނުމުގެ މަސައްކަތުގެ މައުލޫމާތު ވަނީ ހިއްސާކޮށް ދައްކާލާފައެވެ. ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ ދޮންއަދަރާދަ މަގުގެ މަސައްކަޔަކީ ވަރަށް ބުރަ މަަސައްކަތެއް ކަމަށާއި އަދި އެމައްސަކަތަކީ ތިން ކޮންޓްރެކްޓަރުންނާއި ހަވާލުކޮށްގެންވެސް ކުރިއަށް ނުގެންދެވިފައިވާ މަސައްކަތެއް ކަމަށެވެ. އެހެންނަމަވެސް އެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްގެން މިހާރު ކުރިއަށް ގެންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ.

އެމަގު ހުޅުވުމަށްޓަކައި އެތަނުގައި ހުރި ކުރީގެ ސްޓެލްކޯގެ ބައު އިންޖީނުގެ ނެގުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކޮށްގެން ނެގުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ. އެމަސައްކަތަކީ ވަރަށް ބުރަ މަސައްކަތެއް ކަން އެމްޑީ ފާހަގަކުރައްވާ ވިދާޅުވީ އިންޖީނުގެ އަޅާފައިވާ ދޮންއަދަރާދަ މަގުގައި ކޮންކްރިޓް ބެޑްސް ތަކެއް ހުރިކަމަށެވެ. އަދި އެ ކޮންކްރިޓް ބެޑް ތަކަކީ ވަރަށް ފުންކޮށް 6 ފޫޓަށް ކޮންކްރިޓް އަޅާފައިވާ ބެޑްތަކެއް ކަމަށް ވެސް ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ވިދާޅުވީ މަސައްކަތްތައް ކުރިއަށް ގެންދަނީ ކައިރީގައި ހުރި ގެތަކުގައި ދިރިއުޅޭ މީހުންނަށް އުނދަގޫ ނުވާނެ ގޮތަށް ދުވާލު ގަޑީގައި ކަމަށެވެ. މަގު ހެދުމުގެ މަސައްކަތުގައި އެންމެ އުނދަގޫ މަސައްކަތެއްގެ ގޮތުގައި މިހާރު ކުރިއަށް ދަނީ އެ ތަނުގައި ހުރި ކޮންކްރީޓު ބެޑްތައް ނެގުން ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އެމްޑީ ވިދާޅުވީ ކަރަންޓު ހަރަދު ބޮޑުވުމުގެ ޝަކުވާއަކީ ރައްޔިތުންގެ އަބަދުގެވެސް ޝަކުވާއެއް ކަމަށެވެ. އެހެންކަމުން އެ ވާހަތަކަށް ރައްދު ދެއްވާ އެމްޑީ ވިދާޅުވީ ސްޓެލްކޯގެ ފަރާތުން އެފަދަ ކަމެއް ނުކުރާނެ ކަމަށާއި އަދި އެކަން ކުރަނީ މެނުއަލް ކޮށް ނޫން ކަމަށާއި އެ ސިސްޓަމަކީ އޮޓޮމެޓިކްކޮށް ކުރިއަށްދާ އެއްޗެއްކަމަށެވެ. އަދި ކަރަންޓު ހަރަދު ބޮޑު ވާނީވެސް ރައްޔިތުން ބޭނުންކުރާ މިންވަރަށް ކަމަށާއި ސްޓެލްކޯގެ ދައުރަކީ އެކަމުގައި އެ ބެލެންސްކޮށް ބެހެއްޓުން ކަމަށް ވިދާޅުވިއެވެ.

ހޫނު މޫސުމުގައި ކަރަންޓު އުފައްދާ މިންވަރު އިިތުރު ކުރަންޖެހޭ ކަމަށާއި އަދި އެއީ އެމޫސުމުގައި ރައްޔިތުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރު ކުރުން ކަމަށް ސްޓެލްކޯގެ އިންޖީނިއަރެއް ވަނީ މައުލޫމާތު ދެއްވާފައެވެ. އެހެންނަމަވެސް ސްޓެލްކޯގެ އެއްވެސް ސިސްޓަމަކުން އެ ކަރަންޓު ބިލަށް އަރާމިންވަރަށް އެއްވެސް ބަދަލެއް ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. ސްޓެލްކޯއިން ބޭނުންކުރާ މިންވަރަކީ އެ ގެއަކުން ބޭނުން ކުރާ މިންވަރަށް އެގެއަކަށް ކަރަންޓު ފޯރުކޮށްދޭ ގޮތަށް ޑިސައިންކޮށްފައިވާ ސިސްޓަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެއުތުރުން ސްޓެލްކޯއަކީ ސަރުކާރުގެ ހަމައެކަނި ދިވެހި މުވައްޒަފުން މަސައްކަތް ކުރަމުންދާ ކުންފުނި ކަމަށް ވިދާޅުވިއެވެ. ސްޓެލްކޯގެ މަސައްކަތަކީ އެއްވެސް ބޭރުގެ ބަޔަކު ކުރާ މަސައްކަތެއް ނޫން ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: