ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންސީއާއި އެމްޑީޕީގެ ޕްރައިމަރީވެސް ފަސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

20 ވަނަ މަޖިލިސް އިންތިހާބުގައި ޕީއެންސީއާއި އިދިކޮޅު އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ބޭފުޅުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ ދެ ޕާޓީންއިވެސް ފަސްކޮށްފިއެވެ.

މީގެ ކުރީގައި ޕީއެންސީ އިން އެ ޕާޓީގެ ޕްރައިމަރީ ބޭއްވުމަށް ނިންމީ މި ހިނގާ ޖެނުއަރީ 20 ވަނަ ދުވަހުއެވެ. މި ތާރީހު ޑިސެމްބަރ 20 އަށް ބަދަލުކޮށް، އަނެއްކާވެސް މިމަހުގެ 20 ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމި ނަމަވެސް މިހާރު ޕީއެންސީއިން ވަނީ ތާރީހު ތިން ވަނަ ފަހަރަށް ބަދަލުކޮށް މިމަހުގެ 27 ވަނަ ދުވަހަށް ބާއްވާކަން ކެންޑިޑޭޓުންނަށް އަންގާފައެވެ.

އެމްޑީޕީގެ ޕްރައިމަރީ ބާއްވާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ މިމަހުގެ 26 އަދި 27 ވަނަ ދުވަހު އެވެ. ނަމަވެސް އެމްޑީޕީން ވަނީ އެ ޕާޓީގެ ޕްރައިމަރީ ފެބުރުއަރީ ތިންވަނަ ދުވަހަށް ފަސްކޮށްފައެެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ މާރޗް 17 ގައެވެ. އިންތިހާބުގައި ވާދަ ކުރުމުގެ ފޯމު ހުށައެޅުން 30 ޖެނުއަރީގައި ހުޅުވާލާއިރު، ބުރުއަރީ 14 ގެ ނިޔަލަށް ފޯމް ހުށައެޅޭނެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: