ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯޒްވޭއާއިއެކު ކިނބިދޫއަށް މަތީ ތައުލީމުގެ ފުރުސަތު ފަހިގެންދާނެ: ރައީސް

ރައީސް މުއިއްޒު: ފޮޓޯ/ ފައިލްފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރަށްތަކުގައި ސަރުކާރުން ކުރިއަށް ގެންދާ ބައެއް މަޝްރޫޢޫތަކުގެ ސަބަބުންވެސް ތައުލީމީ ފުރުސަތުތައް ފަހިވެގެންދާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ކުރިއަށް ގެންދާ ”ރައީސްގެ ޖަވާބު“ ސެގްމެންޓުގައި ރަށްތަކުގައި މަތީ ތައުލީމީ ހާސިލު ކުރެވޭނެ ފުރުސަތު ފަހިކުރުމާއިމެދު ދެކިވައިގަންނަވާ ގޮތާއިމެދު ސުވާލުކުރުމުން ރައީސްވަނީ ރަށްރަށުގައި ގްރޭޑް 12 އާއި ހިސާބަށްވެސް ކިޔެވުމަށް ފުރުސަތު ފަހިވެފައި އޮތުން މުހިންމުކަމަށް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ، ތ ކިނބިދޫގައި އެ ފުރުސަތުތައް މިވަގުތު ފަހިވެފައިނުވާކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ހިންގަމުންދާ ތަރައްގީގެ މަޝްރޫޢުތަކުގެ ތެރެއިން ކިނބިދޫ އާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލެވިގެންދާނެކަމަށާއި އެހިސާބުން އެއްގަމު ދަތުރު ފަހިވެގެންދާނެއިރު، އެއްފަސްވުމާއިއެކު ތައުލީމު ލިބިގަތުންފަދަ މަންފާތައް ހާސިލުކުރެވޭނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެއީ އެ މައްސަލައަށް ހައްލެއް ގެނައުމަށް އެމަނިކުފާނު ގެންގުޅުއްވާ އެއް ވިސްނުންކަމަށާއި އެހެން ގޮތް ގޮތާއިމެދުވެސް ވިސްނަވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ރައްޔިތުން ބޭނުންވާ ކަންކަން ހާސިލުކޮށްދެއްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: