ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްލެޓްފޯމް ފަރަށް އެރި މައްސަލައިގެ ޖުރިމަނާ އެފްކޮންސް ނުދައްކާތީ އީޕީއޭ ކޯޓަށް!

ތިލަމާލެ ބްރިޖު މަސައްކަތް ކުރާ ޕްލެޓްފޯމެއް ވިލިމާލެ ފަރަށް އަރާފައި/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަމާލެ ބްރިޖުގެ މަސައްކަތަށް ބޭނުން ކުރަމުން ދިޔަ ޕްލެޓްފޯމް ފަރަށް އަރައި ލިބުނު ގެއްލުންތަކަށް އެފްކޮންސްގެ މައްޗަށް ކުރި ޖުރިމަނާގެ މައްސަލައިގެ ފައިސާ ނުދައްކާތީ، އެކަން އެންވައިރޮމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ކޯޓަށް ހުށަހަޅައިފި އެވެ.

ބްރިޖުގެ ސާވޭ އާއި ތަނބު ޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފުމަށް ބޭނުން ކުރި އެ ފްލެޓްފޯމް ފަރަށް އެރީ އޯގަސްޓު މަހުގެ ތެރޭގައެވެ. އަދި އެ ޕްލެޓްފޯމް ފަރުން ނަގާފައި ވަނީ އެތަކެއް ދުވަހެއް ފާއިތުވެގެންދިޔަ ފަހުންނެވެ.

މީގެ ކުރިން މި މައްސަލައާއި ގުޅިގެން އެފްކޮންސްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްލެޓްފޯމް ނެގުމުގައި ގިނަ ދުވަސްތަކެއްވެގެން ދިޔައީ އެ ސަރަހައްދުގެ އެ ދުވަސްވަރު ވިއްސާރަވެ ކަނޑު ގަދަވުމުންކަމަށެވެ. އަދި ދެ ފަހަރެއްގެ މަތީން ޕްލެޓްފޯމު ނެގުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވީ އޭގެ ސަބަބުންކަމަށް ބުންޏެވެ.

އެފްކޮންސްގެ ޓަގު ބޯޓެއް ވިލިމާލެ ފަރުގައި ދިރާސާތަކެއް ކުރަނިކޮށް، އެތަނުން ޕްލެޓްފޯމެއް ފަރަށް އަރައި ގެއްލުންވީ އޮގަސްޓު 16، 2022 ގައެވެ. އަދި ޖުރިމަނާ ކުރީ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.

ޖުރިމަނާ މައާފުކޮށްދޭން އެދި ސިވިލް ކޯޓަށް ހުށަހެޅުމުން، އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށް އެ ކޯޓުން ނިންމި އެވެ. ގެއްލުމުގެ ބަދަލެއްގެ ގޮތުން 69 މިލިއަން ރުފިޔާ ދެއްކުމަށް ކުރި ހުކުމަށް ފައިސާ ދައްކަން ދިނީ 30 ދުވަހެވެ. އެހެން ނަމަވެސް މިއަދާއި ހަމައަށް ފައިސާ ދައްކާފައި ނުވެ އެވެ.

ފައިސާ ނުދައްކަން، އެ ކުންފުނިން އެންވައިރޮމެންޓް މިނިސްޓްރީގައި އިސްތިއުނާފު ވެސް ކުރި އެވެ. އެހެން ނަމަވެސް އޭރު މިނިސްޓަރަކަށް ހުންނެވި އާމިނަތު ޝައުނާ ނިންމެވީ އެ ލުއި ނުދޭންށެވެ.

ބޯޓުތައް ފަރަށް އެރުމުގެ ސަބަބުން ލިބޭ ގެއްލުންތަކަށް ޖުރިމަނާ ދެއްކުމަށް އެންގި ނަމަވެސް އެއާއި އެއްގޮތަށް ކުންފުނިތަކުން ފައިސާ ނުދައްކާ މައްސަލަ ބޮޑެވެ. އަދި މީގެ ތެރެއިން ފުށިދިއްގަރު ފަރަށް ބާޖަކާއި ޓަގު ބޯޓެއް ފަރަށް އަރައި ލިބުނު ގެއްލުމަށް 100 މިލިއަން ރުފިޔާގެ ޖުރިމަނާ ދެއްކުމަށް ތަކުރާރުކޮށް އެންގުމުން ވެސް ފައިސާ ނުދެއްކި މައްސަލަ ވެސް އީޕީއޭއިން ކޯޓަށް ހުށަހެޅި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: