ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލަން އަންގައި ހައިކޯޓުން އަމުރެެއް ނެރެފި

ގުޅިފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ (ފޮޓޯ/ މިވެށި)
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މަސައްކަތް މަޑުޖައްސާލުމަށް ހައިކޯޓުން އަމުރެއް ނެރެފި އެވެ.

މަޝްރޫއު ކުރިޔަށް ގެންދަނީ ތިމާވެއްޓަށް ގެއްލުން ލިބޭ ގޮތަށްކަމަށް ބުނެ މަޝްރޫއު ސިވިލް ކޯޓަށް ހުށަހެޅީ އާންމުންގެ މީހެކެވެ.

މި މައްސަލަ އެންމެ ފުރަތަމަ ހުށަހެޅީ ސިވިލް ކޯޓަށެވެ. އެކަމަކުން އެ ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ. އެއަށް ފަހު މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ނެރުނު އަމުރުގައި ވަނީ ސިވިލް ކޯޓުން މައްސަލަ ނިމެންދެން ހުރިހާކަމެއް މަޑުޖައްސާލުމަށް އަންގާކަމަށެވެ.

މައްސަލައިގައި ހައިކޯޓުން ނެރުނު އަމުރުގައި ވަނީ މައްސަލައިގައި އެންވައިރޮމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީއައިއޭ) ގައި ކަނޑައަޅާފައިވާ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަން އެނގޭއިރު ނަފީ ކުރާނެ ހެއްކެއް ދައުލަތުން ދައްކާފައި ނުވާކަމަށެވެ. އެކަން ފާހަގަކޮށް ހުކުމުގައި ވަނީ މި ހާލަތުގައި ތިމާވެށި ހިމާޔަތް ކުރުމަށް ޕްރިކޯޝަނަރީ ޕްރިންސިޕަލްގެ ދަށުން ފިޔަވަޅު އަޅަން ޖެހޭނެކަމަށެވެ.

ހުކުމުގައި ވަނީ އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނުނެރެފި ނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭ ގެއްލުންތައް ލިބިގދާނެ ކަމަށެވެ. އަދި މަޝްރޫއު ހުއްޓިއްޖެ ނަމަ ލިބޭ މާލީ ގެއްލުންތަކަށް ބަލާއިރު ތިމާވެއްޓަށް ލިބެން އޮތް ނުވަތަ ލިބިދާނެކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑުކަމަށެވެ.

މި އަމުރު ނެރެފައި ވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި، ފަނޑިޔާރު ހުޒައިފާ މުހައްމަދު އަޣުލަބިއްޔަތުންނެވެ.

މި މައްސަލައިގައި ތަފާތު ރައުޔެއް ނެރުއްވީ، ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ފަނޑިޔާރު ނިޔާޒްގެ ރައުޔުގައި ވަނީ މިއީ ހައިކޯޓުން އިތުރު ގޮތެއް ނިންމަން ޖެހޭ ކަމެއް ނޫންކަމަށެވެ. އަދި ރައުޔުގައި ލިޔުއްވާފައި ވަނީ ތިމާވެއްޓަށް ގެއްލުންތައ ލިބެމުން ދާނަމަ އެކަން މިނިސްޓަރަށް ހުށަހަޅަން ޖެހޭކަމަށެވެ.

ފަނޑިޔާރުގެ ރައުޔުގައި ވަނީ މިކަމުގައި މިނިސްޓަރުގެ ނިންމުމެއް ނެތި ކޯޓުން ގޮތެއް ނިންމުމަކީ ތަރުތީބު އޮޅޭނެ ސަބަބެއް ކަމަށެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 11%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ތިމާވެއްޓަށް ގެއްލުންތައް ލިބެމުން ދާނަމަ އެކަން މިނިސްޓަރަށް ހުށަހަޅަން ނުޖެހޭބާ ؟ މިނިސްޓަރަށް މިވަރުކަމެއް ހިގާކަން އިނގޭބާ ؟ ކޮބާ އެވުޒާރާ މިނިސްޓަރަކުހުރޭބާ ؟ ކޮންމެކަމެއް ސްޕްރީމް ކޯޓުން ނިންމާގޮތަށްތޯ އޮންނަނީ ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: