ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖޭއެސްސީގެ މެމްބަރުކަމަށް ފަނޑިޔާރު ސުއޫދު އައްޔަނު ކުރައްވައިފި

ޖުޑީޝަލް ސަވިސް ކޮމިޝަނުގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު ޢައްޔަންކޮށް ފަތްކޮޅު ހަވާލު ކުރުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އައްޑޫ، މީދޫ، ހަސަންކާރިގެ އަލްއުސްތާޛު ޙުސްނުއްސުޢޫދު ޢައްޔަނުކޮށް ފަތްކޮޅު ހަވާލުކޮށްފި އެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސުޢޫދު މި މަގާމަށް ޢައްޔަނު ކުރައްވާފައި ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޙުސްނުއްސޫދު ޖޭއެސްސީގެ މެންބަރުކަމަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރައްވާފައި ވަނީ ގާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ށ) އާއި، ޖުޑީޝަލް ސަވިސް ކޮމިޝަނުގެ ގާނޫނުގެ 3 ވަނަ މާއްދާގެ 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ސުޕްރީމް ކޯޓުގައި ހިމެނޭ ފަނޑިޔާރުންގެ ތެރެއިން، އެ ކޯޓުން އިންތިހާބު ކުރާ އުއްތަމަފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެއްގެ ހައިސިއްޔަތުންނެވެ.

ޖޭއެސްސީގެ ކޮމްޕޮޒިޝަން އަށް ބަލާއިރު އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން، ހައި ކޯޓު ތަމްސީލު ކުރައްވާ އެ ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން ތަމްސީލު ކުރައްވާ ދަށު ކޯޓެއްގެ ފަނޑިޔާރަކު ތިއްބަވައެވެ. ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލެއްގެ އިތުރުން ދައުލަތުގެ ބަންޑާރަ ނައިބު ވެސް އިންނަވައެވެ. އަދި މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހެއް ވެސް ޖޭއެސްސީގައި ހިމެނެއެވެ.

ފަނޑިޔާރު ހުސްނުއްސޫއޫދަކީ 2011 ވަނަ އަހަރު ގާނޫނީ ދާއިރާއަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަން ކޮށްދެއްވުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނ ހިތްވަރު ދިނުމުގެ ޤައުމީ އެވޯޑް ދެއްވާފައިވާ ބޭފުޅެކެވެ. މި އެވޯޑު 1979 ވަނަ އަހަރުންސުރެ ދެވެމުން އަންނައިރު، ގާނޫނީ ދާއިރާއަށް ހިދުމަތް ކުރެއްވުމުގެ ރޮނގުން މި އެވޯޑު ލިބިލައްވާފައިވާ ހަމައެކަނި ފަރާތަކީ ހުސްނުއްސުއޫދެވެ.

1997 އިން 1999 އަށް ސިވިލް ކޯޓުގެ އިސް ގާޒީކަމާއި، 2009 އިން 2010 އަށް ކްލެމެންސީ ބޯޑްގެ ރައީސް ކަމާއި، 2009 އިން 2010 އަށް ދިވެހިރާއްޖޭގެ އެޓަރނީ ޖެނެރަލް ކަމާއި އަދި 2011 އިން 2019 އަށް މޯލްޑިވްސް ލޯ އިންސްޓިޓިއުޓްގެ ރައީސް ކަމަކީ ހުސްނުއްސޫއޫދު ފުރުއްވާފައިވާ ފާހަގަކޮށްކެވޭ ބައެއް މަގާމްތަކެވެ. ހުސްނުއްސު އޫދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އައްޔަން ކުރެވުނީ 08 ޑިސެންބަރު 2019 ގައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: