ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމް ކޯޓުގައި އޮތް މައްސަލަ މިހާރު ބާތިލުވާނެ: ބިގޭ

މެމްބަރު މުހައްމަދު ރަޝީދު ހުސައިން :ފޮޓޯ/ ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު ގުނާ ގޮތާއި ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށައެޅިފައިވާ މައްސަލައަކީ މިހާރު ބާތިލު މައްސަލައެއްކަމަށް އަލިފުށި ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު ރަޝީދު ހުސައިން ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެމްބަރު ރަޝީދު ވިދާޅުވީ، ސުޕްރީމް ކޯޓަށް ހުށައެޅިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 49 ވަނަ މާއްދާގެ ކ އ ވ އިތުރުކޮށް ގެނަވުނު އިސްލާހުތަކާއި ގުޅޭ މައްސަލައެއްކަމަށެވެ. އެހެންނަމަވެސް އެ މައްސަލަ ހުށައެޅުނު ފަހުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއިންނާއި ތަޅުމުން އެ އަކުރުތައް އުނިކުރަން ފާސްކޮށް އަމަލުކުރަން ފަށާފައިވާކަމަށާއި އުނިކުރުމަށް ފަހު މިހާރު އައު އަކުރެއް އިތުރުވެސް ކުރެވިފައިވާކަމަށް ހިއްސާކުރެއްވިއެވެ.

މެމްބަރު ރަޝީދު ވިދާޅުވީ، ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވާ މީހެއްގެ ގޮނޑި ގެއްލުމުންވެސް އެ މެމްބަރު އުނިވިކަމަށް ނުބަލާ އަދަދު ގުނާގޮތަށް ކަނޑައެޅިފައިވާނަމަވެސް މިހާރު ގެނެވިފައިވާ ބަދަލާއިއެކު، 6 މަސް ދުވަހަށްވުރެ ކުރު މުއްދަތެއް އޮއްވާ ގޮނޑި ގެއްލުމުން އެ މެމްބަރެއް ނުހިމަނާ ގުނުމަށް ފާސްވެފައިވާކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓަށް ކުރިން ހުށައެޅިފައިވާ މައްސަލަ ބާތިލުވެފައިވާކަމަށް ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކަމުގެ އިތުރުން އެންޓި ޑިފެކްޝަން ގާނޫނެއްވެސް ހުށައަޅާފައިވާކަމަށެވެ. މެމްބަރު ރަޝީދު ވިދާޅުވީ، އެކަމަކީ ރައްޔިތުންގެ ތެރޭގައި ވަރަށް ބޮޑަށް ކަންބޮޑުވުންތައް އޮތްކަމެއް ކަމަށާއި ބިލު ހުށައަޅާފައިވަނީ ރައްޔިތުން ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ވަކި ޕާޓީއެއްގެ މެމްބަރުން އިންތިހާބު ކުރުމުން އެ މީހުން އެހެން ޕާޓީތަކަށް ދިއުން ހުއްޓުވަންކަމަށެވެ. އެހެންނަމަވެސް އެކި އެކި ސަބަބުތަކާއި ގުޅިގެން މަޖިލީހުގައި އެ ބިލުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ޖާގަ ލިބިފައިނުވާކަމަށާއި އެއީ މަޖިލީހުގެ އިދާރާއިން އެ ފުރުސަތު އަދި ފަހިކޮށްދީފައިނުވާތީކަންވެސް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: