ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ މައްސަލައިގެ އާބިޓްރޭޝަން: ދުބާއީގެ ކުންފުނިން ރާއްޖެއަށް 32 މިލިއަން ރުފިޔާ ދޭން އަންގައިފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ކުރީގެ ހެލްތް މިނިސްޓަރު ނަސީމް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑު-19 ޖެހި ބަލީގައި ހާލު ބޮޑުވާ ހާލަތުގައި ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ ހަވާލުކޮށްގެން ގެނައުމަށް ހަވާލު ކުރި ވެންޓިލޭޓަރު ނުގެނައި މައްސަލައިގައި އެ ކުންންޏާ ދެކޮޅަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓްރަށް ރާއްޖޭން ހުށަހެޅި މައްސަލަ ދިވެހި ސަރުކާރުން ކާމިޔާބުކޮށްފި އެވެ.

މިއީ 2020 ގައި ކުރިމަތިލާން ޖެހުނު ކޮވިޑުގެ ބަލިމަޑުކަމުގައި ދިމާވެދާނެ އެންމެ ގޯސް ހާލަތަށް ބެލުމަށް ފަހު ރާއްޖެއަށް ގެނައުމަށް ފައިސާ ދެއްކި ވެންޓިލޭޓަރުތައް އޭގެ ހަތަރު އަހަރު ފަހުން ވެސް އަނބުރާ ނުގެނެވިވާ މައްސަލައެކެވެ.

ސިންގަލް ސޯސް ޕްރޮކިއުމަންޓްގެ އުސޫލުން 75 ވެންޓިލޭޓަރު ގަތުމުގެ މަސައްކަތް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާއި ހަވާލުކޮށް ވަނީ ދެ މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުވަތަ ދިވެހި ފައިސާއިން 34 މިލިއަން ރުފިޔާ ދައްކާފައެވެ. އަދި ދައުލަތަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ ގޮތުން ޓްރައިބިއުނަލަށް ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީގަ އެވެ.

މައްސަލަ ހުށަހަޅައި ރާއްޖެއިން އެދިފައި ވަނީ އެގްޒެކިއުޓާސް ފޯރުކޮށް ނުދޭ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާ އަދި ވެންޓިލޭޓަރުތައް ގެނެސްދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ބަދަލަށް ވާ ޖުމްލަ 32 މިލިއަން ރުފިޔާ ނުވަތަ ދެ މިލިއަން ޑޮލަރު ނަގައިދޭން އެދޭ ކަމަށެވެ.

މިކަމާ ގުޅޭގޮތުން އޭޖީ އޮފީހުން މިއަދު ބުނީ އާބިޓްރޭޝަނުގެ ފަހު ބަސް މިދިޔަ ހަފްތާގެ ބުދަ ދުވަހު ނެރެފައިވާކަމަށާއި ވެންޓިލޭޓަރަށް ދައްޖަން ޖެހޭ ފައިސާ ދިވެހި ސަރުކާރަށް ދެއްކުމަށް މިހާރު އަންގާފައިވާކަމަށެވެ.

މިއާއި އެކު 2021، މޭއި 2 އިން ފެށިގެން އެ ކުންފުނިން ފައިސާ ދެއްކުމުގެ ނިޔަލަށް އިންޓްރެސްޓްގެ ގޮތުގައި އަހަރަކު ދެ އިންސައްތަ ދެއްކުމަށް ވެސް އަންގާފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ މައްސަލަ ކުރިޔަށް ގެންގޮސްފައި ވަނީ ދުބާއީގެ ކުންފުނީގެ ޣައިރު ހާޒިރުގައިކަމަށެވެ. ކުންފުނި މައްސަލަ ކުރިޔަށް ގެންދިޔައިރު ހާޒިރުވެފައި ނުވާއިރު، އާބިޓްރޭޝަނަށް ދައްކަން ޖެހޭ ފައިސާ ނުދައްކައި ކުރިޔަށް ދިއުމުން އެ ފައިސާ ދައްކާފައި ވަނީ ރާއްޖޭކްކަމަށްވުމާއި އެކު އެ އަދަދު ނަގައިދޭން ވެސް ރާއްޖޭން ހުށަހަޅާފައި ވެއެވެ.

އެކަމަށް އާބިޓްރޭޝަނުގެ ނިންމުމުގައި ވަނީ ފައިސާ ދެއްކުމާއި ހަމައަށް އިންޓްރެސްޓު ރޭޓަކަށް ދެ އިންސައްތަ ހިމަނައި 132،856 ޑޮލަރު ދެއްކުމަށެވެ.

މިއާއި އެކު އާމިޓްރޭޝަނުގެ އެންގުމުގައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ޖުމްލަ 34.64 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދެއްކުމަށެވެ.

އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏާއި ގުޅޭގޮތުން ސުވާލު އުފެދި، އެކަމާއި ގުޅިގެން ނޫސްވެރިން ތަކުރާރުކޮށް މީގެ ކުރިން ސުވާލު ކުރިއެވެ. ކުންފުނީގެ ސައްހަކަމާއި މެދު އުފެއްދި ސުވާލަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެންއީއޯސީ) ގެ އޭރުގެ ތަރުޖަމާނު ވިދާޅުވެފައި ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގ ކުންފުންޏަކީ ލެޖިޓިމޭޓް ކުންފުންޏެއް ތޯ ބަލާފައިވާނެ ކަމަށެވެ. އަދި ހެލްތް މިނިސްޓްރީން ކުންފުންޏާއި މަސައްކަތް ހަވާލުކޮށްފައިވަނީ އެކަން ޔަގީން ކުރުމަށްފަހުގައިކަމަށް ވިދާޅުވި އެވެ.

އެ ސުވާލު ތަކުރާރުކޮށް ކުރުމާއި، ނޫސްވެރިންގެ ހޯދުންތަކުން އެއީ ސައްހަ ކުންފުންޏެއް ނޫންކަން ހޯދުމުން މީޑިއާތަކަށް ގިނަ ފާޑުކިއުންތަށް ވެސް ސަރުކާރުގެ އިސް މެމްބަރުންގެ ފަރާތުން އަމާޒުވި އެވެ. ފަހުން އެކުލަވާލި ކޮމްޕްލަޔަންސް އޮޑިޓުން ފެންމަތިވި ކަންތަކުގެ މައްޗަށް ޖިނާއީ ތަހުގީގުތަކެއް ހިންގި ނަމަވެސް އެ މައްސަލައިގެ އެއްވެސް ކުރިއެރުމެއް ނުލިބެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 50%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: