ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓާޓާގެ މަތީ ފަންތީގެ އެޕާޓުމެންޓުތައްކަށް ޝައުގުވެރިވާ މީހުންނަށް ހާއްސަ ”ލަކްސް ހޯމް ފެސްޓް 2.0“ ފަށައިފި

ޓާޓާ އިން މާލޭގައި އިމާރާތް ކުރާ މަތީ ފަންތީގެ އެޕާޓުމެންޓުތައް ގަންނަން ޝައުގުވެރިވާ މީހުންނަށް ހާއްސަ ”ލަކްސް ހޯމް ފެސްޓް 2.0“
ޝެއާރކޮށްލާ ކަހަލަދޯ؟

ޓާޓާ އިން މާލޭގައި އިމާރާތް ކުރާ މަތީ ފަންތީގެ އެޕާޓުމެންޓުތައް ގަންނަން ޝައުގުވެރިވާ މީހުންނަށް ހާއްސަ ”ލަކްސް ހޯމް ފެސްޓް 2.0“ ފަށައިފިއެވެ.

ޓާޓާ އިން ދަނީ މާލޭގެ ޕްރައިމް ދެ ސަރަހައްދެއްގައި މަތީ ފަންތީގެ ދެ އެޕާޓުމެންޓު އިމާރާތް އަޅަމުންކަމަށްވާއިރު، މި އެޕާޓުމެންޓުތައް ގަންނަން ޝައުގުވެރިވާ މީހުންނަށް ހާއްސަ އަގުތަކަކާއެކު މި ހަރަކާތް ކުރިއަށް ގެންދަނީ ގާކޮށީގައި ހުންނަ ޓާޓާ ހެޑްކުއާޓާސް، މާލޭގަ އެވެ.

މި ހާއްސަ ޕްރޮމޯޝަނުގެ ދަށުން ހާއްސަ ޑިސްކައުންޓު އަގުގައި ފްލެޓު ބުކް ކުރުމުގެ ފުރުސަތު އޮންނާނެކަމަށް އެ ކުންފުނިން ބުނިއެވެ. މީގެ އިތުރުން 25,000 ރ އާއި ހަމައަށް އެޕާޓުމެންޓު ފެބް ފާނިޝް ކުރުމުގެ ފުރުސަތު އޮންނާނެކަމަށާއި، އިމާރާތުގެ ޕާކިން އަށް ހާއްސަ ސަރަހައްދުން އެމީހަކު ބޭނުން ޕާކިން ސްލޮޓު ބުކް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް ޓާޓާއިން ވަނީ ބުނެފަ އެވެ.

ޓާޓާ އިން މާލޭގައި އިމާތާތް ކުރާ ”ލަގްޒާވަން“ އަދި ”ލަގްޒެރާ“ އިމާރާތަކީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތައް އެތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ލިބޭނެހެން ފަރުމާކޮށްގެން އަޅާ ދެ އިމާރާތްކަން އެ ކުންފުނިން ފާހަގަކުރެއެވެ. އަދި ބުނީ ލަގްޒެރާ އިމާރާތުގެ އެޕާޓުމެންޓުތައް ހުންނާނެ ގޮތް ފެންނަ ”މޮކްއަޕް“ އެޕާޓުމެންޓު މިހާރު ވަނީ ތައްޔާރުކޮށްފައިކަމަށެވެ. ސޯސަންމަގު ކުރީގެ ނާދީ ހުރި ބިމުގައި އަޅާ މި އިމާރާތުން އެޕާޓުމެންޓު ގަންނަން ބޭނުން މީހުންނަށް މި މިކްއަޕް އެޕާޓުމެންޓު ބަލާލުމުގެ ފުރުސަތު އޮވެއެވެ.

ލަގްޒެރާ އިމާރާތުން ފްލެޓު ގަންނަން ބޭނުން މީހުންނަށް މިހާރު ފައިސާ ދެއްކޭނެ ލުއިގޮތްތަކެއްވެސް ވަނީ ހަމަޖެހިފައިކަމަށާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ހައުސިން ޑިވެލޮޕްމެންޓު ފަައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން މިހާރު މި އިމާރާތުން އެޕާޓުމެންޓު ގަންނަން ލޯނު ހަމަޖެހޭނެކަމަށްވެސް ޓާޓާއިން ވަނީ މައުލޫމާތު ދީފަ އެވެ.

އެ ކުންފުނިން ބުނީ އެންމެ ޒަމާނީ އެމެނިޓީތަކާއެކު މަތީފަންތީގެ އެޕާޓުމެންޓެއް ގަންނަން ބޭނުން މީހުންނަށް މިއީ އެންމެ ރަނގަޅު ފުރުސަތަށް ވާނެކަމަށާއި، ޖާގަ ތަނަވަސް އެޕާޓުމެންޓުތަކާއި އިމާތާރުގެ ރޫފް ޓޮޕްގައި ހިމެނޭ އެހެން ވަސީލަތްތަކާއެކު އަޅާ މި ރެޒިޑެންޝަލް އިމާރާތްތަކުގައި 3 ކޮޓަރި އާއި 1+3 ކޮޓަރީގެ އެޕާޓުމެންޓުތައް ހުންނާނެކަމަށެވެ. ދެ އިމާރާތުގެ މަސައްކަތްވެސް ބާރަށް ކުރިއަށްދާއިރު، ލަގްޒެރާ އިމާރާތުގައި މިހާރު ކުރިއަށް ދަނީ 8 ވަނަ ފަންގިފިލާގެ ސްލެބް ކާސްޓިން މަސައްކަތްކަމަށް ބުންޏެވެ.

މަޖިދީމަގު އޯޑިއޯން ބިމުގައި އަޅާ ލަގްޒާވަންގެ އެތެރޭގައި ނިންމަން ޖެހޭ ބައެއް މަސައްކަތްތައް ފުރިހަމަވުމާއެކު އެ އިމާރާތަށް ވަނުމަށް މާ ދިގު އިންތިޒާރެއް ކުރަން ނުޖެހޭނެކަން ޓާޓާއިން ފާހަގަކުރިއެވެ.

ވޯލްޑް ކްލާސް ލަގްޒަރީ ރެޒިޑެންޝަލް އިމާރާތަކުން ”ޑްރީމް ހޯމް“ ބުކް ކޮށްލަން ލަކްސް ހޯމް ފެސްޓަށް ޒިޔާރަތް ކޮށްލުމަށް ކުންފުނިން އެދިފައިވާއިރު، މި މަހުގެ 9 އާއި ހަމައަށް މި ހަރަކާތް ކުރިއަށްދާނެކަމަށް ބުނިއެވެ. އަދި ގާކޮށި އިމާރާތުގައި ހުންނަ ޓާޓާ ހައުސިން އޮފީސް ހުޅުވާފައި ހުންނާނީ ހެނދުނު 10 އިން ހަވީރު 6 އަށްކަންވެސް ޓާޓާއިން ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: