ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމިންގެ އެއް މިލިއަން ޑޮލަރު ހިފެހެއްޓި މައްސަލަ ނުބެލޭނެކަމަށް ބުނެ ބީއެމްއެލް ހައިކޯޓަށް!

ކުރީގެ ރައީސް އަބްދުﷲ ޔާމީން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުޅުވާފައިވާ އެކްސްރޯ އެކައުންޓަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ދެމެދުވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން ވެސް ބީއެމްއެލްއިން ފައިސާ ޖަމާކޮށްދީފައި ނުވާތީ އެ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް ބުނެ ބޭންކުން މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މިއީ އޭސީސީ އާއި އެކު ރައީސް ޔާމީން ސޮއިކުރެއްވި އެކްސްކްރޯ އެއްބަސްވުމުގެ މުއްދަތު ހަމަވުމަށް ފަހު ވެސް އެކައުންޓަށް ފައިސާ ޖަމާކޮށް ނުދީ ހިފަހައްޓާފައިވާކަމަށް ބުނެ އެމަނިކުފާނުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެވެ. މި އެއް މިލިއަން ޑޮލަރަކީ ރައީސް ޔާމީންގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓެއްގައި ހުއްޓައި ގއ. ވޮޑަމުއްލާގެ ތަހުގީގަށް އޭސީސީ މެދުވެރިވެގެން ބީއެމްއެލްގައި ހުޅުވި އެކްސްކްރޯ އެކައުންޓަށް 2018، ޖޫން 10 ގައި ޖަމާކުރި ފައިސާ އެވެ. އެ މައްސަލައިގައި ހެދި އެކްސްކްރޯ އެއްބަސްވުމުގައި ވާގޮތުން އެކައުންޓު ހުޅުވާތާ އެއް އަހަރުގެ ތެރޭގައި އެއީ ދައުލަތުގެ ފައިސާކަން ސާބިތުކޮށް ނުދެވިއްޖެ ނަމަ އަނބުރާ ފައިސާ ޖަމާކޮށްދޭން ޖެހޭނެ އެވެ.

އެއްބަސްވުމުގެ މުއްދަތު ވަނީ 2019، ޖޫންގައި ހަމަވެފަ އެވެ.

ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި ރައީސް ޔާމިން އެދިވަޑައިގެންފައި ވަނީ ފައިސާ ބޭންކުން ހިފަހައްޓާފައި ވަނީ އެކްސްކްރޯ އެއްބަސްވުމާ ހިލާފަށްކަމަށް ކަނޑައަޅައިދޭންށެވެ. އަދި އޭގެ ސަބަބުން ލިބުނު ގެއްލުމަށް ބަދަލެއްގެ ގޮތުގައި އެ ފައިސާ ނަގައިދިނުމަށާއި އިންވެސްޓްމެންޓު އެކައުންޓުގައި ފައިސާ ހުރި ނަމަ ލިބޭނެކަމަށް އަންދާޒާ ކުރެވޭ އަދަދު ނަގައިދޭންށެވެ.

މި މައްސަލައިގައި މިދިޔަ ފެބްރުއަރީ މަހު ސިވިލް ކޯޓުން ނިންމާފައި ވަނީ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާ އެ ދައުވާ ހުށަހެޅުމަށް ނުވަތަ ކުރިޔަށް ގެންދިއުމަށް ގާނޫނީ ހުރަހެއް ނެތް ކަމަށެވެ.

ގާޟީ އައިޝަތު އަޒްފާ އަބްދުލްޣަފޫރުގެ ނިންމުމުގައި ބުނެފައި ވަނީ މައްސަލައިގައި ދައުވާ ކުރާ ފަރާތާއި ބޭންކު އަދި އޭސީސީން ދައްކާފައިވާ ވާހަކަތަކުން އެއްބަސްވުމާ ގުޅިގެން ބޭންކުން އެއްބަސްވުމުގެ ބައިވެރިންނާ އެކު ސިޓީ ފޮނުވައިގެން މުއާމަލާތްކޮށްފައިވާ ގޮތުން އެއްބަސްވުމުގެ ބައިވެރިންނަށް ވިސްނިފައި އޮތީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ކޮމިޝަނަށް އެކަނި ބާރު ނުހިންގޭނެހެން އެކްސްކްރޯ އެކައުންޓެއް ބޭންކުން ހުޅުވައިދޭނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ބަޔާން ކުރާ ފައިސާ އެސްކްރޯ އެކައުންޓަށް ޖަމާކޮށްދީ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް އިތުރު އިރުޝާދެއް އޭސީސީއިން ނުދިން ނަމަވެސް ބޭންކުން އެއްބަސްވުމުގައި ފައިސާ ދޫކުރަން ލާޒިމުވާފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެގޮތުގެ މަތިން އަމަލު ކުރާނެކަމަށް ބެލެވޭ ކަމަށެވެ.

މައްސަލަ ހައިކޯޓުގައި ބީއެމްއެލްއިން އިސްތިއުނާފު ކުރީ އޭސީސީގެ އެކައުންޓެއްގައި ހުރި ފައިސާއެއްކަމުން އެ ފައިސާ ދޫނުކުރެވޭނެކަމަށް ބުނެ އެވެ. އަދި މިއީ އެ ބޭންކާ ދެކޮޅަށް ވެސް ކުރިޔަށް ގެންދެވިދާނެ މައްސަލައެއް ނޫންކަމަށާއި، މައްސަލަ ކުރިޔަށް ގެންދަން ޖެހޭނީ އޭސީސީއާއި ދެކޮޅަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: