ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ ހަމަނުޖެހުން މައްސަލައިގައި ބާތިލު ކުރި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ ޝެއިހް ނިޝާނާއި ފަޟްލޫނަށް އަލުން ދޫކޮށްފި

ޝެއިހް އާދަމް ނިޝާން އާއި ޝައިހް ފަޒްލޫން މުހައްމަދު/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރު މާލޭގައި ކުރިޔަށް ގެންދިޔަ ޔޯގާ ޑޭ ހަރަކާތުގައި ހިންގި ހަމަނުޖެހުންތަކުގެ މައްސަލައިގައި ދީނީ ދަރުސް ދިނުމުގެ ހުއްދަ ބާތިލު ކުރި ޝެއިހް ފަޟްލޫން މުހައްމަދާއި، އާދަމް ނިޝަނަށް އަލުން އެ ހުއްދަ ދޫކޮށްފި އެވެ.

ސަރުކާރުން ހުއްދަ އަލުން ދީފައިވާކަން، ހާމަކޮށް ނިޝާން ކުރި ޕޯސްޓެއްގައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ހިފެހެއްޓި ދީނީ ދަރުން ދިނުމުގެ ހުއްދަ ލިބުނީ އިއްޔެ ކަމަށެވެ. އަދި އޭނާ ވަނީ އެކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ޝުކުރު އަދާކުރައްވާފަ އެވެ.

ނިޝާނާއި ފަޟްލޫނަށް އިސްލާމިކް މިނިސްޓްރީން ފޮނުވި ސިޓީގައި ވަނީ ދިވެހިރާއްޖޭގައި ދީނީ ތަގުރީރުތައް ކުރުމާއި ވަޢުޡު ބުނުމާއި އާންމުކޮށް ދީނީ ހުކުމްތައް ބަޔާން ކުރުމުގައި މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާއި ގަވައިދުތަކަށް އިހުތިރާމް ކުރުމަށް އެއްބަސްވުމާއި އެކު އިސްލާމީ ވަހުދަތު ގާއިމު ކުރުމަށާއި ދީނީ އަދި ގައުމީ އެއްބައިވަންތަކަން ރާއްޖޭގައި ދެމެހެއްޓުމަށް އެއްބާރުލުން ދިނުމަށް ދީނީ ނަސޭހަތް ދިނުމާއި ވަޢުޡު ވިދާޅުވެ ދީނީ ޝިއާރުފާޅު ކުރެއްވުމަށް ހުއްދަ އަލުން ދޫކުރާކަމަށެވެ.

ދެ ބޭފުޅުނަށް އަލުން ހުއްދަ ދޫކުރި ނަމަސް ޔޯގާ ހަމަނުޖެހުން މައްސަލައިގައި އުފުލާފައިވާ ޓެރަރިޒަމްގެ އަމަލަކަށް ހިތްވަރު ދިނުމުގެ ޝަރީއަތް އަދިވެސް ދަނީ ކުރިޔަށެވެ. މިދިޔަ ސަރުކާރުގައި ނިޝާނާއި ފަޟްލޫންގެ ދީނީ ދަރުން ދިނުމުގެ ހުއްދަ ހިފަހައްޓައި މީޑިއާތަކަށް އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ ދެ ބޭފުޅުންނަށް ދޫކުރި ހުއްދަތައް ހިފެހެއްޓީ ގަލޮޅު ދަނޑުގައި ޔޯގާގެ ހަރަކާތެއް ކުރިޔަށް ދަނިކޮށް ފުލުހުންގެ ސަފުތައް ރޫޅާލައި ބަންދުކޮށްފައިވާ ސަރަހައްދެއްގެ ތެރެއަށް ގަދަކަމުން ވަދެގަނެފައިވާތީ ކަމަށެވެ. އަދި ދައުލަތުގެ މުދަލަށް ގެއްލުން ދީ، ދައުލަތުގެ އިސްވެރިނާއި ޑިޕްލޮމެޓުންތަކަށް ހަމަލާދީ ހަމަނުޖެހުން ހިންގުމަށް އެއްވެ ތިބި މީހުންނަށް ދައުވަތު ދީ އިސްކޮށް އުޅެފައިވާ ކަމަށެވެ.

ހަމަނުޖެހުންތައް ހިންގުމުގެ މައްސަލައިގައި ހައްޔަރު ކުރި މީހުންނަށް، އެފަދަ އަމަލެއް ހިންގަން ހިތްވަރުދީ ބާރު އެޅީ ވެސް ނިޝާނާއި ފަޟްލޫންކަމަށް މިނިސްޓްރީން ބުންޏެވެ.

މިއީ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ގަވައިދުތަކަށް ހިލާފުކަމަކަށް ވާތީ ދީނީ ތަގުރީރު ދިނުމުގެ ހުއްދަ ވަގިތީ ގޮތުން ހިފެހެއްޓީކަމަށް މިނިސްޓްރީން ބުންޏެވެ.

ގަލޮޅު ދަނޑުގައި ޔޯގާ ދުވަސް ފާހަގަކުރުމަށް ހަރަކާތެއް ބާއްވަން ނިންމުމުން، އެކަމަށް ދެކޮޅު ހަދައި އާއްމުން ނުރުހުން ފާޅުކުރަމުން ދިޔަ ނަމަވެސް އެ ހަރަކާތް ސަރުކާރުން ކުރިޔަށް ގެންދަން ނިންމީ ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނާއި، އިންޑިއަލް ކަލްޗަރަލް ސެންޓަރ ގުޅިގެންނެވެ. މި ހަރަކާތުގައި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފާއި، އިންޑިއާގެ ސަފީރު މުނޫ މަހާވަރު، އަދި ބައެއް ޑިޕްލޮމެޓުންގެ އިތުރުން އެހެން ގައުމުތަކުގެ ސަފީރުން ބައިވެރިވިއެވެ.

2022 ވަނަ އަހަރު އެ ހަރަކާތް ކުރިޔަށް ގެންދިއުމަށް ހުރަސް އަޅައި އާއްމުން މަގުމަތީ މުޒާހަރާކޮށް އިހުތިޖާޖު ކުރުމަށް ފަހު ގަލޮޅު ދަނޑުގެ ތެރެއަށް ވަދެގެންފައި ވަނީ ކުއްލިގޮތަކަށެވެ. އަދި ހަމަނުޖެހުން އުފައްދައި، ޑިޕްލޮމެޓުންނަށް ހަމަލާ ދޭން މަސައްކަތް ކުރިކަމުގެ ތުހުމަތަށް ބައެއް މީހުން ހައްޔަރުކޮށް ގިނަ ބައެއްގެ މައްޗަށް ސީރިއަސް ތުހުމަތުކޮށް ތަހުގީގު ހިންގައި ޓެރަރިޒަމްގެ ދައުވާ ވަނީ އުފުލާފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: