ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސްޕޯޓު ކުރި މުދާ މަދުވުމުން، އާމްދަނީ 30 އިންސައްތަ ދަށް!

މާލޭ ވިޔަފާރި ބަނދަރު ސަރަހައްދުގައި އޮތް ދޯންޏަކަށް ފޯކްލިފްޓަކުން މުދާ އަރުވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓު ކުރި މުދަލުގައި ސީއައިއެފްގެ އަގު މިދިޔަ އަހަރާއި އަޅާބަލާއިރު 4 އިންސައްތަ އިތުރުވެފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކަސްޓަމްސްގެ ރިޕޯޓުތަކުގައި ވާގޮތުން 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ރާއްޖެއަށް 4.2 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު މި އަދަދުވަނީ 4.4 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

ފެބްރުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ 2023 ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު 30 އިންސައްތަ ދަށްވެފައިވާކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ. އަދި 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު 297 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، މި އަހަރުގެ ފެބްރުއަރީ މަހު މި ޢަދަދުވަނީ 208 މިލިއަން ރުފިޔާއަށް ދަށްވެފައެވެ.

މިދިޔަ ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓް ކުރެވުނު މުދަލާއި އެކްސްޕޯޓް ކުރެވުނު މުދާ އަދި ކަސްޓަމްސްއަށް ލިބުނު އާމްދަނީގެ ތަފްސީލުތަކުގައި ވާގޮތުން އެކްސްޕޯޓު ކުރި މުދަލުގެ އަގު ވެސް 18 އިންސައްތަ ވަނީ ދަށްވެފަ އެވެ. 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ލިބުނު 232 މިލިއަން ރުފިޔާއާއި، މިދިޔަ މަހު ލިބުނު 191 މިލިއަން އަޅާކިއުމުންނެވެ.

މިދިޔަ މަހު ދިވެހިރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ އޮމާން، އިންޑިއާ، ޔޫއޭއީ، ޗައިނާ އަދި ސިންގަޕޯރ އެވެ. އޮމާން އިން 657 މިލިއަން މުދާ އެތެރެކޮށްފަިވާއިރު، އިންޑިއާ އިން 606 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ. އަދި ޔޫ.އޭ.އީ އިން 579 މިލިއަން ރުފިޔާގެ މުދާ ވަނީ އެތެރެކޮށްފައެވެ.

ޗައިނާ އިން 578 މިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވާއިރު، ސިންގަޕޯ އިން 403 މިލިއަން ރުފިޔާގެ މުދާ ފާއިތުވި މަހު ވަނީ އެތެރެކޮށްފައެވެ. ފެބްރުއަރީ މަހު އަގުގެގޮތުން ރާއްޖެއަށް އެންމެ ގިނައިން މުދާ އިމްޕޯޓް ކުރި އަދި އެކްސްޕޯޓް ކުރި ގައުމުތަކުގެ ލިސްޓްގެ އިތުރުން ޕްރޮސެސް ކުރެވުނު ޑިކްލަރޭޝަންގެ އަދަދާ ކްލިއަރަންސް ދެވުނު އުޅަނދުފަހަރުތަކުގެ ތަފާސް ހިސާބުތަކުގެ އެންމެ ކުރީގައި އޮތީ ތައިލޭންޑެވެ. އެއީ އަގުގެ ގޮތުން އެންމެ ގިނައިން އެކްސްޕޯޓު ކުރި ގައުމުތަކުގެ 50 އިންސައްތައާއި އެކު އެވެ. އަދި ދެވަނައިގައި އޮތީ 16 އިންސައްތައާއި އެކު އިނގިރޭސިވިލާތެވެ.

ޕްރޮސެސް ޑިކްލަރޭޝަނަށް ބަލާއިރު، 2023 ވަނަ އަހަރުގެ ފެބްރުއަރީގައި ޕްރޮސެސް ކުރީ 19،434 އުޅަނދު ނަމަވެސް 2024 ގައި އެ އަދަދު ވަނީ 21،244 އަށް އިތުރުވެފަ އެވެ.

މީގެއިތުރުން ރާއްޖެއިން ބޭރުން އައި 137 އުޅަނދަކަށް މި އަހަރުގެ ފެބްރުއަރީ މަހު ކްލިއަރެންސް ދިން އިރު މިދިޔަ އަހަރު ކްލިއަރެންސް ދިނީ 134 އުޅަނދަކަށެވެ. އަދި ރާއްޖެއިން ފުރި 152 އުޅަނދަކަށް މިދިޔަ އަހަރު ކްލިއަރެންސް ދިން އިރު މި އަހަރުގެ އަދަދު އަރަނީ 160 އަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: