ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގުން ހިލޭ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖް އަޕްގްރޭޑްކުރެވޭ ޕްރޮމޯޝަނެއް ލޯންޗުކޮށްފި

ދިރާގުން ހިލޭ ފައިބަރ ބްރޯޑްބޭންޑް ޕެކޭޖް އަޕްގްރޭޑްކުރެވޭ ޕްރޮމޯޝަނެއް ލޯންޗުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރެސިޑެންޝަލް ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އިތުރު އަގަކާ ނުލައި އިންޓަނެޓް ޕެކޭޖް އަޕްގްރޭޑް ކުރެވޭ ޚާއްސަ ޕްރޮމޯޝަނެއް ދިރާގުން ލޯންޗުކޮށްފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން ފައިބަރ 5އެމް ސްޓާޓަރއިން ފެށިގެން ފައިބަރ 30އެމް ބޭސިކް ޕެކޭޖްތަކުގައި ތިބި ރެސިޑެންޝަލް ކަސްޓަމަރުންނަށް މިހާރު ބޭނުންކުރާ ޕެކޭޖާ އެއް އަގެއްގައި އިންޓަނެޓް އަޕްގްރޭޑް ކުރެވޭނެއެވެ.

މި އޮފާއާއެކު ކަސްޓަމަރުންނަށް ދެ މަސް ދުވަހުގެ މުއްދަތަށް ހަލުވި ސްޕީޑާއި އިތުރު ޑޭޓާ އެލަވަންސް ލިބޭނެއެވެ. އަދި އެއަށްފަހު އަޕްގްރޭޑް ކުރި ޕެކޭޖްގައި މަޑުކުރުން ނުވަތަ ކުރީގެ ޕެކޭޖަށް ޑައުންގްރޭޑް ކުރުމަށް ކަސްޓަމަރުންނަށް ޚިޔާރު ކުރެވޭނެއެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ޕްރޮމޯޝަންތަކުގެ ތެރެއިން ފައިބަރ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް މި އައު އޮފަރ ތައާރަފްކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. މި ޕްރޮމޯޝަންގެ ސަބަބުން އިތުރު ޚަރަދަކާނުލާ އިތުރު ޑޭޓާ އެލަވަންސްތަކާ އެކު ހަލުވި އިންޓަނެޓް ސްޕީޑް ތަޖުރިބާކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އަޅުގަނޑުމެންގެ އުންމީދަކީ މި އޮފަރގެ ސަބަބުން ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް މުއްސަނދިވެގެން ދާނެ ކަމަށް،
ދިރާގުގެ މެނޭޖަރ މާކެޓިންގ ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް

މިއަހަރު ދިރާގުން ވަނީ ދިރާގު އެޕް މެދުވެރިކޮށް ރަމަޟާން މަހަށް ޚާއްސަ ފަސް އޮފަރއެއް ތަޢާރަފްކޮށްފައެވެ.

ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ތަފާތު ގިނަ އައު އޮފާރތައް ހެޔޮ އަގުގައި ކަސްޓަމަރުންނާ ހަމައަށް ގެނެސްދިނުމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: