ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހި ކުރުމަށް ޗައިނާ ކުންފުންޏަކާއި އެކު އެއްބަސްވުމަކަށް!

ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ޗައިނާ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއި ކުރުން / ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ސަރުކާރުގެ ފަރާތުން، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ މިއަދު ޗައިނާ ޓިޔަންގޔިންގ އިންކް، (ސީއެންޓީވައި) އާ އެކު، ތިމާވެށި ހިމާޔަތްކުރުމާއި އިއާދަ ކުރަނިވި ހަކަތައިގެ ދާއިރާއިންގުޅުން ބަދަހިކުރުމުގެ މަގްސަދުގައި، 2 އަހަރު ދުވަހުގެ މުއްދަތަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވައިރަންމަންޓް އެންޑް އެނަރޖީ ތޯރިގް އިބްރާހިމެވެ.

ޗައިނާ ޓިޔަންގޔިންގ އިންކް، (ސީ.އެން.ޓީ.ވައި) ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ރައީސް ކާއޮ ޑެބިއާއޮ އެވެ.

ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު ދެއްކެވި ވާހަފުޅުގައި މިނިސްޓަރ ވަނީ ސޮއިކުރެވިގެން ދިޔަ މަޝްރޫޢުގެ މުހިންމުކަމަށް އަލިއަޅުއްވާލާފައެވެ. މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަރބަން ޑިވެލޮމަންޓްގެ ދާއިރާއިން ސީ.އެން.ޓީ.ވައި އިން ކުރުމަށް ނިންމާފައިވާ މަސައްކަތްތަކަކީ ރާއްޖޭގެ ޤައުމީ ތަރައްޤީ އާއި ތިމާވެށީގެ ހިމާޔަތަށް ކުރިއަށް ގެންދާ ޚައްސާސް މަޝްރޫއެއްކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ. ސީ.އެން.ޓީ.ވައި އަކީ މިހާރުވެސް ރާއްޖޭގައި މިފަދަ މަޝްރޫޢުތަކެއް ހިންގަމުންދާ ކުންފުންޏެއް ކަމަށް މިނިސްޓަރ ޠާރިޤް ފާހަގަކުރެެއްވިއެވެ.

ސީ.އެން.ޓީ.ވައިގެ ރައީސް ކާއޮ ޑެބިއާއޮ ވަނީ ޗައިނާއާއި ރާއްޖެއާއެކު މިއަދު ވެވުނު އެއްބަސްވުމުގެ ސަބަބުން ދެޤައުމުގެ މެދުގައި އޮތް ގުޅުންތައް އިތުރަށް ހަރުދަނާވެގެންދާނޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.

މި ފަހުމުނާމާގެ ދަށުން މޫސުމަށް އަންނަ ބަދަލުތަކާއި، ފެނާއި ނަރުދަމާ، ހަކަތަ އަދި ތިމާވެށި ޙިމާޔަތްކުރުމުގެ އިތުރުން ލޯ ކާބަން އަރބަން ޑިވެލޮމަންޓްގެ ދާއިރާތަކަށް ފަހުމުނާމާގެ ބައިވެރިން އެކީ މަސައްކަތްކުރުމަށް ވަނީ ނިންމާފައިވެއެވެ. މީގެ އިތުރުން، މި ފަހުމުނާމާގައި، ޗައިނާ ޓިޔަންގޔިންގ އިންކް، (ސީ.އެން.ޓީ.ވައި) އިން، އެ ކުންފުނީގެ ސިނާޢީ އަދި ޓެކްނޮލޮޖީ ގާބިލުކަން ދިވެހިރާއްޖޭގެ އިޖުތިމާއީ އަދި އިޤްތިސާދީ ކުރިއެރުމަށް އެހީތެރިވެ ދިނުމަށް ނިންމާފައިވެއެވެ. އެގޮތުން ތިލަފުށީގައި ހިންގާ ވޭސްޓް ޓު އެނަރޖީ މަޝްރޫޢުގެ ފޭސް 1 އަދި 2 އަށް ޗައިނާ ޓިޔަންގޔިންގ އިންކްގެ ފަރާތުން ސްޓޭކްހޯލްޑަރުންނާއި ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްގީގެ ކަންކަން ބަލަހައްޓާ އިދާރާތަކުގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތްތައް ކުރެވިގެންދާނެއެވެ.

މި ފަހުމުނާމާގައި، ތިމާވެށީގެ ޓެކްނޮލޮޖީގެ ދާއިރާއިން ތަޢުލީމާއި ގުޅުންހުރި ކަންކަން ރޭވުމަށް ނިންމާފައިވާ އިރު، މީހުން ތަމްރީނުކުރުމާއި، ވޯކްސޮޕް، ސެމިނަރ އަދި އެއްބަސްވެވޭ ގޮތެއްގެ މަތިން އިންޓަރންޝިޕް ފުރުޞަތުތައް ހުޅުވާލުމަށް ނިންމާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: