ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޓާ 2024 ގައި ބައިވެރިވެ އެމްއެމްޕީއާރުސީން ރާއްޖޭގެ ޑެސްޓިނޭޝަން ޕްޒެންސް ހަރުދަނާ ކުރަނީ!

މެލޭޝިއަން އެސޯސިއޭޝަން އޮފް ޓުއާ އެންޑް ޓްރެވަލް އޭޖެންޓްސްގައި އެމްއެމްޕީއާރުސީން ބައިވެރިވުން/ ފޮޓޯ: އެމްއެމްޕީއާރުސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ކުއަލަލަމްޕޫރްގައި މި މަހުގެ 22 އިން 24 އަށް ބާއްވާ މެލޭޝިއަން އެސޯސިއޭޝަން އޮފް ޓުއާ އެންޑް ޓްރެވަލް އޭޖެންޓްސް (މާޓާ) 2024 ގައި ބައިވެރިވެއްޖެ އެވެ.

އެމްއެމްޕީއާރުސީއާއި އެކު ފަތުރުވެރިކަމުގެ ސިނާއަތުގެ 13 ކުންފުންޔެއް ބައިވެރިވެ ރާއްޖެ އެންމެ ހިތްގައިމު މަންޒިލްގެ ގޮތުގައި ދަނީ ޕްރޮމޯޓު ކުރަމުންނެވެ. މާޓާ 2024 އިން ފަތުރުވެރިންނަށް ތަފާތު ދަތުރުފަތުރުގެ ތަޖުރިބާތަކާއި ބެހޭ މައުލޫމާތު ކިޔައިދިނުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ އެވެ.

މި ފެއާގައި ބައިވެރިވުމުގެ މަގްސަދެއްކަމަށް އެމްއެމްޕީއާރުސީން ބުނީ އެ ކޯޕަރޭޝަންގެ ސްޓްރެޓެޖީތަކާއި އެއްގޮތަށް ރާއްޖޭގެ ބްރޭންޑް އަދި ޑެސްޓިނޭޝަން ޕްރެސެންސް އިތުރަށް ވަރުގަދަކުރުމާއ،ި މާކެޓުގެ މުހިންމު ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމެވެ. މީގެ އިތުރުނ،ް މާޓާގައި ބައިވެރިވުމުން މި މާކެޓުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެނ،ް ހަލާލު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އަގުހުރި ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ވެސް އެމްއެމްޕީއާރުސީން ބުންޏެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެމްއެމްޕީއާރުސީން ބުނީ އަމާޒަކީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާގައި ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަރިކައަށް އަލިއަޅުވާލައ،ި ދެކުނުއިރު އޭޝިއާގައި ދިވެހިރާއްޖެއަކީ އެންމެ އެދެވޭ ޗުއްޓީ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުން ކަމަށެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތަކުގެ ޑިސްޕްލޭތަކުން ރާއްޖޭގެ ކުޅަދާނަ ފަންނުވެރިކަން ފެނިގެންދެއެވ.ެ އަދި ހަމައެހެންމެ ސްޓޭންޑްގައި ބާއްވާ ޕްރެޒެންޓޭޝަންގައި ރާއްޖޭގެ ތާރީހާއި ސަގާފަތް ކިޔައިދޭނެކަމަށް ވަނީ ބުނެފަ އެވެ. އަދި މި ޕްރެޒެންޓޭޝަންގައި ބައިވެރިވާ ފަރާތްތަކަށް އަދާރަން ކްލަބް ރަންނަޅި އަދި އަދާރަން ސެލެކްޓް ހުދުރަންފުށިން
ސްޕޮންސަރ ކުރާ ރާއްޖޭގެ ހިލޭ ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރި އެވެ.

މި ފެއާގެ ތެރޭގައި އެމްއެމްޕީއާރުސީން ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހިރާއްޖޭއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދ،ީ އަޅުގަނޑުމެންގެ އާ އުފެއްދުންތަކާއ،ި ސެގްމަންޓްތަކާއ،ި އޮފާތަކަށް އަލިއަޅުވާލާނެއެވެ. އަދި މި ފެއާގައި އިންޑަސްޓްރީގެ ބައިވެރިންނަށް އެ ފަރާތްތަކުގެ ތަފާތު އުފެއްދުންތަކާއި ހިދުމަތްތައް ޕްރޮމޯޓް ކުރުމުގެ އެތައް ފުރުސަތުތަކެއް ލިބިގެންދާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: