ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަވާލު ނުކުރެވި ހުރި ގޯތިތައް ސާފުކޮށް، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރިޔަށް

ހަވާލު ނުކުރެވި ހުރި ޕްލޮޓުތައް ސާފުކޮށް، ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތައް ލިބުނު މީހުންނަށް އެ ބިންތައް ހަވާލު ކުރުމަށް އެތަން ސާފުކޮށް ބިން އެއްވަރު ކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިދިޔަ ސަރުކާރުގައި ދޫކުރީ 100 އެއްހާ ގޯއްޗެވެ. ގޯތި ލިބުނު މީހުންނަށް، ބިން ހަވާލު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާއިރު ބައެއް މީހުންގެ ގޯތީގެ އިން ދިމާވަނީ އެ ސަރަހައްދުގެ ވެލިފުނިތަކަށެވެ. އެހެންވެ ތަން ސާފުކޮށް، ބިން އެއްވަރު ކުރުމުގެ މަސައްކަތް ކުރަމުން ދާތީ އެ މައުލޫމާތުތައް އެޗްޑީސީން މީޑިއާތަކާއި ވަނީ ހިއްސާކޮށްފަ އެވެ.

އެޗްޑީސީން ކުރި ޕޯސްޓެއްގައި ބުނީ މިހާރު ހަވާލު ނުކުރެވި ހުރި ގޯތި ވީހާވެސް އަވަހަށް ހަވާލު ކުރުމަށް އެ ކޯޕަރޭޝަނުން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. ބިން ސާފު ކުރާއިރު، މީހުންނާއި ހަވާލު ކުރި ބައެއް ސަރަހައްދުތައް ވެސް އޭގެ ތެރޭގައި ހިމަނައި މަސައްކަތް ކުރާކަން ވެސް އެޗްޑީސީން ފާހަގަކުރި އެވެ.

މިދިޔަ ޑިސެންބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ ބައެއް ސަރަހައްދުން ގާތްގަނޑަކަށް 180 ވަރަކަށް ބިން ދޫކޮށްފައިވަނީ ފެނާއި ނަރުދަމާ އަދި ކަރަންޓު ނޫނީ އެޗްޑީސީގެ ނެޓްވޯކަށް އަރާ ގޮތަށް ކަމަށެވެ. އަދި އެހެން އަރާ ގެތަކުގައި އިންފާރު ރޭނުމުގެ ފުރުސަތު ދިނުންމަށް ދަތިވާ ކަމަާއި އެހެންނަމަވެސް އެކަމަށް ހައްލު ގެނެސްދެއްވާނެ ކަމަށް ފަޒުލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: