ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްޔެ އެކަނި އަށްހާސް ޓޫރިސްޓުން، މިއީ ރެކޯޑު އަދަދެއް!

ރާއްޖެ އައި ފަތުރުވެރިންތަކެއް/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ ހޮނިހިރު، އާދީއްތަ ދެ ދުވަހު ރާއްޖެއަށް ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކޮންމެ ދުވަހަކު ވެސް ޓޫރިޒަމް މިނިސްޓްރީން އާންމު ކުރާ ތަފާސްހިސާބުތައް ދައްކާ ގޮތުން މި މަހު އެންމެ ގިނަ އަދަދެއްގެ ފަތުރުވެރިން އައިކަމަށް ރެކޯޑުކުރެވިފައި ވަނީ މި މަހުގެ 23،24 ގަ އެވެ.

މި ދެ ދުވަހު ރާއްޖެއަށް 8،000 އަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެ އެވެ. އެއީ ހޮނިހިރު ދުވަހު 8،462 ފަތުރުވެރިން އަދި އާދީއްތަ ދުވަހު 8،301 ފަތުރުވެރިންނެވެ.

މޭއި މަހުގެ ބައެއް ދުވަސްތަކުގައި ރާއްޖެއަށް 7،000 އަށް ވުރެ ގިނަ ފަތުރުވެރިން ވެސް އައިސްފައި ވެއެވެ. މި މަހު އެންމެ މަދު ފަތުރުވެރިން އައިސްފައި ވަނީ މޭއި 13 ގަ އެވެ. އެއީ 4،951 ފަތުރުވެރިންނެވެ.

މާޗު މަހުގެ 24 ގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ. އެއީ 63،647 ފަތުރުވެރިންނާއި އެކު އެވެ. އަދި 58،038 ފަތުރުވެރިންނާއި އެކު ދެވަނަގައިގައި އޮތީ ރަޝިޔާ އެވެ. އަދި ތިންވަނައިގައި އޮތް އިޓަލީން އައި ފަތުރުވެރިންގެ އަދަދު 53،249 އަށް އަރަ އެވެ.

މީގެއިތުރުން ޔޫކޭ، ޖާމަނީން އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ސާޅީސް ހާހުން މައްޗަށް އަރަ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 558،233 އެވެ.

ޓޫރިޒަމް މިނިސްޓްރީން ރިޕޯޓުކޮށްފައިވާ ގޮތުން މާޗު މަހުގެ ނިޔަލަށް ރާއްޖޭގައި ހިންގާ ޖުމްލަ ރިސޯޓުތަކުގެ އަދަދަކީ 43،192 އެނދާއި އެކު 175 އެވެ. އަދި 2،016 އެނދާއި އެކު 15 ހޮޓެލް ހިންގާއިރު 14،097 އެނދާއި އެކު 837 ގެސްޓްހައުސްއެއް ހުރީ އޮޕަރޭޝަންގަ އެވެ.

ރާއްޖޭގައި މިވަގުތު ހިދުމަތް ދެމުން ދަނީ، 147 ސަފާރީއަކުންނެވެ. އެއީ 2،835 އެނދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: