ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަހު ދިހައެއްގައި ބީއެމްއެލްއިން ހިދުމަތް ދޭނީ ހެނދުނު 10 އަކުން 12 އަށް!

ބީއެމްއެލްގެ ހެޑް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޯދަ މަހުގެ ފަހު 10 އެއްގައި ހިދުމަތް ދިނުމަށް ބޭންކުގެ ބްރާންޗުތަކާއި ސާވިސް ސެންޓަރުތައް ހުޅުވާ ގަޑިތައް އިއުލާނުކޮށްފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން ބޭންކުން ބުނީ ރޯދަ މަހުގެ ފަހު ދިހައެއްގައި ހިދުމަތް ދޭނީ ހެނދުނު 10:00 އިން މެންދުރު 12:00 އަށް ކަމަށެވެ.

މި މުއްދަތުގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވުމަށް، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ޕޭ ރޯލް އަދި ބަލްކް ޓްރާންސްފާގެ އިތުރުން ލޯކަލް ޓްރާންސްފާ އެންޑް ޕޭމަންޓްސް ހެނދުނު 10:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރާ ޗެކުތައް އެ ދުވަހު ޕްރޮސެސް ކުރެވޭނެކަމަށް ވެސް ބޭންކުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން ސެލްފް ސާވިސް ބުކިން ސެންޓަރުންތައް މެދުވެރިކޮށް ފައިސާ ޖަމާކުރުމާއި ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެކަން ބީއެމްއެލްއިން ވަނީ ފާހަގަކޮށްފަ އެވެ. މިއާއި އެކު މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމުކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިން ހިދުމަތްތައް ވެސް ކަސްޓަމަރުންނަށް ލިބޭނެކަމަށް ބީއެމްއެލްއިން ވަނީ ބުނެފަ އެވެ. އަދި ބޭންކުގެ ކޮންޓެކްޓް ސެންޓަރާއި، ޗެނަލް މެދުވެރިކޮށް ވެސް ހިދުމަތް ލިބޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: