ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިންވެރިޔާ ގޯތިތަކަށް އަރާފައިވާ މަގުތަކުގެ ތާރުގަނޑު ކެނޑުމުގެ މަސައްކަތް ފަށައިފި

ބިންވެރިޔާ ގޯތިތަކަށް އަރާފައިވާ މަގުތަކަށް އަރާފައިވާ ތާރުގަނޑު ކެނޑުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން ދަނީ/ ފޮޓޯ: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން މަގުމައްޗަށް އަރާ ގޮތަށް ދޫކޮށްފައިވާ ބިންތަކުގެ އިމުގެ ތެރެއަށް އަރާފައިވާ ތާރުގަނޑު ކެނޑުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ފަށައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އެޗްޑީސީން ބުނީ ބިންވެރިޔާ ސްކީމްގެ ގޯތިތަކުގެ އިން ވަކި ކުރުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ގޯތި ވީހާވެސް އަވަހަށް ހަވާލު ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން ދާކަމަށެވެ.

އެގޮތުން ގޯތި ދީފައިވާ ސަރަހައްދުތަކުގެ ބިން ސާފު ކުރުމާއި ބައެއް ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާގެ ނެޓްވޯކުތައް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރިޔަށް ދާކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އެޗްޑީސީން ބުނީ ގޯތިތަކުގެ އިން ވަކިކޮށް ހަވާލު ކުރުމުގެ މަސައްކަތް ކުރަމުން ދަނީ، އެ މަސައްކަތަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިދިޔަ ސަރުކާރުގައި ދޫކުރީ 100 އެއްހާ ގޯއްޗެވެ. ގޯތި ލިބުނު މީހުންނަށް، ބިން ހަވާލު ކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުންދާއިރު ބައެއް މީހުންގެ ގޯތީގެ އިން ދިމާވަނީ އެ ސަރަހައްދުގެ ވެލިފުނިތަކަށެވެ. އެހެންވެ ތަން ސާފުކޮށް، ބިން އެއްވަރު ކުރުމުގެ މަސައްކަތް ކުރަމުން ދާތީ އެ މައުލޫމާތުތައް އެޗްޑީސީން މީޑިއާތަކާއި ވަނީ ހިއްސާކޮށްފަ އެވެ.

މި ސަރަހައްދުގައި ހުންނަވާ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ ފަޒުލް ރަޝީދު ވިދާޅުވީ މިވަގުތު ގޯތިތައް ހަވާލު ކުރުމުގައި ދަތިތައް ދިމާވެފައި ވަނީ ބައެއް ބިންތައް އެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ވިއުގަ މަތިން ގޮސްފައި ހުރުމުން ކަމަށެވެ.

އެ މައްސަލަ ހައްލުކޮށް ވިހާވެސް އަވަހަށް ގޯތި ހަވާލު ކުރެވޭނެކަމަށް ފާހަގަކުރައްވައި ފަޒުލް ވިދާޅުވީ މިހާރު ވެސް އެމްޑަބްލިއުއެސްސީގެ ޑިޒައިނިން ޓީމަކުން ވެސް ގޯތިތައް ސަރަހައްދުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ. އެކަމަކު ފަޒުލް ވިދާޅުވި ގޮތުގައި މިއީ ވަރަށް ބޮޑު ހަރަދެކެވެ.

ފަޒުލް ވިދާޅުވީ ބައެއް ލިޔެކިއުންތަކުގައި ވާގޮތުން، އެކަމަށް  200 މިލިއަން ރުފިޔާ ދާނެ އެވެ. އަދި އެކަން ކުރީ ސަރުކާރަށް އެނގޭނެކަމަށް ވިދާޅުވި އެވެ

މީގެ އިތުރުން ފަޒުލް ވިދާޅުވީ ބޭނުން ކުރާ ބައެއް ބިންތަކުން ވެސް ގޯތި ދީފައިވާތީ އެކަން ހައްލު ކުރުމުގެ މަސައްކަތް ކުރަމުން ދާ ކަމަށެވެ.

ޢެޗްޑީސީން މިހާރު ވަނީ ކުރީ ސަރުކާރުން ދޫކުރި ގޯތިތަކުގެ ވެލި ފުނިތައް ވެސް ނަގައި ސާފުކޮށް، ފާރު ގާތައް ވެސް އަތުރާފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: