ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅަށް މަޖިލިސް ލިބިއްޖެ ނަމަ މިހާރަށް ވުރެ ބޮޑަށް ސަރުކާރަށް އުނދަގޫކޮށް ޖެއްސުން ކުރާނެ: ރައީސް

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: | ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ސަރުކާރަށް އަޣުލަބިއްޔަތު ނުލިބޭ ހާލަތެއްގައި ރައްޔިތުންގެ މަންފާއަށް ބަޖެޓުގައި ހިމަނާ މަޝްރޫއުތައް ވެސް އުނިކޮށް ޖެއްސުން ކުރާ މަންޒަރު ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މަޖިލިސް އިންތިހާބަށް ގާތްވެފައިވާއިރު، ރައީސް މުއިއްޒު ގެންދަވަނީ ކެންޑިޑޭޓުންގެ ކެމްޕެއިން ޖަލްސާތަކުގައި ބައިވެރިވެ ސަރުކާރަށް އަޣުލަބިއްޔަތު ދޭން ޖެހޭ ސަބަބުތައް ފާހަގަ ކުރައްވަމުންނެވެ. މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި މަޖިލީހުގެ ތެރެއިން ސަރުކާރަށް އުނދަގޫކޮށް ޖެއްސުން ކުރުމަށް ގަރާރުތަކާއި ބިލުތައް ހުށަހެޅިއިރު އޭގެ ތެރޭގައި އަޒުލުކުރުމުގެ ގަވައިދަށް ގެނައި އިސްލާހާއި ކެބިނެޓަށް ރުހުން ނުދީ ހިފެހެއްޓުން ހިމެނެ އެވެ. އަދި އައު ސަރުކާރު އުފެދުމުގެ ކުރިޔަށް ފާސް ކުރި ދައުލަތުގެ ބަޖެޓަށް ރައީސް މުއިއްޒު ހުށަހެޅުއްވި ގިނަ ކަންކަން އުނި ކުރުމަށް ފަހު އެ ވަނީ ފާސްކޮށްފަ އެވެ.

ރައްޔިތުންނަށް ގިނަ ވައުދުތައްވި އިރު، ރައީސް ވިދާޅުވެފައި ވަނީ މެނިފެސްޓޯ ތަންފީޒު ކުރުމަށް ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަމަށާއި، ސިޔާސަތުތައް ތަންފީޒު ކުރެވޭނީ މަސަައްކަތްތަކަށް އެހީތެރިކަން ދޭނެ މަޖިލީހެއް އޮވެގެން ކަމަށެވެ. އެކަން ފާހަގަކުރައްވައި ކެމްޕެއިން ޖަލްސާއެއްގައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރާ ދެކޮޅު މަޖިލީހެއް އޮތުމުން ކަން ހިނގާ ގޮތް މިދިޔަ ދުވަސްތަކުގައި ވަރަށް ބޮޑަށް ތަޖުރިބާ ކުރެވުނު ކަމަށެވެ. ރައްޔިތުންނަޓަކައި މަޖިލީހަށް ހުށަހެޅި ބިލުތައް ވޯޓު ނުދީ ބޭރުކޮށްލިއިރު އެ ހުރިހާކަމަކަށް ރައްޔިތުން މެމްބަރުންނަށް އިންތިހާބުގައި ޖަވާބު ދޭން ޖެހޭކަމަށް ރައީސް ވިދާޅުވި އެވެ،

ރައްޔިތުންނަށް ވި ވައުދުތައް ފުއްދުމުގައި އެހީ ނުވެ، މަޖިލިސް މެމްބަރުންގެ ނިޔަތް ހުރީ ސަރުކާރަށް އުނދަގޫކޮށް ޖެއްސުން ކުރުމަށް ވާނަަމަ އެއީ ގައުމަށް ދެވޭ ވަރަށް ބޮޑު ގެއްލުމެއްކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރިޔަށް އޮތް ފަސް އަހަރަށް އެކަން ދިގު ދެމިގެން ދާ ހާލަތެއްގައި ބަޖެޓަށް ވޯޓު ނުދިނުމާއި މުހިންމު މަޝްރޫއުތައް ބަޖެޓުން އުނިކުރާ މަންޒަރު ފެންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް މުއިއްޒު ވިދާޅުވީ މި އަހަރުގެ ބަޖެޓު ފާސްކޮށް ދިނުމުގައި ވެސް މެމްބަރުން ކުރީ ޖެއްސުންކަމަށާއި އެހެންކަމުން ކުރިޔަށް އޮތްތަނުގައި އެއަށް ވުރެ ގޯސްކޮށް އެ މަސައްކަތް ކުރުން އެކަށީގެންވާ ކަމަށެވެ.

ދާދިފަހުން ”ސަންގު“ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައި ގޮނޑިތައް ކާމިޔާބު ކުރަން ކަމަށެވެ. އަދި ރައްޔިތުން އެ ތާއީދައި، އެއްބާރުލުން ސަރުކާރަށް ދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގާނޫނުއަސާސީ ތަންފީޒުކޮށް، ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އެންމެ ބޮޑަށް ބޭނުންވާނީ ރައްޔިތުންގެ މަޖިލިސްގެ އެއްބާރުލުން ކަމަށެވެ. އަދި ސަރުކާރުގެ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ މަޖިލީހެއް އެމަނިކުފާނަށް ވަރަށް މުހިންމުކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ސަރުކާރުގެ ވައުދުތައް ފުއްދުމުގައި އެހެން އިދާރާތަކުގެ އެއްބާރުލުން ވެސް ބޭނުންވާނެކަމަށާއި އުންމީދަކީ ރައްޔިތުން މަޖިލިސް އިންތިހާބު ސަރުކާރަށް ކާމިޔާބުކޮށް ދީ ގިނަ ގޮނޑި ހޯދައިދިނުންކަމުގައި ރައީސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: