ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެރިކަން ކުރީ ރައްޔިތުންނަށް ޓަކައި، އެކަމަކު ފެނުނީ ތަފާތު މަންޒަރެއް!

މުޒާހަރާއެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ރައްޔިތުން މިހާ ހިސާބަށް އައި އިރު އެކި ވެރިކަންތައް ދެކެފިއެވެެ. ރައްޔިތުންގެ ބާރު ކަމަށް ބުނެ ކޮންމެ ފަސް އަހަރަކުން ރަންޔިތުންގެ ހެވާ ލާބައަށްޓަކައި މަސައްކަތް ކުރުމުގެ ނާމުގައި އެތައް ވެރިންތައް ހޮވައިފިއެވެ. ބޮޑު އަގުލަބިއްޔަކުން ރައްޔިތު މީހާ ހޮވާ ވެރިކަން ހަވާލުކުރުމުން ދެން މަސައްކަތް ކުރަނީ އެ ވިސްނުމާ ދެކޮޅަށެވެ.

ދިގު 30 އަހަރުގެ ވެރިކަން ނިމި 2008 ވަނަ އަަހަރު ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަން އައިސް އެ ސަރުކާރަށް ވެރިކަން ކުރަންވެސް ލިބުނީ ދޮޅު އަހަރެއްހާ ދުވަހެވެ. ވެރިކަން ވެއްޓުނީ ރައްޔިތުންނަށް މަންފާކުރުވަނި އެތައް ކަމެއް ކޮށްދީފައެވެ. 2008 ގައި ރައްޔިތުންނަށް ލިބުނު ވެރިކަމުގެ ސަބަބުުން އޭގެ ފޮނި މީރުކަން އަދިވެސް ރައްޔިތުން ހާސިލް ކުރަމުން ދެއެވެ.

2008 އަކުން ފެށިގެން 2023 ގެ ނިޔަލަށް ވެރިކަން ކުރި ވެރިންގެ ތެރެއިން ރައްޔިތުންނަށް ޓަކައި ވެރިކަން ކޮށްދޭން މަސައްކަތް ކުރި ވެރިއެއް ނުފެނެއެވެ. ކޮންމެ މީހެއްވެސް އަމިއްލަ ފައިދާ އާއި މަންފާއަށްޓަކައި މަސައްކަތް ކުރަމުން ދަނީ ވެރިކަން ދިނީ ރައްޔިތުންކަން ހަނދާން ނައްތައިލައިގެންނެވެ.

ގާނޫނުއާސާސީގައި ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ބުނެ ރައްޔިތުންނަކީ ވަކި ބާރެއް ކަމަށް ބުނެއެވެ. އެހެންނަމަވެސް ރައްޔިތު މީހާގެ ބާރުވެސް ނުވަތަ އަޑުވެސް މުހިންމުވަނީ ކޮންމެ އިންތިހާބަކާއި ދިމާކޮށެވެ.

ރިޔާސީ އިންތިހާބަށް ފަހު މަޖިލިސް އިންތިހާބެވެ. މަޖިލިސް އިންތިހާބަށް ފަހު ކައުންސިލް އިންތިހާބެވެ. މިފަދަ އެތައް އިންތިހާބެއްގައި ރައްޔިތުން މުހިންމުވެ ރައްޔިތުންގެ ހާލު ބަަލަން ވެރިން ދަނީ އެކަމުގައި ކޮންކަހަލަ އިހުލާސްތެރިކަމެއް އޮންނާތީ ތޯ މިއީ އުފެދޭ ސުވާލެކެވެ. ރައްޔިތުންގެ ގާތަށް ވެރިން ހަމައެކަނި ދަނީ އިންތިހާބު ތަކާއި ދިމާކޮށް ވޯޓު ހޯދުމުގެ ނިޔަތުގައެވެ. ވެރިން ރައްޔިތުންގެ ގާތައް ގޮސް އެދެނީވެސް ވޯޓު ދީފި ނަމަ ކަމެއް ކޮށްދޭނެ ކަމުގެ އުންމީދެވެ. އެހެންނަމަވެސް ވެރިންނަކީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ހޮވާފައި ތިބޭ ބަޔެކެވެ.

ރާއްޖޭގައި ރައްޔިތު މީހާ ވޯޓު ދިނުމުން ދެން އޮންނާނީ އެމީހުން މަތިން ހަނދާން ނައްތާލައި އަމިއްލަ ފައިދާއަށް މަަސައްކަތް ކުރުމެވެ. ކެމްޕެއިންގެ ދުވަސްކޮޅު އެކި ޕާޓީ ތަކުން ދައްކަމުންދާ ވާހަކައަކީ ވެރިންދޮގު ހަދައި ރައްޔިތުންނަށް އޮޅުވާލަން އުޅޭ ކަމުގެ ވާހަކައެވެ. އެހެންނަމަވެސް އެތައް ޕާޓީއެއްގެ ވެރިކަން ރައްޔިތުން ދެކެފިއެވެ. އެބުނާ އިިހްލާސްތެރިކަމެއް ފެނުނު ވެރިއެއް ރައްޔިތުން އަދި ދެކެފައި ނުވެއެވެ. ކޮންމެ ވެރިއަކުވެސް ދޮގާއި މަކަރާއި ރައްޔިތުންނަށް އޮޅުވާލުމުގައި އެންމެ މަތީ ދަރަޖަ ކަޑަތުކުރެއެވެ. ވެރިކަން ކުރަން ފަސް އަހަރުގެ މުއްދަތެއް ލިބުމުންވެސް ރައްޔިތުންނަށސް ކޮށްދޭ ކަންކަމަށްވުރެ ފެނިގެންދަނީ ގައުމަށް ހިޔާނާތްތެރިވާ މަންޒަރެވެ.

ދިވެހިރާއްޖޭގެ ރައްޔިތުން އުޅެމުން އަންނަނީ ނިކަމެތި ހާލުގައި ކަން ކޮންމެ ވެރިއެއް ނިކަން ރަނގަޅަށްމެ ދަނެއެވެ. ނިކަމެތި ކަމަށް ރައްޔިތުން ގެނދިޔައީވެސް އަމިއްލަ އުފަލާއި އަމިއްލަ ބޭނުންތައް އިސްކޮށްގެން ވެރިކަމަށް އައި ވެރިންނެވެ. މިއަދު ކޮންމެ ވެރިއެއް ދިރިއުޅެނީ ބޮޑެތި ގެތަކުގައެވެ. ތަނަކަށް ދާން ބޭނުންނަމަ އެތަނަކަށް  ދަނީ އެންމެ މޮޅު ކާރުގައެވެ. އެއީ ވެސް މައްސަލައެއް ނޫނެވެ. އެހެން ނަމަވެސް ތިމާއަށް ވޯޓު ދިން ރައްޔިތު މީހާ އުޅޭނީ ކޮން ހާލެއްގައިތޯ ބާލާލަން އިންތިހާބުގައި ނޫން ގޮތަކަށް ދަނީ ކިތަން ވެރިން ތޯއެވެ. 5 އަހަރުގެ ދައުރެއްހެ ތެރޭގައި ވޯޓަކަށް ނޫންގޮތަކަށް އެންމެ ފަހަރަކުވެސް ރައްޔިތު މީހާގެ ހާލު ބާލާލަން ދިޔަ ވެރިއެއް ނުފެނެއެވެ.

މިއީ ދިވެހިރާއްޖޭގައި ރައްޔިތުންނަށްޓަކައި ވެރިކަން ކުރި މީހުންގެ އަމަލުތައް ހުރިގޮތެވެ. އެހެންނަަމަވެސް ބުނާ ބަހަކާއި އަމަލު ސީދާ ނުވެއެވެ. ވެރިކަމުން ފައިބައިފައިވެސް ދެންވެސް ބަލަނީ ދޮގު ހެދޭތޯއެވެ. ރައްޔިތުންނަށްޓަކައި ކޮށްދިން ވެރިކަމަކުންް މިއަދު ރައްޔިތުންނަށް ވީ އެއްވެސް މަންފާއެއްނެތެއެވެ. ގައުމުގައި މިކަން މިހެންވަމުން ދިއުމަށް ޖާގަދެނީ މުޅި މުޖުތަމައުއެވެ. ވެރިކަމުގެ އޮޑީގެ މިސްރާބު ރަނގަޅު ކުރުމަށްޓަކައި ޗާޓުދައްކަން ހުރި މީހާ ފެއިލް ވުމުން ދެން އޭގެ އަސަރު ކުރާނީ ފަޅުވެރިންނަށެވެ. މިއަދު ފެނިގެން މިދަނީ ކޮންމެ ފަސަ އަހަރުގެ ދައުރަކުން ރައްޔިތުން އެކަމުގެ އަގު އަދާކުރަމުންދާ މަންޒަރެވެ.

މިއަދު ރައްޔިތުން މުހިންމުވެފައި ހުރި ވެރިއަކު ރައްޔިތުން އިންތިހާއަށް ބޭނުންވެއެވެ. ރައްޔިތުން ބޭނުންވާ ކަންކަން އަމިއްލަ ބޭނުމެއް ބެތި ފުއްދައިދޭނެ ވެރިއަކު ބޭނުނވެ ކޮންމެ ދައުރެއްގައި ވެރިއަކު ހޮވަނީ ނިކަމެތިކަމުން ސަލާމާތް ވުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: