ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލެ ފޭސް ތިނެއްގެ ހިއްކާ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނަގަން އަންގައިފި

ހުޅުމާލެ ތިން ވަނަ ފިޔަގަހީގެ ޗާޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ތިންވަނަ ފިޔަވަހި މަޝްރޫއުގެ ދަށުން ހިއްކަމުން ދާ ސަރަހައްދުގައި އަޅާފައި ހުރި އުޅަނދުތައް ނެގުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފި އެވެ.

އެ ކޯޕަރޭޝަނުން މިއަދު އާންމު ކުރި އިއުލާނެއްގައި ވަނީ ހުޅުމާލެ ތިން ވަނަ ފިޔަވަހީގެ ގޮތުގައި ހިއްކާ ސަރަހައްދުގެ ސައިޓްގެ މަސައްކަތަށް ދަތިވާ ގޮތަށް އަޅާފައިވާ އުޅަނދުތައް ނެގުމަށް އެދޭ ކަމަށެވެ. އަދި އެޗްޑީސީގެ ޗާޓާ އެއްގޮތަށް އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުތައް ނެގުމަށް ވެސް އަންގާކަމަށް އެ އިއުލާނުގައި ވެއެވެ.

އެ އެންގުމުގައި ވަނީ ޗާޓެއް އާންމު ކުރުމަށް ފަހު، ޗާޓުގައި ދައްކާފައިވާ ސައިޓް ބީ އުޅަނދުތައް ބުރާސްފަތި ދުވަހުގެ ރޭ 12:00 ގެ ކުރިން ނެގުމަށެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫއުގެ ސަބަބުން ނަގާ އުޅަނދުތައް އެ ސަރަހައްދުން ބޭރުގައި އެޅުމުގެ ފުރުސަތު އެ ކޯޕަރޭޝަނުން ފަހިކޮށްދޭނެ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: