ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީއެންއެފް އުފެއްދުމުގެ ޖަލްސާގައި ޔާމީން ބައިވެރިވޭ، ކަރެކްޝަން ބުނީ ހުއްދައެއް ނުދޭކަމަށް!

ރައީސް ޔާމީން ކެމްޕެއިން ހަރަކާތުގައި/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައި އުފައްދަވާ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ބައްދަލުވުމުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެކަމަށް އެ ޕާޓީން ބުނި ނަމަވެސް އެފަދަ ހުއްދައެއް ނުދޭކަމަށް ކެރެކްޝަނުން ބުނެފި އެވެ.

ސިޔާސީ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒާއި، ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕް ދެެމެދު ޖެހުނު މައްސަލަތަކަށް ފަހު އެމަނިކުފާނު ޕީއެންއެފްގެ މަސައްކަތް ފެއްޓެވީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. ޖަލު ހުކުމް ގޭގައި ހުންނަވައި ތަންފީޒު ކުރައްވަމުން ގެންދަވާ، ރައީސް ޔާމީން އެ ޕާޓީގެ އެކި ޖަލްސާތަކުގައި ސިލްސިލާކޮށް ބައިވެރިވެވަޑައިގަންނަވަ އެވެ. އަދި ސަރުކާރުގެ ރިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޕީއެންއެފް އުފެއްދުމަށް ހުރަސް އަޅައި އެމަނިކުފާނު މިނިވަން ކުރުމަށް ސަރުކާރުން ދެކޮޅު ހަދަމުން ގެންދާކަމަށް ވެސް ވަނީ ތުހުމަތު ކުރައްވާފަ އެވެ.

ޕާޓީ އުފެއްދުމަށް ބޭނުންވާ ތިން ހާސް މެމްބަރުންގެ ސޮއި ހަމަކޮށް ހުށަހެޅުމުން، ރެޖިސްޓްރޭޝަންގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދޫކުރީ ބުރާސްފަތި ދުވަހު އެވެ. އަދި ހުއްދަ ލިބުނުތާ ހަފްތާއެއް ނުވަނީސް، ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް ނިންމައި ރައީސް ޔާމީނަށް ހުއްދަ ދޭން ވެސް ޕާޓީން އޮތީ ހުށަހަޅާފަ އެވެ. މި މަސައްކަތުގައި ރައީސް ޔާމީނާ އެކު އެންމެ އިސްކޮށް އުޅުވާ މަލީހު ޖަމާލު ޕީއެންއެފްގެ މީޑިއާ ގުރޫޕަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ ޕާޓީ އުފެއްދުމުގެ ޖަލްސާ އޮތީ މާދަމާ ރޭކަމަށާއި، ރައީސް ޔާމީން މި ހަރަކާތުގައި ބައިވެރިވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އިރު، އެމަނިކުފާނުގެ ޝަރީއަތްތައް ކޯޓުގައި މަޑުޖެހިފައި އޮންނަތާ ގިނަ ދުވަސް ވަނީ ވެފަ އެވެ. އަދި ހައިކޯޓުގެ އިސްތިއުނާފު މިދިޔަ އަހަރުގެ ފަހުކޮޅަށް ފަހު ކުރިޔަށް ނުދެ އެވެ.

ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަށް ރައީސް ޔާމީނަށް އެއްވެސް ހުއްދައެއް ދޫކޮށްފައި ވޭތޯ، ސުވާލު ކުރުމުން ކަރެކްޝަނުން ބުނެފައި ވަނީ އެފަދަ އެއްވެސް ހުއްދައެއް ނުދޭ ކަމަށެވެ. ނޫސްވެރިން ގުރޫޕުގައި އެކަން ފާހަގަކުރުމުން، މަލީހު އަލުން އަނެއްކާވެސް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ޖަލްސާގައި މާދަމާ ރޭ ބައިވެރިވާނެ ކަމަށެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 75%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: