ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ ފިކުރުގެ މެމްބަރުން މަޖިލީހަށް ނުހޮވުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް: ރައީސް

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ތިބޭ މެމްބަރުންކީ، ތަރައްގީގެ ފިކުރު އިސް ކުރާ ބަޔަކަށް ވާން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް ސިލްސިލާކޮށް ކޮންމެ ރެއަކު ވެސް އޮވެ އެވެ. ހަ ރޯދައިގެ ދިހަ ދުވަސް ފަހުން ބާއްވާ އިންތިހާބަށް ކުޑަތަންވެފައިވާއިރު ރައީސް މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށެވެ. ވެރިކަމަށް މިވީ ހަތަރު މަސް ދުވަހުގެ ތެރޭގައި ސިޔާސަތުތައް ތަންފީޒު ކުރުމަށް ދިމާވި އެންމެ ބޮޑު ދައްޗަކީ އިދިކޮޅުގެ އޮތް އަޣުލަބިއްޔަތުން ޖެއްސުންކޮށް އުނދަގޫ ކުރުމެވެ.

ރޭ އޮތް ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ވައުދުތައް ފުއްދޭނީ މަޖިލިސް އިންތިހާބުގެ ގޮނޑިތައް ސަރުކާރަށް ލިބިގެންނެވެ. ސަރުކާރުން ގައުމަށް ހަމަޖެހުން ގެނައުމަށް ކުރާ މަސައްކަތުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށާއި، ބަދަލު ހިފުމުގެ ރޫހު ގައުމުން ނައްތާލަން ޖެހޭކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެހެންކަމުން މަޖިލީހަށް ހޮވަންވީ ތަރައްގީގެ ފިކުރު ހުރި މެމްބަރުންކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ، އެއާއި އިދިކޮޅު ވިސްނުން ހުރި މެމްބަރުންތަކެއް މަޖިލީހަށް އައުމުން ލިބޭނެ ހަމަޖެހުމެއް ނެތްކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީއަށް ކުރާ މަސައްކަތުގައިއާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރުމުގައި ދުވަސްތައް ބޭކާރުވެގެން ނުވާނެ ކަަމަށެވެ. 2024 ވަނަ އަހަރުގެ ބަޖެޓަށް ހަނި ގޮތަކަށް ލިބުނު ފުރުސަތުގައި ހުށަހެޅި ކަންކަން އެމްޑީޕީން އުނިކުރީ އެމަނިކުފާނު ޕްރޮޖެކްޓުތަކުގެ އަމަލީ ސިފަ ގެންނާނެކަން އެނގޭތީކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެބޭފުޅުން ބޭނުން ގޮތަކަށް މަސްހުނިކޮށްފައި، ބަޖެޓު ފާސްކޮށްލީމަ… ދެން އަޅުގަނޑުމެން ތިބޭނީ ތާށިވެފައި ނޫންތޯ… އަޅުގަނޑު ބޭނުމެއް ނޫން އެހެންވާކަށެއް.. މިހާރު މިއޮތް މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓު އޮތީ އެހެން.. ކެމްޕެއިނުގައިވީ ވައުދުތައް ފުއްދަން، އަޅުގަނޑުމެންނަށް ދިނީ ދިހަވަރަކަށް ދުވަސް ޓްރާންސިޝަނަލް މުއްދަތުގައި ބަޖެޓަށް ހުށަހަޅަން.. އެބޭފުޅުންގެ ސަރުކާރު.. އެބޭފުޅުންގެ ސުޕަ މެޖޯރިޓީއެއް އޮތް މަޖިލިސް.. އަޅުގަނޑުމެން ހިމެނިން އެ ހުރިހާ އެއްޗެއް.. އިކޮނޮމިކް މިނިސްޓަރ ހުންނަވާނެ އެ ކޮމިޓީގައި.. އަޅުގަނޑުމެން ރެއާ ދުވާލު މަަސައްކަތްކޮށްގެން ހުރިހާ މަޝްރޫއުއެއް ހިމެނިހެން.. އަދަދުތަކެއް ޖެހިން.. އެކަމަކު އެކަންކަން އަޅުގަނޑުމެން ކުރާނެކަން އެނގޭތީ، އެ މަޝްރޫއުތައް ނުހިންގޭ ގޮތަށް ބަޖެޓުގައި ހިމެނީ…

ރައީސް މުއިއްޒު ވިދާޅުވީ ޓްރާންސިޝަލް މުއްދަތުގައި ލިބުނު ފުރުސަތުން، ބަޖެޓުގައި މަޝްރޫއުތައް ފައިސާގެ އަދަދު ހިމަނައި ހުށަހެޅުމުން ވެސް އެ މަޝްރޫއުތަކުން ފައިސާ އުނިކޮށް ޕްރޮޖެކްޓުތައް ވެސް އެމްޑީޕީން ނެގިކަމަށެވެ. އަދި ބައެއް ޕްރޮޖެކްޓުތައް ހުރީ އަހަރުގެ ފަހު ކުއާޓަރުގައި ކިރިޔާ ފެށޭ މިންވަރަށްކަމަށް ވެސް ވިދާޅުވި އެވެ.

މިއީ ރައްޔިތުންގެ ވިސްނުމުގައި މަސައްކަތް ނުކުރާ މަޖިލީހެއް އޮތުމުން ނަތީޖާތައް ނިކުންނާނެ ގޮތްކަމަށާއި ފަސް އަހަރު މި އަމަލުތައް ތަކުރާރުވެގެން ދާން ބޭނުން ނުވާކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެހެންވީމަ ރައްޔިތުން މިކަމުގައި ރިސްކެއް ނުނަގަންވީ.. އެހެންވީމަ ސާފުކޮށް ފެންނަން އޮތް ހަގީގަތް ގަބޫލު ކުރައްވައި.. ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންނަށްޓަކައި ސަރުކާރުން ނަތީޖާ ނެރެދިނުމަށްޓަކައި މި އަޒުމުގައި ތިބި ބޭފުޅުން ހޮވައިދޭން ވީ…

ހެޔޮ ވެރިކަމަކާއި އެކު، ނަތީޖާ ނެރެން މަގު ހޯދުން އޮތީ ރައްޔިތުންގެ އަތް މަތީގައިކަމަށްވުމާއި އެކު އިންތިހާބުގައި މިކަންކަމަށް ވިސްނުމަށް ރައްޔިތުންނަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ. އަދި ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ނުދޭނެ މެމްބަރުންތައް މަޖިލީހަށް ހޮވިގެން އައުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.

ރަށްތަކުގެ ތަރައްގީއަށް ރައްޔިތުން އެދިގެން ވެފައި ހުރި އެތައް ވައުދެއް އެބަހުރިކަމަށާއި، އެ ހުވަފެންތަކުގައި ކުލަ ޖައްސައިދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: