ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް އެދިވަޑައިގަތީ ތާރީހު ބަދަލުކޮށް އައްޑޫގެ ހުރިހާ ގޮނޑިއެއް ސަރުކާރަށް ކާމިޔާބުކޮށް ދިނުމަށް!

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ތާރީހު ބަދަލުކޮށް، އައްޑޫގެ މަޖިލިސް ގޮނޑިތައް މި އަހަރުގެ މަޖިލިސް އިންތިހާބުގައި ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބުކޮށް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.

ރޭ އޮތް އައްޑޫ މަރަދޫ ދައިރާއަށް ވާދަކުރައްވާ މުހައްމަދު އަމީތުގެ ކެމްޕެއިން ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ރައްޔިތުންނަށްވި ހުރިހާ ވައުދެއް ވެސް ތަންފީޒު ކުރެވި ނަތީޖާ ނެރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އެކަމުގައި ރައްޔިތުންނަށް ސަރުކާރަށް ދެވެން އޮތް އެއްބާރުލުމަކީ، ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ތަރައްގީގެ ފިކުރުގެ ކެންޑިޑޭޓުންނަށް ވޯޓު ދީ މަޖިލީހަށް ހޮވައިދިނުންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ރައްޔިތުންތަކެއްގެ ޝަކުވާތައް ހައްލުކޮށް، އެ ރައްޔިތުން ބޭނުންވާ ބަދަލެއް ގެނެވޭނީ ވަރަށް ގިނަ ބަޔަކު ގުޅިގެން ކުރާ މަސައްކަތެއްގެ ތެރެއިންކަމަށާއި އެ ޗެއިންގެ މަސައްކަތް ފެށޭ އެއް ހިސާބަކީ ރައްޔިތުންގެ މަޖިލިސް ކަމަށެވެ. އެއީ ތަރައްގީގެ ޕްލޭންއެއް ފާސް ކުރުން ނަމަވެސް، ކުރިޔަށް ދެވެން އޮތީ މަޖިލިސް ތެރެއިންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އައްޑޫގެ ތަރައްގީއާއި، ރައްޔިތުން ބޭނުންވާ ކަންކަން ފާހަގަކޮށް ރައީސް މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހަށް އެހެން ފިކުރުތަކެއްގެ މެމްބަރުންތައް ދާއިރާތަކަށް އިންތިހާބުކޮށްގެން އޭގެއިންވި އެއްވެސް މަންފާއެއް އެބައޮތް ތޯ ސުވާލު އުފައްދާފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ ތާރީހު ބަދަލުކޮށް، އައްޑޫގެ ހުރިހާ ގޮނޑިއެއް ޕީޕީއެމް/ޕީއެންސީއަށް ކާމިޔާބުކޮށް ދޭން އެމަނިކުފާނު އެދޭކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ އައްޑޫގެ ރައްޔިތުން ބޭނުންވި އެތައްކަމެއް ހުރިއިރު އެ ބަދަލުތައް ނިމިދިޔަ ދައުރުގެ ތެރޭގައި ފެނުނުތޯ ރައްޔިތުން ވިސްނަން ޖެހޭކަމަށެވެ.

  އަބަދު އެއްބަޔަކު، އަބަދާ އަބަދު.. އެއް ބަޔަކަށް އައްޑޫ ސިޓީއަށް.. މަޖިލިސް ތެރެއިން ބަސް ކިޔަން ދީފައި އޮތް އޮތުމުގެ ސަބަބުން ވީކަމެއް، ހަގީގަތެއް މާނަ ހުރި ދެމެހެއްޓެނެވި ތަރައްގީގެކަމެއް ހާސިލު ނުވާކަން.. އެއީ މި ސިޓީގެ ރައްޔިތުން ހެކިވާނެ ކަންކަން

އާބާދީ ބޮޑު، ސިޓީއެއްގެ ދަރަޖަ ދީފައި އޮތް އައްޑޫއަށް ބޭނުން ވަނީ ތަރައްގީގެ ފިކުރުގެ މެމްބަރުން މަޖިލީހަށް ހޮވުންކަމަށް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ މީގެ ކުރިން ފެންނަ، ސިޔާސީ ގޮތުން ހަމަޖެހުން ނަގާލައި ވަކި ބަޔަކު ހައްޔަރު ކުރާ މަންޒަރު މި ސަރުކާރުން ނުފެންނާނެކަމެވެ. އަދި ބަދަލު ހިފުމުގެ އެއްވެސް ރޫހެއް އެމަނިކުފާނު ނުގެންގުޅުއްވާނެކަމަށް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީގެ މެމްބަރުން ޕޯޑިއަމްގައި ދައްކަވާ ކޮންމެ ވާހަކައަކީ ބަދަލު ހިފުމުގެ ނިޔަތުގައި ދައްކަވާ ވާހަކަތައްކަމަށާއި، އެބޭފުޅުންގެ ވިސްނުން އަބަދުވެސް ހުންނަނީ ހަމަޖެހުން ނަގާލުމަށް ކަމަށެވެ.

ސަރުކާރުން ބޭނުން ވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމަށްކަމަށްވުމާއި އެކު، އެއްބާރުލުން ބޭނުންވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، ހަމަނުޖެހުމެއްގެ ސައިކަލްއެއްގެ ތެރެއަށް ދާން ބޭނުންވާ އެއްވެސް ރައްޔިތަކު ނުހުންނާނެ ކަމަށެވެ.

އެމްޑީޕީ ދޫކޮށް މެމްބަރުންތަކެއް ސަރުކާރާ ގުޅެން ޖެހުނު އެންމެ ބޮޑު ސަބަބަކީ ވެސް އެއީކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: