ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އުރީދޫ ހަދިޔާ ފޮށި މެދުވެރިކޮށް ހަދިޔާ ހޯދުމުގެ ފުރުސަތު އަދިވެސް އެބައޮތް!

ހަދިޔާ ފޮށިން ހަދިޔާ ލިބުނު ބައެއް ފަރާތް ތަކަށް އިނާމު ހަވާލު ކުރުން/ ފޮޓޯ: އުރީދޫ
ޝެއާރކޮށްލާ ކަހަލަދޯ؟

އުރީދޫގެ ހަދިޔާ ފޮށިން ހަދިޔާ ލިބުނު ބައެއް ފަރާތް ތަކަށް އިނާމު ހަވާލުކޮށްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެމުން އުރީދޫއިން ބުނީ އިނާމުތަކުގެ ތެރޭގައި އެއާރޕޮޑް، އެޕަލް ވޮޗް، އަދި ޖޫސަރ ވަނީ ހަވާލުކޮށްފަ އެވެ.

މިއީ ރޯދައަށް ހާއްސަކޮށް ހަދިޔާ ފޮށި ޕްރޮމޯޝަން އުރީދޫއިން ކުރިޔަށް ގެންދާ ދެވަނަ އަހަރެވެ. އެގޮތުން މި އަހަރު ވެސް ހަދިޔާ ފޮށީގައި ހަދިޔާތަކެއް ހުންނާނެކަމަށް އުރީދޫއިން ވަނީ ބުނެފަ އެވެ. މީގެ ތެރެއިން އެންމެ ހާއްސަ އެއް އިނާމަކީ އުރީދޫއިން ބުނިގޮތުގައި އެޕަލް ވިޝަން ޕްރޯ އެވެ.

މީގެ އިތުރުން ޕީއެސް 5، މޮބައިލް ފޯނު އަދި ޑިސްކައުންޓް ވައުޗަރ ހަދިޔާ ފޮށީގައި ހިމެނެއެވެ. އަދި ޑޭޓާ ޕްކެތަކާއި، ގޭމިން ޕެކްގެ އިތުރުން ވެސް އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު ކޮންމެ ދުވަހަކު ވެސް ލިބިގެން ދާނެ އެވެ.

އުރީދޫ އެޕް މެދުވެރިކޮށް ހަދިޔާ ފޮށީގައި ބައިވެރިވެވޭނެ އެވެ. އަދި އެ ދުވަހެއްގެ ހަދިޔާ ހޯދުމަށް ހޯމް ޕޭޖުން ފެންނަ ހަދިޔާ ފޮށި ބެނާއަށް ކްލިކްކޮށްގެން ލިބެނީ ކޮން އިނާމެއްކަން ހޯދޭނެ އެވެ.

ހަދިޔާ ފޮށީގައި ކޮންމެ ކަސްޓަމަރަކަށް ވެސް ބައިވެރިވެވޭނީ ދުވާލަކު އެއްފަހަރު އެވެ.

މީގެއިތުރުން ކޮންމެ ދުވަހަކު ހަދިޔާ ފޮށި ކުޅެގެން ”ސްޓްރީކް“ ހެދޭނެއެވެ. އަދި ”ކަރާ ޕޮއިންޓްސް“ ލިބިގެންދާނެއެވެ. ކޮންމެ ދުވަހަކު ކުޅެގެން ޕޮއިންޓް އިތުރުކޮށް ލީޑަރބޯޑުގެ ކުރި ހޯދާށެވެ. ކޮންމެ ހަފްތާއެއްގައި ލީޑަރބޯޑުގެ އެންމެ ކުރީގައިވާ 3 ކަސްޓަމަރުންނަށް “ވީކްލީ މެގަ ގިފްޓް” ލިބިގެންދާނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: