ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން މިނިވަންކުރުމުގެ ވިސްނުމެއް ޖަމީލުގެ އެއްވެސް އިރަކު ނެތް، ބޭނުންވީ ވެރިކަން: ޝިޔާމް

ޕީޕިއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަަރ އަހުމަދު ޝިޔާމް/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމުގައި ޑރ. މުހައްމަދު ޖަމީލު އަހުމަދު އިހުލާސްތެރި އެއްވެސް މަސައްކަތެއް ނުކުރައްވާކަމަށާއި، އެމަނިކުފާނަށް އެންމެ ބޮޑު އަނިޔާއެއް ދިން މީހަކީ އެއީކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ކޯލިޝަނުގެ އިސް ލީޑަރުންނާއި އެކު ބޭއްވި ޕެނަލް ބައްދަލުވުމުގައި ޝިޔާމް ވިދާޅުވީ ރައީސް ޔާމީނަށް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ކުށް ސާބިތުވެ އިއްވި ޖަލު ހުކުމުގައި އެމަނިކުފާނު މިނިވަން ކުރުމުގެ މަސައްކަތުގައި ޖަމީލު އުޅުއްވި ގޮތް ވަރަށް ގާތުން ފެނިފައިވާކަމަށެވެ. އެ މަސައްކަތުގެ ތެރޭގައި ޖަމީލުގެ ފަރާތުން މުޅިން ވެސް ފެނުނީ އަމިއްލަ އެދުންކަމަށާއި، އޭނާ ބޭނުންވީ އެމަނިކުފާނަށް ފުރުސަތު ގެއްލުވާލައި ޕާޓީ ތެރެއިން ވެރިކަމަށް އައުމަށްކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމުގެ އެއްވެސް ވިސްނުމެއް ޖަމީލުގެ ނެތްކަން ޕާޓީގެ ލީޑާޝިޕްގެ އެންމެން ވެސް ގަބޫލު ކުރިކަމަށާއި، އެކަން އޭނާގެ އަމަލުން ވެސް ސާފުވިކަމަށެވެ.

ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ މައްޗަށް ޝަރީއަތް ކުރިޔަށް ގެންދިޔައިރު، ސުޕްރީމް ކޯޓުގައި ޑރ. ޖަމީލު އެމަނިކުފާނާ ދެކޮޅަށް ހުށަހެޅި ނައިބު ރައީސްކަމުން ވަކި ކުރި މައްސަލައިގެ ބަދަލު ހޯދުމުގެ އަޑުއެހުންތައް ކުރިޔަށް ދިޔަކަން ޝިޔާމް ވަނީ ފާހަގަކުރައްވާފަ އެވެ. ޝިޔާމް އެ އިޝާރާތް ކުރެއްވީ 2015 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި ޖަމީލުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި މަގާމުން ވަކި ކުރި މައްސަލައެވެ. އޭރު ޖަމީލު މަގާމުން ވަކި ކުރީ، އިދިކޮޅާ ގުޅިގެން ސަރުކާރު ބަޣާވާތަކުން ބަދަލު ކުރަން އުޅޭކަމުގެ ތުހުމަތު ކުރުމަށް ފަހު އެވެ.

އެހެންވެ އެ މައްސަލަ ޖަމީލުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެވެ.

އެއްކޮޅުގަ ރައީސް ޔާމީނާ އެއްކޮޅަށް.. އަނެއް ކޯޓުގަ ރައީސް ޔާމީނާ ދެކޮޅަށް މި މަސައްކަތް ކުރަނީ.. މިއީތޯ އިހުލާސްތެރިން މަސައްކަތް ކުރާ ގޮތަކީ… މިކަހަލަ ވަރަށް ބައިވަރު ވާހަކަތައް އަޅުގަނޑުމެންގެ އެބަހުރި.. އަސްލު ހަގީގަތުގައި 2013 ވަނަ އަހަރުން 2018 އަށް އޮތް ވެރިކަން ނިމުމުގެ އަސްލަކަށް ވާނެ ޑރ. ޖަމީލުމެން.. ހަގީގަތާއި ހިލާފު ވާހަކަތައް ރާއްޖެއާއި، ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ދެއްކެވީ.. އެ ވާހަކަތައް މިހާރު ވެސް އެހެރީ ޔޫޓިއުބްގައާއި އެއްޗެހި ފެންނަން..

ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ އިތުރު ދައުރެއް ނުލިބުމުގެ އެއް އަސްލަކީ ޑރ. ޖަމީލުކަމަށާއި، އޭރުގެ މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްއޯޔޫ) އާއި ގުޅިގެން އެއްވެސް އަސްލެއް ނެތް ވާހަކަތައް ދެއްކެވި އިރު އެ ހުރިހާ ވާހަކަތަކެއްގެ ތަފްސީލު މިހާރު ވެސް ފެންނާން ހުންނާނެ ކަމަށެވެ.

އާރަށުގެ މައްސަލައިގެ ހުކުމް ރައީސް ޔާމީނަށް އިއްވުމާއި އެކު 72 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފަށް ހުށަނޭޅުނު ސަބަބާ މެދު ސުވާލު އުފައްދަވައި ޝިޔާމް ވިދާޅުވީ ރައީސް ޔާމީންގެ އިރުޝާދަކީ ވެސް ވީހާވެސް އަވަހަށް މައްސަލަ ހައިކޯޓަށް ހުށަހެޅުން ކަމަށެވެ. އެހެން ނަމަވެސް އެ މަސައްކަތް ލަސް ކުރަމުން ގޮސް، އިސްތިއުނާފަށް ހުށަހެޅީ ދެ މަސް ވެގެން ދިޔަފަހުންކަމަށް ޝިޔާމް ވިދާޅުވި އެވެ.

ސީދާ 72 ގަޑިއިރުގެ ތެރޭގައި އިސްތިއުނާފު ކުރި މައްސަލައެއްގެ ވާހަކަ މި ދައްކަނީ… ދެ މަސް ވެގެން ދިޔަފަހުން އެ މައްސަލަ އިސްތިއުނާފު ކުރެވުނީ.. އަޅުގަނޑުމެން ކައިރީ ވިދާޅުވީ.. ރައީސް ޔާމީން ވިދާޅުވެގެންނޭ މިކަން މިގޮތަށް މި ކުރަނީ.. އަޅުގަނޑުމެންނަށް މި އެނގެނީ ވަކީލުން ގެންނަ މެސެޖު.. އެ މެސެޖުތަކަށް އަޅުގަނޑުމެންގެ އެއްވެސް އިތުބާރެއް ނޯވޭ.. ޑރ. ޖަމީލު ބޭނުންވާ ގޮތަކަށް މި މެސެޖުތައް ހުންނަނީ..

ޝިޔާމް ވިދާޅުވީ ލީޑާޝިޕްއާއި ބައްދަލުވި ދުވަހެއްގައި ވެސް ރައީސް ޔާމީން އިސްތިއުނާފުގެ ވާހަކަ ދެއްކެވި ކަމަށެވެ. އެމްޑީޕީގެ ސަރުކާރުން ރައީސް ޔާމީނަށް އެތައް އަނިޔާއެއް ދިންއިރު، އެއަށް ވުރެ މާ ބޮޑު އަނިޔާ ވަކީލެއްގެ ގޮތުން ޖަމީލު އެމަނިކުފާނަށް ދެއްވިކަމަށް ޝިޔާމް ވިދާޅުވި އެވެ.

ޖަމީލުގެ އިހުލާސްތެރިކަމާއި މެދު ސުވާލު އުފައްދައި ލީޑާޝިޕްގެ ބޭފުޅުން ވާހަކަ ދެއްކެވި އިރު، ވަކީލުންގެ ޓީމުގައި އޭރު އޭނާ ކުރަމުން ގެންދިޔަ މަސައްކަތާއި މެދު ޕާޓީގެ ހިތްހަމަނުޖެހުންތަކެއް ހުރިކަމަށް ވެއެވެ. ރައީސް ޔާމީންގެ އިސްތިއުނާފު ލަސްވުމާއި، ކޯޓުގައި ޖަމީލު ދައްކަވާ ވާހަކަތައް ގިނަ ފަހަރަށް މުޅި މައްސަލައާއި ނުގުޅޭތީ އެކަން މީޑިއާތަކުން ވެސް ފާހަގަކުރެ އެވެ.

ސިޔާސީ ގޮތުން ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްއާއި މައްސަލަ ޖެހި ރައީސް ޔާމީން އުފައްދަވާ ޕީއެންއެފްގެ މަސައްކަތުގައި ޖަމީލު ރައީސް މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަ އެވެ. އަދި ޒާތީ ގޮތުން އާއިލާގެ މެމްބަރުންނާއި ގުޅުވައި ވެސް ވާހަކަ ދައްކަވާއިރު، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްއިން ދަނީ ޖަމީލަކީ އެއްވެސް އިހުލާސްތެރިކަމެއް ނެތް ބޭފުޅެއްކަމަށް ތަކުރާރުކޮށް ބުނަމުންނެވެ.

ވަރަށް ގަދަ
86%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 5%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ޝިޔާމު ދައްކާވާހަކަތަކާ ދޭތެރޭ މިހާރު ޝައްކު! އިތުބާރު ކުރެވޭ މީހެއް ނޫން ޝިޔާމަކީ!

  2. އެހެންވެތަ ޕްލޭން “ބީ” އެއީ ޝިޔާމް ކަމަށް ޝިޔާމް އިސްތިހާރު ކުރީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: