ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަނެއްކާވެސް ޕީއެންއެފް އުފެއްދުމުގެ ޖަލްސާގެ ތާރީހެއް؛ މާދަމާރޭގެ ބައްދަލުވުމުގައި ރައީސް ޔަމީން ބައިވެރިވޭ!

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕަލްސް ނެޝަނަލް ފްރޮންޓް ޕާޓީއަށް ސޮއި ކުރެއްވުން/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާ ކެންސަލް ކުރުމަށް ފަހު މާދަމާ ބައްދަލުވުން އޮންނާނެކަމަށް އަނެއްކާވެސް އިއުލާނުކޮށްފި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޕީޕީއެމް ދޫކުރައްވައި ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ، ސަރުކާރުން އެމަނިކުފާނު މިނިވަން ކުރުމަށް އެއްވެސް އިހުލާސްތެރިކަމެއް ނުގެންގުޅޭކަމަށް ތުހުމަތު ކުރެއްވުމަށް ފަހު އެވެ. ރައީސް ޔާމީން ވިދާޅުވާ ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނު މިނިވަން ކުރުމަށް މަސައްކަތް ނުކުރައްވަ އެވެ.

ޕީއެންއެފް އުފެއްދެވުމުގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ފެށި ނަމަވެސް، 3000 މެމްބަރުންގެ ސޮއި ހަމަކޮށް ހުށަހެޅުން ލަސްވެ އެ ހުއްދަ ލިބުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ރައީސް ޔާމީން ތުހުމަތު ކުރައްވާ ގޮތުން ޕީއެންއެފްގެ ރެޖިސްޓްރޭޝަންގެ ހުއްދަ ލިބުން ލަސްވީ ސަރުކާރުން އެކަމަށް ހުރަސް އެޅުމުންނެވެ.

ޕާޓި އުފެއްދުމުގެ ޖަލްސާ މިރޭ ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް ފަސް ކުރަން ޖެހުނީ އިލެކްޝަންސް ކޮމިޝަނަށް ދޭން ޖެހޭ މުއްދަތު ނުދިނުމާއި ބައެއް އިންތިޒާމުތައް ހަމަނުޖެހުމުންނެވެ. އަދި ރައީސް ޔާމީން ޖަލްސާގައި ބައިވެރިވާނެކަމަށް ޕީއެންފްގެ އިސް ބޭފުޅުން ވިދާޅުވި ނަމަވެސް އެނގިފައިވާ ގޮތުން ކަރެކްޝަނުން އެ ހުއްދަ ދޫނުކުރެ އެވެ. އެ ޕާޓީން މިހާރު ނިންމާފައި ވަނީ މާދަމާގެ  21:15 ގައި ގިޔާސުއްދީން ސްކޫލުގައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވީ ރައީސް ޔާމީން މިނިވަން ކުރުމަކީ ސަރުކާރުގެ ވައުދެއްކަމަށާއި އެހެންކަމުން އެ ހުއްދަ ނުލިބެން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ. އެކަމަކު ކަރެކްޝަނުން ހުއްދަ ދީފައި ނުވާނެކަމަށް މީޑިއާތަކަށް މައުލޫމާތު ދިނުމުން މަލީހު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ޖަލު ހުކުމެއްގައި ހުންނަވައި ސިޔާސީ ޖަލްސާއެއްގައި ބައިވެރިވިކަމަށް ވިދާޅުވެފަ އެވެ.

އެކަމަކު ޖަމީލު އެހެން ވިދާޅުވި ނަމަވެސް، ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަށް ޖަލު ހުކުމެއް އައިސްފި ނަމަ މަގާމުގައި ދެމިނުހުރެވޭނެކަމަށާއި، ޖަލު ހުކުމެއްގައި ހުންނަވައިގެން ސިޔާސީ އެއްވެސް ލީޑަރަކަށް ހަރަކާތެއްގައި ބައިވެރި ނުވެވޭނެކަމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނެވީ ރައީސް ޔާމީނެވެ. އެހެންކަމުން އެމަނިކުފާނުގެ ވެރިކަމުގައި ގެނައި އެ ގާނޫނުގެ ދަށުން، ރައީސް ޔަމީނަށް ސިޔާސީ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ޕާޓީގެ މަގާމަަކަށް ވާދަކުރުން ގާނޫނީ ގޮތުން މަނާވާނެ އެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އިރު، އެމަނިކުފާނުގެ ޝަރީއަތްތައް ކޯޓުގައި މަޑުޖެހިފައި އޮންނަތާ ގިނަ ދުވަސް ވަނީ ވެފަ އެވެ. އަދި ހައިކޯޓުގެ އިސްތިއުނާފު މިދިޔަ އަހަރުގެ ފަހުކޮޅަށް ފަހު ކުރިޔަށް ނުދެ އެވެ.

ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަށް ރައީސް ޔާމީނަށް އެއްވެސް ހުއްދައެއް ދޫކޮށްފައި ވޭތޯ، ސުވާލު ކުރުމުން ކަރެކްޝަނުން ބުނެފައި ވަނީ އެފަދަ އެއްވެސް ހުއްދައެއް ނުދޭ ކަމަށެވެ. ނޫސްވެރިން ގުރޫޕުގައި އެކަން ފާހަގަކުރުމުން، މަލީހު އަލުން އަނެއްކާވެސް ފޮނުވި މެސެޖުގައި ވިދާޅުވެފައި ވަނީ ރައީސް ޔާމީން ޖަލްސާގައި މާދަމާ ރޭ ބައިވެރިވާނެ ކަމަށެވެ

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: