ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން ކުރިމަތީ އެއްވެސް އަގެއް އިހުތިރާމެއް ނެތް ބަޔަކާއި އެކު ރައީސް ޔާމިން މަސައްކަތް ކުރާތީ ދެރަވޭ: އަބްދުއްރަހީމް

ޕީޕީއެމް އިން ނޮވެމްބަރު، 2019 ގައި ބޭއްވި ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ލީޑާޝިޕަށް ވުރެ އިހުލާސްތެރި އިތުރު ބަޔަކު ރައީސް އަބްދުﷲ ޔާމީނަށް ނުލިބޭނެކަމަށާއި، އެއްވެސް އަގެއް ނެތް ބަޔަކާއި އެކު މިއަދު އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދިއުމަކީ ލިބޭ ދެރައެއްކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމީނާއި ޕީޕީމް/ޕީއެންސީ ދެމެދު ޖެހުނު މައްސަލަތަކަށް ފަހު އެމަނިކުފާނު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ އައު ޕާޓީއެއް އުފެއްދުމަށެވެ. އެކަމުގައި ރައީސް ޔާމީނުގެ އަރިހުގައި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި، މުހައްމަދު މަލީހު ޖަމާލު ހުންނެވި އިރު ސަރުކާރު މެމްބަރުން ބުނާ ގޮތުގައި އެބޭފުޅުން ދުވަހަކު ވެސް ރައީސް ޔާމީނަށް އިހުލާސްތެރިއެއް ނުވާނެ އެވެ. ފަހަކަށް އައިސް ރައީސް ޔާމީންގެ ފަރާތުން ވެސް އެ ޕާޓީގެ ލީޑާޝީޕަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެ އެވެ.

ރައީސް ޔާމީން ޖަލު ބަންދުގައި ހުންނެވި އިރު ދެ ޕާޓީގެ ހިންގުން ބެލެހެއްޓެވި އަބްދުއްރަހީމް ލީޑަރުންނާއި އެކު އޮތް ޕެނަލް ބައްދަލުވުމުގައި ވިދާޅުވީ މިދިޔަ ފަސް އަހަރު ކޮންގްރެސް ކޯލިޝަނުގެ ލީޑާޝިޕް މަސައްކަތް ކުރަމުން އައީ ވަރަށް ބޮޑެތި ގުރުބާނީ ވެގެން ކަމަށެވެ. ވެރިކަމުގެ ދެވަނަ ދައުރަކަށް ރައީސް ޔާމީން ވާދަކުރުމުން، އިންތިހާބު ގެއްލުމުން ދެން އަނެއްކާވެސް އަމާޒުހިފީ މަޖިލީހަށް ނަމަވެސް އެ އިންތިހާބުން ވެސް ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭގެ ސަބަބުން ދެ ޕާޓީ މަގުމަތިވެ، ނިކަމެތިކަމެއްގެ ތެރެއަށް ވެއްޓިގެން ދިޔައިރު އެ ހުރިހާކަމަކާ ކުރިމަތިލާން ޖެހުނީ އޭރުގެ ސަރުކާރުން ރައީސް ޔާމީނަށް އިއްވި ޖަލު ހުކުމުގެ ތެރެއިންކަމަށް އޭނާ ވިދާޅުވި އެވެ.

ގއ. ވޮޑަމުއްލާ މައްސަލައިގައި ރައީސް ޔާމީން ހައްޔަރު ކުރުމާއި އެކު ޕާޓީގެ ލީޑާޝިޕް އެކީ އެކަމާ ދެކޮޅަށް ތެދުވެ، އެމަނިކުފާނު މިނިވަން ކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރިކަމަށާއި އެއީ އިހުލާސްތެރިކަމާއި އެކު ހިތުގެ އެންމެ އަޑިން ކުރި މަސައްކަތެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ އެންމެ އަރިހުގައި ހުރެ، ސަރުކާރާއި ޕީޕީއެމް/ޕީއެންސީއަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޖަމީލާއި، މުހައްމަދު މަލީހު ޖަމާލު އެމަނިކުފާނު އެންމެ ފުރަތަމަ ބަންދަށް ގެންގޮސް ޖަލު ހުކުމް ކުރިއިރު އެބޭފުޅުން ކޮބައިތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވި އެވެ. މިއަދު އެ ދެބޭފުޅުން ވެސް ބައްދަލުވުންތަކުގައި ކިތަންމެ ފާޑުކިއުންތަކެއް ކިޔައި، އަޑުގަދަ ކުރިނަމަވެސް ހަގީގަތަކީ މަސައްކަތް ކުރި ބަޔަކީ ޕާޓީގެ ލީޑަރުންކަމަށްވުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރޭގަނޑާ ދުވާލު އަޅުގަނޑުމެން މަގުމަތީގައި ތިބީ.. އިހުލާސްތެރިކަމާއި އެކީގައި މަސައްކަތް ކުރީ މިއަދު އަޅުގަނޑުމެންނަށް ރައީސް ޔާމީން އަރިހުގައި ތިއްބަވައިގެން… ބައެއް ބޭފުޅުން ގަޔަށް ބާރު ގަމީސް ލައްވައިގެން.. މޫނުގައި ޗޯކު ޖައްސަވައިގެން.. ތުންފަތުގައި ކުލަ ޖައްސައިގެން އެބަތިއްބަވާ އެތާ.. އަނެއްބައި ބޭފުޅުން މައިކު އަތުގައި ޖެހުނީމައި، ކަރު އުފުރައިގެން ދާވަރަށް އެތާ ތިބެގެން އެބަ ބޯހޫރާ.. ކޮންތާކުތޯ އެބޭފުޅުން ތިއްބެވީ.. މި ތިއްބެވީ މިތާ މަސައްކަތް ކުރި ބޭފުޅުން..

ޕީޕަލްސް ނެޝަނަލް ފްރޮންޓްގެ ޖަލްސާތަކުގައި ރައީސް ޔާމީން ވަނީ، އޭރު ޕާޓީގެ ލީޑާޝީޕްގެ މުޒާހަރާތައް ކުރީ އިހުލަސްތެރި ނިޔަތެއްގައިތޯ ސުވާލު ކުރައްވާފަ އެވެ. އެމަނިކުފާނު ޖަލުގައި އޮންނެވި ނަމަވެސް، ޕާޓީގެ ބޭފުޅުންގެ އަމަލުތަކުން އެއީ ބޭނުންވެގެން ކުރާ މަސައްކަތެއް ނޫންކަން ސާފުވިކަމަށް ތުހުމަތު ކުރެއްވުމުން އެ ވާހަކައިގެ ރައްދަށް އަބްދުއްރަހީމް ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕަށް ވުރެ އިހުލާސްތެރި ބަޔަކު ރައީސް ޔާމީނަށް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންގެ ނަން ވަކިވަކިން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެ މަސައްކަތް ކުރާނެ އިތުރު އެއްވެސް ބައެއް ދެން ނުތިބޭނެ ކަމަށެވެ. އަދި އެއީ ޔަގީންކަމާއި އެކު ބުނަން ކެރޭ ވާހަކައެއްކަމަށާއި، މިއަދު ރައީސް ޔާމީނާ މާ އަރިސްވެގެން، އެމަނިކުފާނަށް ހެޔޮ އެދޭކަމަށް ދައްކައިގެން ތިބި މީހުންނަކީ މި ރާއްޖޭގެ ދިވެހި ރައްޔިތުންގެ އެއްވެސް އިތުބާރެއް، އިހުތިރާމެއް ނެތް ބައެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަޅުގަނޑު ޔަގީންކަމާއި އެކީގައި މި ދަންނަވަނީ، ރައީސް ޔާމީނަކަށެއް.. ޔާމީން އޭރު ހިންގެވި ލީޑާޝިޕްގައި ތިއްބެވި… ބޭފުޅުންގެ ތެރެއިން އިހުލާސްތެރި ބަޔަކު ވަކި ނުލިބޭނެ.

ޕީއެންއެފްގެ ސިލްސިލާ ބައްދަލުވުންތަކުގައި ފަހަކަށް އައިސް ރައީސް ޔާމީން އެންމެ ބޮޑު ޝަކުވާތައް ކުރައްވަނީ ޕީޕީއެމް/ޕީއެންސީގެ ލީޑާޝީޕާ ގުޅޭގޮތުންނެވެ. ރައީސް ޔާމީން ގަބޫލު ކުރައްވާ ގޮތުގައި، މިއަދު ސަރުކާރުގައި ތިއްބަވައި އެބޭފުޅުން މަސައްކަތް ކުރަނީ އެމަނިކުފާނު މިނިވަންވިޔަ ނުދޭށެވެ. އަދި އެމަނިކުފާނު ވާދަނުކޮށް ރިޔާސީ އިންތިހާބެއް ނުބޭއްވޭނެކަމަށް ވިދާޅުވުމަށް ފަހު އެބަހުގައި ހިފައި އެގޮތަށް އަމަލު ކުރަން ނުކެރުނީ ކީއްވެގެން ތޯ ވެސް ވަނީ ސުވާލު އުފައްދާފަ އެވެ.

ރައީސް ޔާމީން ވަނީ 2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރި ނަަަމަވެސް އިންތިހާބު ބޮއިކޮޓު ކުރުމަށް ގޮވާލައި އެ ނިންމުން ބަދަލު ކުރަން މަޖުބޫރު ކުރުވެން އޮތްކަމަށެވެ. އޭގެ ސަބަބަކީ އެމަނިކުފާނަކީ ރާއްޖޭގެ އެންމެ ބޮޑު ތާއީދު އޮތް ލީޑަރަށް ވާތީ، އެކަން ސުޕްރީމް ކޯޓަށް ވެސް ގަބޫލު ކުރެވުންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެހެން ނަމަވެސް އިންތިހާބު ބޮއިކޮޓު ކުރުމަށް ޕީޕީއެމް/ޕީއެންސީ ލީޑާޝިޕް ބޭނުން ނުވީ އިތުރު ފަސް އަހަރު މަގުމަތީ ތިބެން ބޭނުން ނުވާތީ އާއި، އެމްޑީޕީއަށް ދެވަނަ ދައުރެއް ލިބެން ބޭނުން ނުވާކަމަށް ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: