ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުއްރަހީމް ވިދާޅުވެދެއްވީ ކޮންމެ ސަރުކާރަކާއި ދެކޮޅުވެ ވެރިކަން ބަދަލު ކުރަން ޖަމީލު ކުރައްވާ މަސައްކަތް!

ރައީސް ޔާމީން ސަރުކާރާ ދެކޮޅަށް މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ނަމުގައި މަސައްކަތް ކުރި އިއްތިހާދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޑރ. މުހައްމަދު ޖަމީލު އަހުމަދަކީ ކޮންޓްރެކްޓަށް ވެރިކަންތައް ބަދަލު ކުރުމަށް މަސައްކަތް ކުރަމުން އައި މީހެއްކަމަށާއި، އެއީ ދުވަހަކު ވެސް އިހުލާސްތެރި ނިޔަތެއްގައި އުޅުއްވާނެ ބޭފުޅެއް ނޫންކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕް ބޭފުޅުން ހިމެނޭ ގޮތަށް އާންމުކޮށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގަ އެވެ.

ޖަމީލާއި އަބްދުއްރަހީމްގެ ދެމެދު މީގެ ކުރިން ވެސް ބަހުގެ ހަމަލާތައް ބަދަލުކޮށް، މައްސަލަ ގޯސްވިއިރު ޕާޓީގެ އިސް ބޭފުޅުން ވިދާޅުވެފައި ވަނީ ޖަމީލު ރައީސް މުއިއްޒުއާއި ދެކޮޅުވީ އޭނާއާއި މުހައްމަދު މަލީހު ބޭނުންވި ގޮތަށް މަގާމުތައް ނުލިބުމުން ކަމަށެވެ. ޖަމީލާއި، މަލީހަކީ އެއް ވަގުތެއްގައި ވެސް ސިޔާސީ ބުރަދަނެއް ހުރި ބޭފުޅުންތަކެއް ނޫންކަމަށާއި ވެރިކަމުގެ ދުވަސްވަރުން ފެށިގެން 2018 ގެ އިންތިހާބު އެމަނިކުފާނަށް ގެއްލި މަޖިލިސް އިންތިހާބުގެ ނާކާމިޔާބީގެ ޒިންމާ ނަގަން ޖެހޭނީ އެ ދެބޭފުޅުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޑރ. ޖަމީލަކީ އެއްވެސް ސަރުކާރެއްގެ މަގާމެއްގައި ނޫޅެވުނު، މަގާމުން ވަކިވާ ހިސާބުން ނުވަތަ ވަކި ކުރާ ހިސާބުން އެ ވެރިކަމެއް ބަދަލު ކުރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާ އެކަކުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި އަބްދުއްރަހީމް ދެއްކެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު އޭނާ ކޯޓުގެ ފަނޑިޔާރަކަށް ހުންނަވަނިކޮށް ޖަސްޓިސް މިނިސްޓަރުކަމަށް ބަދަލު ކުރުމުން އޭގެ ފަހުން އެ ސަރުކާރު ބަދަލު ކުރަން ކުރި މަސައްކަތެވެ.

ޑީއާރުޕީގެ ދުވަސްވަރުގައި، ނިއު މޯލްޑިވްސްގެ ނަމުގައި ޖަމާއަތެއް އެކުލަވާލައި ރައީސް މައުމޫންގެ ވެރިކަން ނިމުމަކަށް ގެނައުމަށް ޖަމީލު ހުއްޓުމެއް ނެތި މަސައްކަތް ކުރިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.އ އަދި ވިދާޅުވީ ޖަމީލު މަސައްކަތް ކުރައްވަމުން ގެންދަވީ ވަތަން އެދޭ ގޮތަށް، ސަރުކާރެއް ގެނައުމަށް އުޅުއްވިކަން ވެސް އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

މީގެއިތުރުން ރައީސް ޔާމީން ޕީޕަލްސް އެލައިއެންސް (ޕީއޭ) ގެ ނަމުގައި ޕާޓީއެއް އުފައްދަވައި، ޑީއާރުޕީއާއި އެކު ކޯލިޝަން ހެދުމުން އެކަމާ ވެސް ހިތްހަމަނުޖެހު ޖަމީލު މުޒާހަރާ ކުރިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން އޭރު އުފައްދަވައިގެން އުޅުއްވާނެ، ޕީއޭ ކިޔާ ސިޔާސީ ޕާޓީއެއް.. އަޅުގަނޑުމެން މިއީ ޕީއޭގައި ތިބި މީހުން.. ޕީއޭއާ ޑީއާރުޕީއާ ކޯލިޝަނެއް ހެދީމާ.. އާޓިފިޝަލް ބީޗުގައި އޭރު ހުންނާނެ ސްޓޭޖެއް.. މަޖީދީ މަގާ ވީފަޅީގަ.. އެ ސްޓޭޖު މަތީގައި.. ހުންނަވައިގެން.. ކޮނޑުހުޅުން އަތް އުފުރައިގެން ދާވަރަށް އަތް ހޫރަ ހޫރާފަ.. ރައީސް ޔާމީނަށް ބެވީ ޖަމީލު.. ޑީއާރުޕީއާއި އެކު ކޯލިޝަން ހަދައިފިއޭ.. މިއޮތީއޭ އެގްރިމަންޓު.. އެގްރިމަންޓުގައި ނުވެސް ނެތް ވާހަކަތަކެއް ދެއްކީ.. ޖަމީލަކީ ދުލުން ތެދެއް ހައްދަވާ ބޭފުޅެއް ނޫން.. އޭރު ވެސް ރައީސް ޔާމީނާ ދެކޮޅު ބޭފުޅެއް އެއީ..

އަބްދުއްރަހީމް ވިދާޅުވީ ވަތަން އެދޭ ކޯލިޝަނުން ވެރިކަމަށް އައިސް ޖަމީލަށް ދިނީ ޖަސްޓިސް މިނިސްޓަރުކަމުގެ މަގާމުކަމަށާއި، އެހެން ނަމަވެސް މާގިނަ ދުވަހެއް ނުވެ އިސްތިއުފާ ދެއްވުމަށް ފަހު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލަން މަސައްކަތް ފެށިކަމަށެވެ. އެއަށް ފަހު ޑރ. މުހައްމަދު ވަހީދު ހަސަން ވެރިކަމާ ހަވާލުވެ، ހައުސިން މިނިސްޓަރުކަން ދިނުމުން އެ މަގާމުގައި ހުންނެވުމަށް ފަހު ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވެ އެ ސަރުކާރަށް ފާޑުކިޔަން ފެށިކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ވެރިކަން އުފެދި މާގިނަ ދުވަސް ނުވަނީސް އެމަނިކުފާނުގެ ސަރުކާރު ވައްޓާލުމުގެ ރޭވުންތަކަށް ޖަމީލު ޖަމާއަތެއް ހައްދަވައިގެން މަސްވެރިކަމަށް ދިޔަކަމާއި މޭޑޭ މުޒާހަރާއަށް އެމްޑީޕީއާއި އޭރުގެ އިދިކޮޅު ޕާޓީތަކާ ވާހަކަ ދައްކައި މަޝްވަރާ ކުރިކަން މުލިއާގެއަށް މަޖިލިސް މެމްބަރުން ގެންދަވައި ހެއްކާއި އެކު ދެއްކެވި ބޭފުޅަކީ ރައީސް ޔާމީންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެހެންކަމުން އެމަނިކުފާނު އެ ދުވަސް މަތީން ހަނދާން ނެތެން ޖެހޭ ސަބަބެއް ނެތްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ނައިބު ރައީސްކަމަށް ވަޑައިގެން.. ދެ މަސް ދުވަސް.. ތިން މަސް ދުވަސް ވެސް ނުވެ.. ވީޕީސް އެމްޕީސް ޖަމާއަތް ހައްދަވައިގެން.. މަސްވެރިކަމަށް ދާން ފެށީ.. ސަރުކާރު ބަދަލު ކުރަން.. ރޭވުންތައް ރާވަން.. މިއީ ޑރ. ޖަމީލު ކަންތައްކޮށްފައި ހުރިގޮތް، އެންމެ ރަނގަޅަށް މިކަން އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް.. އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި.. އޭއީ ކީއްވެގެން ވެއްދި މައްސަލައެއްކަން ސާބިތުކޮށް ދެއްވަން އޭރު ރައްޔިތުންގެ މަޖިލިސްގައި ތިއްބެވި މެމްބަރުން.. މުލިއާގެއަށް އެއްކުރައްވާފައި ރައީސް ޔާމީނޭ އަޅުގަނޑުމެންނަށް ޖަމީލު މޭޑޭ މުޒާހަރާ ކަންތައްތަކުގައި އިދިކޮޅާއި އެކުކޮށްފައި ހުރި މުއާމަލާތްތައް.. ސަރުކާރު ބަދަލު ކުރަން.. އެ ޖަމީލޭ އެއީ.. ރައީސް ޔާމީން ހަނދުމަ ނެތުނީތޯ

އަބްދުއްރަހީމް ވިދާޅުވީ، އިނގިރޭސިވިލާތުގައި މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން އުފައްދައި ރައީސް ނަޝީދާއި އެކު ހުންނަވައި ޖަމީލު ރައީސް ޔާމީނަކީ ހާމާނުކަމަށް ސިފަކޮށް ވެސް ވާހަކަ ދެއްކެވި ކަމަށެވެ. އަދި އެމަނިކުފާނު ބާރު ސްޕީޑުގައި މިގައުމަށް ގެނައީ ފިތުނައާއި، ފަސާދަ އަދި ކޮރަޕްޝަންކަމަށް ވެސް ވިދާޅުވިކަމަށެވެ.

ޖަމީލު ހެއްދެވި ދޮގުތަކާއި، އިދިކޮޅަށް ކުރާ މަސައްކަތްތަކުގެ ސަބަބުން އޭނާ ދައްކާ ވާހަކަތައް ދިވެހި އެއްވެސް ރައްޔިތަކު ގަބޫލު ނުކުރާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ކޮންޓްރެކްޓަށް ސަރުކާރު ވައްޓާލަން މަސައްކަތް ކުރާ މީހެއް ޖަމީލަކީ.. ހަމަ ކޮންޓްރެކްޓަށް މަސައްކަތް ކުރާ މީހުން މި އުޅެނީއެއް ނޫންތޯ… ދެން އެކި ދުވަސްވަރަށް އެކި ޕާޓީ.. ގައުމީ ޕާޓީއާ.. އަނެއް ދުވަހު އަނެއް ޕާޓީއާއި.. ބޮނޑިބަތް ޕާޓީއާއި އެހެން މީގަ ދަނީ..

އަބްދުއްރަހީމް ވިދާޅުވީ ތަކުރާރުކޮށް ބުނަން އޮތް ވާހަކައަކީ، ރައީސް ޔާމީނާ ދެކޮޅަށް ދުވަހަކު ވެސް މަސައްކަތް ނުކުރާކަމަށެވެ. އަދި އެބޭފުޅުން ނިމިދިޔަ ފަސް އަހަރު މަސައްކަތް ކުރެއްވީ ރައީސް ޔާމީން ޔާމީން އެންގެވި ގޮތެއްގެ މަތީންކަމަށާއި، ހުރިހާ އިރުޝާދެއް ދެއްވީ އެމަނިކުފާނުކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެއިތުރުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ދެއްކުމަށް ޕްލޭން އޭ، ޕްލޭން ބީ، ޕްލޭން ސީގެ މަސައްކަތް ފެށީ ވެސް ރައީސް ޔާމީން އެކަން ސާފުކޮށް ލިޔުއްވައި ފޮނުއްވުމުންކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. މިއަދު އެއްވެސް ކަހަލަ އަގެއް ނެތް ބައެއްގެ ބަހަށް، ރައީސް ޔާމީން މަސައްކަތް ކުރަމުން ދާތީ އެކަމާ ދެރަވެ ހިތާމަ ކުރާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަށް އޭނާ ކުރާ އިހުތިރާމާއި، ގަދަރު އަބަދުވެސް ދެމި އޮންނާނީ އެގޮތުގައި ކަމަށެވެ. އަދި ދުވަހަކު ވެސް އެމަނިކުފާނާއި ދެކޮޅުވެ، ބަދުބަހެއް ބުނަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވި އެވެ. މިދިޔަ ފަސް އަހަރާއި އެކު ވެރިކަމުގެ ފަސް އަހަރަކީ ރައީސް ޔާމީނަށް ދަތި އުނދަގޫ ދުވަސްވަރެއްކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެ ދުވަހު ވެސް އެންމެ ގާތުގައި ހުންނެވީ އޭނާ ކަމަށެވެ. އަދި ރައީސް ޔާމީންގެ އެންމެ އިތުބާރު ކުރެވޭ ބޭފުޅެއްގެ ގޮތުގައި ހުންނަވައި، މަސައްކަތް ކުރެއްވީ ފަހުރުވެރިކަމާއި އެކުކަމަށް އޭނާ ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 86%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: