ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރު ކެންޑިޑޭޓުން ހޮވައިގެން ނޫނީ ހަމަޖެހުމެއް ނެތް، ވިސްނާލުމުން އެކަން ސާފުވާނެ: ރައީސް

މަޖިލިސް އިންތިހާބުގެ ކެމްޕެއިން ޖަލްސާތަކުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ކެންޑިޑޭޓުން ހޮވައި މަޖިލީހުގެ އަޣުލަބިއްޔަތު ދީގެން ނޫން ގޮތަކަށް ގައުމަށް ހަމަޖެހުމެއް ނެތްކަން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާ ވާހަކައަށް ފުންކޮށް ވިސްނުމުން އެއީ ކަމުގެ ހަގީގަތްކަން ސާފުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މި މަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައީސް މުއިޒުގެ އަމާޒަކީ ސަރުކާރަށް މެޖޯރިޓީއާއި އެކު ތިންބައިކުޅަ ދެބައި ގޮނޑި ކާމިޔާބު ކުރެވުމެވެ. އަދި ވިދާޅުވެފައި ވަނީ އިދިކޮޅުގެ ފިކުރުގެ މެމްބަރުންގެ ފަރާތުން ފެންނާނީ އުނދަގޫކޮށް ޖެއްސުން ކުރާ މަންޒަރުކަމަށާއި ފާއިތުވި ހަތަރު މަސް ދުވަހުން ވެސް އެކަން ސާފުވާކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބޭނުން ވަނީ ގައުމަށް ހަމަޖެހުންކަމަށާއި ރައްޔިތުން އެދޭގޮތަށް ފުރިހަމަ ގޮތުގައި ހިދުމަތްކޮށް ވައުދުތައް ރަނުން ރަނަށް ފުއްދަން ބޭނުންވާކަމަށެވެ.

ދިވެހި ސިޔާސީ މަސްރަހުގެ ތާރީހަށް ބަލާއިރު އަބަދުވެސް ފެނިފައި ވަނީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ބަދަލު ހިފުމުގެ ރޫހެވެ. ބައެއް ބޭފުޅުން އެކި ޖަލްސާތަކުގައި ދައްކަވާ ވާހަކަތަކުން ދޭހަވަނީ އެއީ ގައުމަށް ހަމަޖެހުމެއް ބޭނުން ނުވާ، ނަފްރަތު އުފައްދާ ބައެއްގެ ގޮތުގައިކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އެކަމަކު އެމަނިކުފާނު ވައުދުވީ ގައުމަށް ހަމަޖެހުން ގެނައުމަށްކަމަށާއި، އެ ވައުދާއި އެއްގޮތަށް އަބަދުވެސް މަސައްކަތް ކުރައްވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުވީ، އެމަނިކުފާނު ވެރިކަމަށް އައުމަށް ވީ ވައުދުތަކާއި މެނިފެސްޓޯ ތަންފީޒު ކުރުމުގެ ނަތީޖާ ނެރެވެން އޮތީ ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިގެން ކަމަށެވެ. ރައްޔިތުންނަށް ސިޔާސަތުތައް ގެނެސްދިނުމުގެ ގޮތުން މަޖިލީހުގެ ތެރެއިން މުހިންމު ގާނޫނަށް ގެނެސް، އިސްލާހުތައް ހުށަހަޅަން ހުރިއިރު ރައީސް މުއިއްޒު ވިދާޅުވީ އެކަން ކުރެވޭނީ ސަރުކާރަށް އެއްބާރުލުން ދިނުމުގެ ވިސްނުމެއް އޮތް މަޖިލީހެއް އޮވެގެން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނު މަޖިލީހަށް ހުށަހަޅަން ގަސްތު ކުރައްވާ ބިލުތަކުގެ ތެރޭގައި ބިމާއި ބެހޭ ގާނޫނާއި، ބޯހިޔާވަހިކަމާއި ގުޅުން ހުރި ބިލެއްގެ އިތުރުން ރިއަލް އެސްޓޭޓު ބިލު ހިމެނެ އެވެ.

މީގެއިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބައިބޯ ސިޓީތަކުގައި ހިދުމަތް ދިނުމުގެ ގޮތުން ގެނެސްފައި ހުރި ގާނޫނުތައް ބަލައި، ދިރާސާކޮށް އެފަދަ ބިލުތައް ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުންނަށްޓަކައި ވަރަށް ގިނަ ވައުދުތަކެއް ވިން.. ހުރިހާ ވައުދުތަކެއް ލިޔެފައި ހުންނާނީ.. ފޮތެއްގެ ގޮތުގައި ނެރެފައި އޮންނާނެ.. ހުރިހާ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ.. އެއްވެސް އެއްޗެއް ފޮރުވާފައި ނޯންނާނެ.. އެ ވައުދުތައް ފުއްދުމުގައި ރައްޔިތުންގެ މަޖިލީހުގެ ދައުރު ވަރަށް ބޮޑު.. ކުރިޔަށް އޮތް ފަސް އަހަރަށް މި ވައުދުތައް ފުއްދުމަށްޓަކައި އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުން ފާސް ކުރަން ޖެހޭ.. 200 އަށްވުރެ ގިނަ ގާނޫނު އެބައޮތް.. އެއީ އިސްލާހުތަކާއި އެކީގައި.. މިހާރު ހުރި ބައެއް ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތަކާއި އެކީގައި..

ރައީސް ވިދާޅުވީ އެމަނިކުފާނު ތަކުރާރުކޮށް ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވިސްނާލުމުން، މިއީ ކޮންމެހެން ވެސް މުހިންމުކަމެއްކަން ގަބޫލު ކުރެވޭނެ ކަމަށެވެ. ގައުމަށް ހިދުމަތް ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ބަޔަކު ހިޔާރު ކުރުމުގެ ނަތީޖާއަކަށް ވެގެން ދާނީ، ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ތަރައްގީގެ މަގުން ފަހަތަށް އެޅޭ ފިޔަވަޅަކަށެވެ.

މަޖިލިސް މުހިންމުވާ ސަބަބުތަކަކީ އެއީކަމަށާއި، ދިވެހިންގެ ރާއްޖެ ހަގީގަތަކަށް ހެދުމަށް ސަރުކާރުގެ ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: