ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި މަހު ދެވަނަ ޕްލެޓޫންގައި ތިބި އިންޑިއާގެ ސިފައިން ރާއްޖެއިން ފައިބާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން ދެވަނަ ޕްލެޓޫންގައި ތިބި އޮފިސަރުން މި މަހު ރާއްޖެއިން ފޮނުވާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިދިޔަ ސަރުކާރުގައި އިންޑިއާއެކު އެކުލަވާލި އެކި އެއްބަސްވުންތަކުގެ ދަށުން ރާއްޖޭގައި އެ ގައުމުގެ ސިފައިން ތިބުމަށް ޖާގަދޭކަމަށް ބުނެ އެކަމަށް އެންމެ ބޮޑަށް އަޑުއުފުލާފައި ވަނީ ޕީޕީއެމް/ޕީއެންސީ އެވެ. އެހެންވެ ވެރިކަމަށް އައުމަށް ކުރި ކެމްޕެއިނުގައި ރައީސް މުއިއްޒު ވައުދުވީ، ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތް ކުރާނީ ރާއްޖޭގައި ތިބި ސިފައިން ފޮނުވާލުމަށްކަމަށާއި އެއްބަސްވުންތައް ރިވިއު ކުރުމަށް ފަހު ގައުމުގެ މިނިވަންކަމަށް ބުރޫއަރާ ގޮތަށް ހުރި އެގްރިމަންޓުތައް ބާތިލު ކުރައްވާނެކަމަށް ރައީސް ވިދާޅުވި އެވެ.

މިދިޔަ ހަތަރު މަސް ދުވަހުގެ ތެރޭގައި އިންޑިއާ – ރާއްޖެ ދެމެދު ހައިލެވެލް އެކި މަޝްވަރާތަކެއް ކުރިޔަށް ދިޔައިރު ދިވެހި ސަރުކާރުން ބުނެފައި ވަނީ އެކަމުގައި އިންޑިއާގެ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން ދީފައިވާކަމަށެވެ. ސިފައިން ފޮނުވާލަން ބޭނުންވާ ފަހު ތާރީހެއްގެ ގޮތުގައި މާޗު މަހުގެ 14 ވަނަ ދުވަސް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ހުށަހަޅާފައިވާއިރު މިހާތަނަށް އައިއިރު ސިފައިންގެ ޖުމްލަ އަދަދެއް ސާފެއް ނޫނެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ވި ރިޔާސީ ވައުދަށް ގިނަ ބަޔަކު ސުވާލު އުފެއްދި ނަމަވެސް ރައްދުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މިއީ ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ގިނަ މަޝްވަރާކޮށްގެން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމާއި ހާވާލުވެ އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަމަލީ މަސައްކަތް ފެށުނު ކަމަށެވެ.

މިއަދާއި ހަމައަށް ކުރެވުނު މަސައްކަތްތަކާއި، ހޯދުނު ކުރިއެރުންތަކަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް ސާފުވާނެކަމަށާއި އެކަން ރައްޔިތުން ގަބޫލު ވެސް ކުރާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މިތަނުގައި ތިބި ބޭރުގެ ސިފައިން ފޮނުވާލުމަށްޓަކައި ފުރަތަމަ ދުވަހު ފެށި މަސައްކަތްތައް އެއްވާނެއްގައި.. ޑިޕްލޮމެސީގެ ރިވެތި އުސޫލުތަކުގެ ހަމަތަކުގެ މަތީން.. މަސައްކަތް އެދަނީ ކުރިޔަށް.. އެކަން ވެސް އިރާދަކުރެއްވީތީ ދެ ފަރާތުން އެއްބަސްވި ގޮތަށް.. ލިޔެކިއުމުގައި އެއްބަސްވެފައިވާ ގޮތަށް… ތަންފީޒުވަމުން.. މި މަހުގެ ތެރޭގައި ދެވަނަ ޕްލެޓްފޯމްގައި ތިބި ސިފައިން ފައިބާނެ.. މި އޭޕްރިލް މަހު ފައިބާނެ.. ތިންވަނަ ޕްލެޓްފޯމުތައި ތިބި ސިފައިން ދެން އަންނަ މަހެއްގެ ދިހައެއްގެ ކުރިން.. ފައިބާނެ.. އޭރުން ފައިބާ ނިމުނީ ހުރިހާ ބޭރު ސިފައިން..

ރައީސް މުއިއްޒު ވިދާޅުވީ ދިވެހިންގެ ރާއްޖޭގައި އެއްވެސް ބައެއްގެ ނުފޫޒު ނުވަތަ އެހެން ބައެއްގެ ބަހަށް ގައުމު ހިންގުން ނޯންނާނެ ކަމަށެވެ. ހުރިހަ މާނައެއްގައި ގައުމުގެ ސަލާމަތްތެރިކަން އިސްކުރުމަށް ގޮވާލައި ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށްޓަކައި މުހިންމު ރޯލެއް ރައްޔިތުންގެ މަޖިލިސް އަދާކުރާނެކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އިންޑިއާގެ ސިފައިން ފޮނުވާލުމުގެ ނިޔަތާ މެދު ބައެއް ބޭފުޅުން ސުވާލު އުފެއްދި ނަމަވެސް ރައްޔިތުންނަށް ނަތީޖާ އޮތީ ފެންނަން ކަމަށެވެ. އަދި އޮފިސަރުން ފޮނުވާލުމަށް ފަހު ދެން އަންނަ މަދަނީ ބަޔަކީ ވަގުތީ ބައެއްކަމަށާއި އެއީ ޔުނިފޯމް ބަދަލުކޮށް އަލުން އަންނަ އޮފިސަރުންކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: