ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައްދޫ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އަމަލީ މަސައްކަތްތައް ފަށައިފި: ފައިސަލް

މިނިސްޓަރު އިބްރާހިމް ފައިސަލް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ކައްދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ގާއިމުކުރުމުގެ އަމަލީ މަސައްކަތްތައް ކުރެވެމުންދާކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާޙިމް ފައިސަލް ވިދާޅުވެއްޖެއެވެ.

ޜައީސް ޑރ މުހައްމަދު ޟުއިއްޒު ލ އަތޮޅަށް ކުރައްވާ ދަތުރުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން މިނިސްޓަރ ފައިސަލް ވަނީ ސަރުކާރުން ލ އަތޮޅުގެ ތަރައްގީއަށް ގިނަ މަސައްކަތަކެއް ރާވައި ހިންގަމުންދާކަމުގެ މައްޗަށް އަލިއަޅުއްވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ލ އަތޮޅުގެ ތަރައްގީއަށް ހާއްސަ އިސްކަމެއް ދެއްވާކަމަށެވެ. އަދި އެކަމާއިމެދު ޝައްކެއްވެސް ނުކުރައްވާކަމަށް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވިދާޅުވީ، ކައްދޫގެ ވައިގެ ބަނދަރު ބައިނަލްއަގުވާމީ ބަނދަރަކަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްތައް ފެށިފައިވާކަމަށެވެ. އެގޮތުން އެ މަސައްކަތްތައް ކުރުަމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްތައް މިހާރު ކުރިއަށް ދާކަމަށާއި ގާދުގައި ބަންކަރިންގް ޕޯޓެއް ގާއިމުކުރުމަށްވެސް ތައްޔާރުވެފައިވާކަން ހާމަކުރެއްވިއެވެ.

ފައިސަލް ވިދާޅުވީ، މީގެ ދުވަހަކުވެސް ނާންނަ ވަރުގެ ބޮޑެތި މަޝްރޫޢުތައް ލ އަތޮޅަށް އައިސްފައިވާކަމަށާއި ކައްދޫ އެއަރޕޯޓު އިންޓަރނޭޝަނަލްކޮށް އެ ސަރަހައްދުގައި އިތުރު ޓުއަރިސްޓު އެންދުތައް ތަރައްގީ ކުރެވިއްޖެއްޔާ ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ލ އަތޮޅުގެ ހުރިހާ އުމުރުފުރައިގެ ރައްޔިތުންނާއި ގޭބިސީތަކުގެ ފުދުންތެރިކަން އެކަން މެދުވެރިކޮށް ހާސިލުކުރެވިގެންދާނެކަމަށެވެ.

އޭނާ ވިދާޅުވީ، ރިޔާސީ ކެމްޕެއިންގެ ތެރެއިންވެސް އެ ސަރަހައްދަށް އެކި ފުރުސަތުގެ މަތިން ވަޑައިގެންނެވުުނުކަމަށެވެ. އެހެންކަމުން ސަރަހައްދުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް އެނގިވަޑައިގަންނަވާކަމަށްވުމުން ކުރިއަށް އޮތް މަޖިލީސް އިންތިހާބުގައި ދާއިރާގެ ގޮނޑި ސަރުކާރަށް ހޯދައިދިނުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ. ަ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: