ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާމިޔާބީތަކަށް ފާޑުކިއުމުގެ ބަދަލުގައި، ކުރިޔަށް ދިއުމުގައި އެހީތެރިވޭ: ފައިސަލް

ވިލާ ކޮލެޖުގެ ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް ހަފްލާގައި ނާއިބު ރައީސް - ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބުރަ މަސައްކަތުން ހޯދާ ކަމިޔާބީތަކަށް ފާޑުކިއުންތައް އަމާޒު ކުރުމުގެ ބަދަލުގައި، އެ މީހެއްގެ ކާމިޔާބީއާއި އެކު ކުރިޔަށް ދިއުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ.

ރޭ ބޭއްވި ވިލާ ކޮލެޖުގެ “ސްޓޫޑަންޓް އެޗީވްމަންޓް އެވޯޑްސް” ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކާމިޔާބަށް ވާސިލް ވުމަށް ކުރަންޖެހެނީ ބުރަ މަސައްކަތެއް ކަމަށެވެ.

ދިވެހިރާއްޖޭގެ އިގްތިސާދަށް އެންމެ ބޮޑު ނަފާއެއް ލިބެންއޮތީ ފަތުރުވެރިކަމުގެ ދާއިރާ މެދުވެރިކޮށްކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ކަންބޮޑުވުމަކީ ދާއިރާއަކީ ދިވެހިންގެ އަދަދު ނިސްބަތުން މަދުވުން ކަމަށެވެ. މިކަމުގެ ހައްލެއް ގެނައުމުގެ މުހިންމުކަމާއި ގުޅޭގޮތުން ފައިސަލް ވިދާޅުވީ، ފަތުރުވެރިކަމުގެ ދާއިރާގެ މަތީ ފަންތީގެ މަގާމުތަކަށް މީހުން ތަމްރީނު ކުރުމުގައި ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ އިދާރާތްތަކުން ސަމާލުކަން ދޭންޖެހޭ ކަމަށެވެ.

މި ސަރުކާރުން ތައުލީމީ ދާއިރާއަށް ދެއްވާ އަހަންމިއްޔަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ފައިސަލް ވިދާޅުވީ މި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކުރަނީ ތައުލީމީ، ހުނަރުވެރި ފަންނީ ދަރިން އުފެއްދުމަށްކަމަށެވެ. ސަރުކާރުން ތައުލީމީ ދާއިރާއަށް ބޮޑު ހޭދައެއް ކުރާ ސަބަބެއްގެ ގޮތުގައި ފައިސަލް ވިދާޅުވީ، ގައުމެއް ބިނާވެ ކުރިއަރައިގެން ދަނީ ތައުލީމީ ގާބިލު އުފެއްދުންތެރި ޖީލެއް އުފެއްދިގެންކަމަށް ވާތީ އެވެ.

ހަފްލާގައި ވާހަކަ ދައްކަވަމުން ފައިސަލް އިތުރަށް ވިދާޅުވީ، މި ސަރުކާރުން ތަަރައްގީ ގެނައުމުގައި އެއްވެސް ރަށެއް އިސްތިސްނާ ނުކުރާ ކަމަށެވެ.  އެހެންކަމުން މި މަޝްރޫއުތައް ހިންގުމަށާއި، ރާއްޖޭގައި ތަރައްގީ ކުރާ އިދާރާތަކުގައި މަސައްކަތް ކުރުމަށް ޓެކްނިކަލް ދާއިރާތަކުން ޒުވާނުން މަތީ ތައުލީމު ހާސިލުކުރުމަށް އެމަނިކުފާނު ބާރުއެޅުއްވެވި އެވެ. އަދި މިކަމުގެ ނަތީޖާއެއްގެ ގޮތުން މުޅި ރާއްޖެއަށް ކުރިއެރުން ލިބިގެންދާނެކަމަށް ވެސް ވިދާޅުވި އެވެ.

ކަމިޔާބީއަށް ގަދައަޅައި މަސައްކަތް ކުރުމަށް ހިތްވަރު ދެއްވައި ފައިސަލް ވިދާޅުވީ، މީހުން ބަލައިގަންނަ ކާމިޔާބީއެއް ހާސިލު ކުރެވޭނީ ވަރަށް ގިނަ މަސައްކަތުން ކަމަށެވެ. އަދި އެތައް ބައެއްގެ މަދަދާއި އެހީތެރިކަމާއި އެކު ކަމަށެވެ. މީހުންގެ ނުރަނގަޅު ވާހަކަތައް ދެއްކުން ހުއްޓާލައި، މީހުން ހޯދާ ކާމިޔާބީތަކުގެ ވާހަކަތައް ފާހަގަކުރުމަށް ފައިސަލް ގޮވާލެއްވި އެވެ.

މީގެ އިތުރުން މަސައްކަތުގެ މާހައުލުގައި އާއި މުޖްތަމައުގެ ތެރޭގައި އުޅޭއިރު މީހުންނަށް އިހުތިރާމު ކުރުމަށާއި، އެހެން މީހުން ކުރާ މަސައްކަތްތައް ބަލައިގަނެ އެހީތެރިވެ އޯގާތެރިކަން ދެއްކުމަށް ނައިބު ރައީސް އެދިވަޑައިގެންނެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: