ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނަށް ވެސް ސިޔާސީ ހަރަކާތް ހިންގުމުގެ ހައްގު އޮންނާނެ، ހިޔާލު ތަފާތަސް އިހުތިރާމް ކުރަން ޖެހޭ: އީވާ

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ / ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއެއް އުފަައްދައި ހަރަކާތްތައް ހިންގުމުގެ ހައްގު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ވެސް ލިބިގެންވާކަމަށާއި، ހިޔާލުތަފާތުވުންތައް ހުރުމުގެ މާނާއަކީ އަނެކާއަށް އެއްވެސް އިހުތިރާމެއް ނުކުރުން ނޫންކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސަރުކާރު ދޫކޮށް، ރައީސް ޔާމީން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ޖަލްސާ އަށް ސަރުކާރު އަންގައިގެން ހުރަސް އެޅިކަމަށް ޕާޓީގެ އިސް ބޭފުޅުން ތުހުމަތު ކުރެ އެވެ. ޖަލްސާ ބާއްވަން މަސައްކަތް ކުރި ހޯލު ލިބެން ނެތްކަމަށް އެ ދުވަހުގެ ހަވީރު އެންގުމުން ވެސް އެތަން ތައްޔާރުކޮށް ޕީއެންއެފް މަސައްކަތް ކުރީ ބައްދަލުވުން ކުރިޔަށް ގެންދާށެވެ. އެކަމަކު ފުލުހުން އެ ސަރަހައްދަށް އެއްވެ، ގިޔާސުއްދީން ސްކޫލް ހިމާޔަތް ކޮށްދޭން އެޑިއުކޭޝަން މިނިސްޓްރީން އެދިފައިވާކަމަށް ބުންޏެވެ. ބޮޑެތި ހަމަނުޖެހުންތަކަށް ފަހު، އެންމެ ފަހުން އެރޭ ޖަލްސާ ބޭއްވީ ރާޅުގަނޑު ޕްލެޓްފޯމްގަ އެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމުގައި އީވާ ވިދާޅުވީ މިއަދު ދިވެހި ރައްޔިތުންނަކީ ޖަލު ބަންދަކަށް، ނުވަތަ މައްސަލައެއްގައި ފުލުސް އޮފީހަށް ހާޒިރުކޮށްފާނެތީ އެކަމަށް ޖެހިލުންވާ ބައެއް ނޫންކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ވެރިންނަށް އެފަދަ ބިރެއް ނެތުން އެއީ ސިޔާސީ ހަމަޖެހުން އޮތުންކަމަށް ސަރުކާރަކުން ގަބޫލު ކުރާނަމަ އެއީ ކުށް ވިސްނުމެއްކަމަށް އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ހަމަޖެހުން ގާއިމު ކުރެވޭނީ، އެ މީހަކު ބޭނުންވާ ދިރިއުޅުމެއް ވޭތު ކުރެވޭނެ މަގު އޮވެފައި މިނިވަންކަންމަތީގައި ދުވަސްތައް ހޭދަ ކުރެވޭނަމަ ކަމަށެވެ. އެގޮތުން ބަސް ބުނުމުގެ ހައްގާއި، ހަބަރުފަތުރާ ވަސީލަތްތަކުން ގެނެސް ދޭ މައުލޫމާތުތައް ބަލައި، ސިޔާސީ ގޮތުން ދައްކަން ބޭނުންވާ ވާހަކައެއް ދައްކައި އޭނާގެ ހުރި ޝަކުވާތަކާއި ކަންބޮޑުވުންތަކަށް ބަހުސް ކުރުމުގެ ޖާގަ ލިބިދޭން ޖެހޭކަމަށް އީވާ ވިދާޅުވި އެވެ.

ފުލުސް އޮފީހަށް މީހަކު ހާޒިރުކޮށްގެންނެއް ސިޔާސީ ގޮތުން ހަމަޖެހުމެއް ނާންނާނެ… އަދި ރައީސުލްޖުމްހޫރިއްޔާ ކިތަންމެ ވަރަކަށް ތިމަންނާއަށް އެނގިވަޑައިގެންނެއް ނޫނޭ.. ފުލުހުން އެގޮތަށް އަމަލު ކުރީ ވިދާޅުވިއެއްކަމަކު.. ގަބޫލު ކުރާނެ މީހަކު ނޫޅޭނެ.. އެސްއޯ ފުލުހުން އަޅުގަނޑަށް ހަމަ ރަނގަޅަށް އެނގޭ… އެސްއޯ ފުލުހުންނަކީ، އަދި ފުލުހުންނަކީ އޯޑަރަކަށް މެނުވީ ކަންކަން ކުރާނެ ބައެއް ނޫން.. އަޅުގަނޑަކީ މިހާރު އަމަލު ކުރަމުންދާ ފުލުހުންގެ ގާނޫނުގެ މަސައްކަތުގައި ކޮމިޓީގައި އިން މީހެއް.. ތި ގާނޫނު ގެނައުމުގައި އަޅުގަނޑުގެ ދައުރު ވެސް ވަކި ކުޑައެއް ނުވާނެ..

އީވާ ވިދާޅުވީ އެއްވެސް އޯޑަރެއް ނެތި، އެސްއޯ ފުލުހުންތައް ބައިއަތު ހިފައި ރައީސް ޔާމީންގެ ޖަލްސާއަށް ހުރަސްއަޅަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

ސިޔާސީ މަސްރަހަށް މިއަދު ބަލައި ރައްޔިތުންގެ މަޖިލީހަށް ބޭނުން ވަނީ، ފާރަވެރިވެ ޖަވާބުދާރީ ކުރުވާނެ ބައެއްކަން ސާފުވާކަމަށެވެ. ގައުމަށް ސިޔާސީ ހަމަޖެހުން ރައީސް މުއިއްޒު ބޭނުންވާނަމަ، އެ ސަރުކާރަކުން ވަކިވެ ރައީސް ޔާމީން އުފައްދަވާ ޕީއެންއެފްއަށް ހުރަސް އަޅައިގެން ނުވާނެކަމަށް އީވާ ވިދާޅުވި އެވެ. ސިޔާސީ ޕާޓީއެއް އެކުލަވާލައި، ސިޔާސީ މަސައްކަތް ކުރުން އެއީ ކޮންމެ މީހަކަށް ވެސް ލިބިގެންވާ ހައްގެއްކަމަށާއި، ހިޔާލުތަފާތުވުންތަކެއްގެ މާނައަކީ އަނެކާގެ ފިކުރަށް އިހުތިރާމްނުކޮށް ޖެއްސުން ކުރުމެއް ނޫންކަމަށް އީވާ ވިދާޅުވި އެވެ.

އަޅުގަނޑު އެއްވެސް ގޮތަކަށް ރައީސް ޔާމީންގެ ސިޔާސަތުތަކަށް ތާއީދު ކުރާކަށް ނުޖެހޭ… އެ ހައްގަށް އަޅުގަނޑު އިހުތިރާމް ކުރާކަށް.. ރައީސް ޔާމީނާއި، ރައީސް ޔާމީނަށް ސަޕޯޓު ކުރައްވާ ބޭފުޅުންނަކަށް އަޅުގަނޑާއި، އަޅުގަނޑުގެ ސިޔާސަތުތަކަށް އެއްގޮތް ވާކަށް ނުޖެހޭ އެ ފިކުރަށް އިހުތިރާމް ކުރާކަށް..

އީވާ ވިދާޅުވީ އެސްއޯ ފުލުހުން ބޭނުންކޮށް ސިޔާސީ ޕާޓީއެއް އުފެއްދުމަށް ހުރަސް އެޅުން އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.

އެރޭގެ ހަމަނުޖެހުމުގައި އާންމުންނާއި، ފުލުހުންނަށް ވެސް އަނިޔާތައް ލިބުނެވެ. އެ މައްސަލައިގައި ރައީސް މުއިއްޒު ވިދާޅުވީ އެސްއޯ ފުލުހުން އެފަދަ ތަނަކަށް ނުނެރެން އެމަނިކުފާނު އޮންނާނީ ވަރަށް ސާފުކޮށް އަންގާފައި ކަމަށެވެ. އަދި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއުއަށް އެ ވާހަކަ ކުރިން ވެސް އެންގެވިކަމަށާއި، ބައްދަލުވުންތަކުގައި ދިން އިރުޝާދަކީ އެއީކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، އެރޭ އެމަނިކުފާނު ވެސް ހުންނެވީ ކެމްޕެއިން ޖަލްސާއެއްގައިކަމަށްވުމާއި އެކު ކަމެއް ހިނގައިގެން އުޅޭކަން އެނގިވަޑައިގަތީ މާ ފަހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: