ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ޕްލެޓޫންގައި ތިބި އިންޑިއާ ސިފައިން މި ހަފްތާގައި ރާއްޖެ ދޫކޮށް ވަނީ ގޮސްފައި: ރައީސް

މަޖިލިސް އިންތިހާބުގައި ވާދަކުިރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ބޭއްވި ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: | ވަގުތު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ގާއިމުވެ ތިބި އިންޑިއާގެ ސިފައިންގެ ތެރެއިން، ދެވަނަ ޕްލެޓޫންގެ އޮފިސަރުން މިދިޔަ އަންގާރަ ދުވަހު ރާއްޖެ ދޫކޮށް ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ވި ރިޔާސީ ވައުދަށް ގިނަ ބަޔަކު ސުވާލު އުފެއްދި ނަމަވެސް ރައްދުގައި ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ މިއީ ޑިޕްލޮމެޓިކް އުސޫލުގެ ތެރެއިން ގިނަ މަޝްވަރާކޮށްގެން ކުރަން ޖެހޭ މަސައްކަތެއް ކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމާއި ހާވާލުވެ އިންޑިއާގެ ސިފައިން ރާއްޖެއިން ފޮނުވާލުމަށް އެންމެ ފުރަތަމަ ދުވަހުން ފެށިގެން އަމަލީ މަސައްކަތް ފެށުނު ކަމަށެވެ.

މިއަދާއި ހަމައަށް ކުރެވުނު މަސައްކަތްތަކާއި، ހޯދުނު ކުރިއެރުންތަކަކީ ކޮބައިކަން ދިވެހި ރައްޔިތުންނަށް ސާފުވާނެކަމަށާއި އެކަން ރައްޔިތުން ގަބޫލު ވެސް ކުރާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބަށް އައްޑޫގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގެ މިނިވަންކަން ކަށަވަރު ކުރުމުގައި އެމަނިކުފާނުގެ ވައުދު ތަންފީޒު ކުރުމުގައި ފަހަތަށް ޖެހުމެއް ނެތްކަމަށް ވިދާޅުވެފަ އެވެ. ސިފައިން ފޮނުވާލުމުގެ ތާރީހުތަކެއް ކަނޑައަޅައި، ކުރި މަޝްވަރާތަކަށް އިންޑިއާގެ ދެކޮޅު ހެދުމެއް ނެތްކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެގޮތުގެ މަތީން އަންގާރަ ދުވަހު ބައެއް އޮފިސަރުން ފޮނުވާލި އިރު ބާކީ ތިބި މީހުން ވެސް އަންނަ މަހު ފުރުވާލެވޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އާދެ ނުވައެއް އޭޕްރިލްގައި ވަނީ، ދެވަނަ ޕްލެޓްފޯމްގެ ސިފައިން ވަނީ އަނބުރާ ގެންގޮސްފައި.. ފައިބާފައި ވަނީ.. އެހެންވީމަ ތިން ޕްލެޓްފޯމްގެ ތެރެއިން ދެ ޕްލެޓްފޯމްއިން ދިޔައީ.. މިތާ ތިބި ހުރިހާ ސިފައިން ދިހައެއް މޭއިގެ ކުރިން ފައިބާނެ.. އެހެންވީމަ އަޅުގަނޑު ވާ ވައުދެއް ވިއްޔާ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ އެކަން ފުރިހަމައަށް ކުރަން..

ގައުމުގެ މިނިވަންކަން ކަށަވަރު ކުރުމަށް އަދިވެސް ކުރަން ޖެހޭ މަސައްކަތްތައް ހުރިއިރު އޭގެ ތެރޭގައި އެގްރިމަންޓުތައް ރިވިއު ކުރުން ހިމެނޭކަމަށް ރައީސް ވިދާޅުވި އެވެ. ދިވެހިންގެ ރާއްޖެއެއްގައި ގައުމު ހިންގާނީ، ދިވެހި ރައްޔިތުންކަމަށާއި އެކަމުގައި ބޭރުގެ އެއްވެސް ބައެއްގެ ނުފޫޒު ނުފޯރުވޭނެކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހި ގައުމަކީ ކުޑަ ނިކަމެތި ގައުމެއްކަމަށް ބަޔަކު މީހުން ދެކުނު ނަމަވެސް މި ގައުމު ބަލަހައްޓައި ދިފާއު ކުރާނީ ދިވެހިން ކަމަށެވެ. ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން މީގެ ކުރިން އަމިއްލައިން ބެލެހެއްޓިފައި ނުވާއިރު 24 ގަޑިއިރު މިހާރު ކަނޑުގެ ސަރަހައްދު ބަލަހައްޓަނީ ދިވެހިންކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އިންޑިއާގެ ސިފައިން ފޮނުވާލުމުގެ ނިޔަތާ މެދު ބައެއް ބޭފުޅުން ސުވާލު އުފެއްދި ނަމަވެސް ރައްޔިތުންނަށް ނަތީޖާ އޮތީ ފެންނަން ކަމަށެވެ. އަދި އޮފިސަރުން ފޮނުވާލުމަށް ފަހު ދެން އަންނަ މަދަނީ ބަޔަކީ ވަގުތީ ބައެއްކަމަށާއި އެއީ ޔުނިފޯމް ބަދަލުކޮށް އަލުން އަންނަ އޮފިސަރުންކަމަށް ބުނެވޭނެ ޖާގައެއް ނެތްކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: