ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅަށް މެޖޯރިޓީ ދީފިނަމަ ވައުދުތައް ތަންފީޒު ކުރުން ހުއްޓުވާނެ: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އެއްބާރުލުން ލިބިގެން ނޫން ގޮތަކަަށް ތަރައްގީގެ ޕްރޮޖެކްޓުތައް ކުރިޔަށް ގެންގޮސަ މެނިފެސްޓޯ ތަންފީޒު ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުޑަތަންވެފައިވާއިރު ރައީސް މުއިއްޒު މިރޭ ފ. ނިލަންދޫ ޖަލްސާގައި ވެސް ތަކުރާރުކޮށް ގޮވާލެއްވީ ސިޔާސަތުތައް ތަންފީޒިކޮށް ވައުދު ފުއްދުމުގައި މެމްބަރުންގެ އެއްބާރުލުން ބޭނުން ވާތީ ސަރުކާރު ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަށެވެ.

ރާއްޖޭގެ ރަށްތަކަށް ތަރައްގީ ގެނައުމަށް ސަރަހައްދުތަކަކަށް ބަހާލައިގެން މަސައްކަތް ކުރުމަށް ރޭވިފައިވާއިރު ރައީސް ވިދާޅުވީ އެކަމަށް އެމަނިކުފާނު ގަދައަޅަައި ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ހުރަސް އެޅޭނެ ހަމައެކަނި އޮތީ މަޖިލިސް ކަމަށެވެ. ބަޖެޓަށް ދަތި ކުރުމާއި، ސަރުކާރުން ހުށަހަޅާ ބިލުތަކަށް ފާޅުގައި ދެކޮޅުވެ އިދިކޮޅުން މަސައްކަތް ކުރާނީ އުނދަގޫކޮށް ޖެއްސުން ކުރުމަށްކަމުގަައި ރައީސް ވިދާޅުވި އެވެ.

ރަައީސް ވިދާޅުވީ މިދިޔަ ހަތަރު މަސް ދުވަހުގެ ތަޖުރިބާއިން އިދިކޮޅުގެ މިސްރާބު ސާފުކަމަށެވެ. 2023 ވަނަ އަހަރަށް މަޖިލީހުން ބަޖެޓު ފާސް ކުރުމުގެ ނަމުގައި ކުރީ ޖެއްސުންކަމަށާއި، ބައެއް ޕްރޮޖެކްޓުތަކުން ފައިސާ އުނިކޮށް ދެ ލައްކަ ރުފިޔާއަށް ދަށްކޮށްފައިވާކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މަޖިލީހާއި ނުލައި ތަރައްގީތައް ކުރިޔަށް ނުގެންދެވޭނެ

އެހެންކަމުން ރައްޔިތުން ކުރިޔަށް ދާންވީ ހިދުމަތް ދިނުމުގެ ވިސްނުން ހުރި، އެ ނިޔަތުގައި މަސައްކަތް ކުރެވޭނެ ބަޔަކާއި އެކުކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ހަގީގީ މާނައިގައި ދެމެހެއްޓެނިވި ތަރައްގީ ގެނެވޭނީ ޕީޕީއެމް/ޕީއެންސީއަށް ކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ ތަރައްގީއަށް ކުރާ މަސައްކަތުގައިއާއި، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރުމުގައި ދުވަސްތައް ބޭކާރުވެގެން ނުވާނެ ކަަމަށެވެ. 2024 ވަނަ އަހަރުގެ ބަޖެޓަށް ހަނި ގޮތަކަށް ލިބުނު ފުރުސަތުގައި ހުށަހެޅި ކަންކަން އެމްޑީޕީން އުނިކުރީ އެމަނިކުފާނު ޕްރޮޖެކްޓުތަކުގެ އަމަލީ ސިފަ ގެންނާނެކަން އެނގޭތީކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެބޭފުޅުން ބޭނުން ގޮތަކަށް މަސްހުނިކޮށްފައި، ބަޖެޓު ފާސްކޮށްލީމަ… ދެން އަޅުގަނޑުމެން ތިބޭނީ ތާށިވެފައި ނޫންތޯ… އަޅުގަނޑު ބޭނުމެއް ނޫން އެހެންވާކަށެއް..

ހެޔޮ ވެރިކަމަކާއި އެކު، ނަތީޖާ ނެރެން މަގު ހޯދުން އޮތީ ރައްޔިތުންގެ އަތް މަތީގައިކަމަށްވުމާއި އެކު އިންތިހާބުގައި މިކަންކަމަށް ވިސްނުމަށް ރައްޔިތުންނަށް ރައީސް މުއިއްޒު ގޮވާލެއްވި އެވެ. އަދި ވިދާޅުވީ ސަރުކާރަށް އެއްބާރުލުން ނުދޭނެ މެމްބަރުންތައް މަޖިލީހަށް ހޮވިގެން އައުމަކީ ފަހަތަށް އެޅޭ ފިޔަވަޅެއްކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: