ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ދުވަހެއް ވެސް ބޭކާރު ކުރުމެއް ނެތް، ނަތީޖާ ނެރެދޭނީ ބާރު ސްޕީޑުގައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ނަތީޖާ ނެރުމުގައި ބާރު ސްޕީޑުގައި ކުރިއަށްދިއުމަށް ބޭނުންފުޅުވާކަމަށާއި، އެންމެ ދުވަހެއްވެސް ބޭކާރު ނުވެ، ރައްޔިތުންގެ އުންމީދުތަކުގައި ކުލަ ޖައްސައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ފީއަލީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ރައްޔިތުންގެ އުންމީދުތައް އަވަހަށް ހަގީގަތަކަށްވުމަކީ، ރައްޔިތުން ވެސް އެންމެ ބޭނުންވާ ގޮތްކަމުގައި އެމަނިކުފާނު ގަބޫލު ކުރައްވާކަމަށެވެ. އެހެންކަމުން އެކަންކަން ހަގީގަތަކަށް ހެދުމަށް އެމަނިކުފާނު މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރައްޔިތުންނާ ވީހާވެސް ގާތުން ކަންކަން އޮޅުންފިލުވުން މުހިންމުކަމަށާއި، އެކަން ހޯދައި ދެނެގަނެ ވީހާވެސް އަވަހަށް ތަންފީޒު ކުރަން މަސައްކަތް ކުރަން ޖެހޭކަމަށެވެ. ހަމަ އެއާއެކު މިހާރު ކުރައްވަމުންދާ ދަތުރުފުޅުތަކުގައި ވެސް ރައްޔިތުންގެ ފަރާތުން ހުށަހަޅާ ބައެއް ކަންކަމަށް ވަގުތުން ހައްލު ހޯދުމަށް މަސައްކަތް ކުރައްވާކަން ރައީސް ފާހަގަކުރެއްވި އެވެ.

ފީއަލީގެ ރައްޔިތުންނަށް ބޭނުންވާ ބައިވަރު ކަންކަން އެބަހުރިކަމަށާއި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނު ވަޢުދުވެވަޑައިގެންފައިވާ ކަންކަން ފުރިހަމަ ކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވިއެވެ.

އަޅުގަނޑު ބޭނުންވަނީ ނަތީޖާ ނެރުމުގައި ވަރަށް ބާރު ސްޕީޑްގައި ކަންތައްތައް ކުރިއަށް ގެންދެވޭތޯ ބަލަން. އެއީ، ރައްޔިތުންވެސް ބޭނުންވާނެ ގޮތަކީ. އެހެންވީމާ، މި ރަށުގެ ރައްޔިތުންނަށް މި ބޭނުންވާ ހުރިހާ ކަމެއްގައިވެސް އެގޮތަށް ކުރިއަށްދާނަން.

މީގެއިތުރުން ރަށުގެ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މި މަސައްކަތުގެ ތެރެއިން މިހާތަނަށް 168 ކައުންސިލަކާ ބައްދަލު ކުރެވިފައިވާކަމަށެވެ. އަދި ބާކީ 32 ކައުންސިލެއް އޮތް އިރު އެމަނިކުފާނު މަސައްކަތް ކުރަނީ ހުރިހާ ކައުންސިލަރުންނާއި ވެސް ބައްދަލުކޮށް ރަށަށް ދިމާވެފައިވާ ގޮންޖެހުންތައް ދެނެގަތުމަށްކަމުގައި ރައީސް ވިދާޅުވި އެވެ.

ފީއަލި ކައުންސިލާއި އެކު އޮތް ބައްދަލުވުމުގައި މެމްބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އެރަށުގެ ބިން ހިއްކުމުގެ މަސައްކަތާ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް އަވަހަށް ނިންމައިދިނުން ހިމެނެ އެވެ. އަދި ބޯހިޔާވަހިކަމުގެ ދަތިތައް ހުރުމުން ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކޮށް ދޭން ކައުންސިލުން ވަނީ އެދިފަ އެވެ.

މީގެ އިތުރުން ރަށުގެ އިންޖީނުގޭގެ ކެޕޭސީޓީ އިތުރުކޮށް ތަރައްގީ ކުރުމާއި އައިސް ޕްލާންޓުގެ ހިދުމަތް އެކަށީގެންވާ ގޮތެއްގައި ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް މެމްބަރުން ހުށަހެޅުއްވި އެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ބިން ހިއްކުމުގެ މަސައްކަތްވެސް ރައްޔިތުން އެދިފައިވާގޮތަށް ނިންމަވައި ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ހަމައެހެންމެ ތަރައްޤީގެ އެހެން މަސައްކަތްތައް ވެސް ފުރިހަމަކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: